Roadha Mihaaru
ކުޑަގިރި އަށް ފެނަކައިން ކަރަންޓު ދޭން ފަށައިފި

ކުޑަގިރި ޕިކްނިކް އައިލެންޑަށް ފެނަކައިން ކަރަންޓު ދޭން ފަށައިފި

26 ޖުލައި 2022

މާލެ ސަރަހައްދުގައި އުޅޭ މީހުން ޕިކްނިކް ދިއުމަށް ސަރުކާރުން ހަދާފައިވާ ކުޑަގިރީގައި އިމާރާތްކުރި އިންޖީނުގޭގެ މަސައްކަތް ނިންމައި، އެ ރަށަށް ކަރަންޓުގެ ހިދުމަތް ދޭން ފެނަކަ އިން އިއްޔެ ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މާލެ ސަރަހައްދުގައި އުޅޭ މީހުން ޕިކްނިކް ދިއުމަށް ސަރުކާރުން ހަދާފައިވާ ކުޑަގިރީގައި އިމާރާތްކުރި އިންޖީނުގޭގެ މަސައްކަތް ނިންމައި، އެ ރަށަށް ކަރަންޓުގެ ހިދުމަތް ދޭން ފެނަކަ އިން އިއްޔެ ފަށައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގޭގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ނައިބު ރައީސް ފައިސަލް، ކުޑަގިރީގެ އިންޖީނުގެ އިއްޔެ ހަވީރު ބައްލަވަނީ.---ފޮޓޯ: ފެނަކަ

ނައިބު ރައީސް ފައިސަލް، ކުޑަގިރީގެ އިންޖީނުގެ އިއްޔެ ހަވީރު ބައްލަވަނީ.---ފޮޓޯ: ފެނަކަ

އެ ކުންފުނިން ބުނީ އެއީ 350 ކިލޯ ވޮޓްގެ ކަރަންޓު އުފެއްދޭނެ ގާބިލުކަން ހުރި، ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރި އިންޖީނުގެެއެއް ކަމަށެވެ.

އެ އިންޖީނުގެއާއެކު 50,000 ލިޓަރުގެ ތެޔޮ ރައްކާކުރާ ވަސީލަތެއް ވެސް ގާއިމްކޮށްފައިވެ އެވެ.

ކުޑަގިރި އިންޖީނުގޭގެ ކުރެހުމެއް.

ކުޑަގިރި އިންޖީނުގޭގެ ކުރެހުމެއް.

ފެނަކަ އިން ބުނިގޮތުގައި، ކުޑަގިރި އަށް ބޭނުންވާ ކަރަންޓުގެ 70 ޕަސެންޓް އަވިން އުފައްދާ ވަސީލަތް ގާއިމު ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވަނީ ފަށައިފަ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވަން ތާވަލް ކޮށްފައި އޮތީ މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހު އެވެ. ނަމަވެސް، ބައެއް މަސައްކަތް ނުނިމޭތީ އެ ރަށް ހުޅުވުން މިހާރު ވަނީ މުއްދަތެއް ނެތި ފަސްކޮށްފަ އެވެ.