Roadha Mihaaru
ފެނަކަ އޮފީހުގެ ވައްކަމާ ގުޅިގެން ބަޔަކު ވަކިކޮށްފި

މާބައިދޫ ފެނަކަ އޮފީހުން ވައްކަން ކުރި މައްސަލާގައި ފަސް މުވައްޒަފަކު ވަކިކޮށްފި

20 ޖޫން 2018

ލ. މާބައިދޫގެ ފެނަކަ އޮފީހުން ވައްކަންކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި، އެ އޮފީހުގެ ފަސް މުވައްޒަފަކު ވަޒީފާއިން އިއްޔެ ވަކިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. މާބައިދޫގެ ފެނަކަ އޮފީހުން ވައްކަންކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި، އެ އޮފީހުގެ ފަސް މުވައްޒަފަކު ވަޒީފާއިން އިއްޔެ ވަކިކޮށްފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ހިނގި އެ ވައްކަމާ ގުޅިގެން ވަޒީފާ އިން ވަކިކޮށްފައިވަނީ މާބައިދޫ އިންޖީނުގޭގެ އިސްވެރިންތަކެކެވެ. އެއީ، އެތަނުގެ މެނޭޖަރާއި އެސިސްޓެންޓް މެނޭޖަރާއި ސުޕަވައިޒަރާއި ފައިނޭންސްގެ އެޑްމިން އަދި ޓެކްނީޝަނަކަށް މަސައްކަތް ކުރި މީހުންނެވެ.

މާބައިދޫ އިންޖީނުގެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި އެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން އޭރު 24 އަހަރާއި 43 އަހަރާ ދެމެދު ހަ ފިރިހެނުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކަކަކީ، ފެނަކައިގައި ކުރިން މަސައްކަތް ކުރި މުވައްޒަފެކެވެ.

އެމީހުން ހައްޔަރުކުރުމަށް ފަހު އެ އަތޮޅު ފޮނަދޫ ކޯޓުން އެ މީހުންގެ ބަންދަށް މުއްދަތު ވެސް އިތުރުކުރި އެވެ.

އެ ފަސް މީހުން ވަޒީފާ އިން ވަކިކުރީ، ސަސްޕެންޑްކުރުމަށް ފަހުގަ އެވެ.