ފެނަކައިގެ މަސައްކަތެއް، އާއިލީ މަސްލަހަތު އޮތް ބަޔަކަށް ދީ، ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ އިސް މުވައްޒަފަކަށް ހިޔާނާތުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
16 އޮކްޓޯބަރ 2024
ފެނަކައިގެ މަސައްކަތެއް، އާއިލީ މަސްލަހަތު އޮތް ބަޔަކަށް ދީ، ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރާ މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ އިސް މުވައްޒަފަކަށް ހިޔާނާތުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާކޮށްދޭން އޭސީސީން އެދިފައިވަނީ ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު ނަސްރުﷲ އަބްދުﷲގެ މައްޗަށެވެ.
އޭސީސީން ބުނީ އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަން އެދުނީ، 2019ގައި އޭނާ މަގާމާ ހަވާލުވެހުރި އިރު އޭނާގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރި މައްސަލައިގަ އެވެ.
މިދިޔަ މަހުގެ 29ގައި އޭސީސީން ޕީޖީއަށް ފޮނުވި އެ މައްސަލާގައި ނަސްރުﷲގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނީ އެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދާ ހިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ކުންފުންޏަށް ނާންގާ ކަމަށެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކައިގެ ހެޑް އޮފީހުގައި އެދިފައި އޮތް ކަމަށް ވެސް އޭސީސީން ބުންޏެވެ.
ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން ނަސްރުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެނގޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި
ފެނަކައިގެ ކުރީގެ ވެރިޔަކަށް ދައުވާކުރަން ފޮނުވައިފި
ފެނަކައިގެ ޑޮލަރު މައްސަލައިން ނިމާލް ސަލާމަތްވެއްޖެ
އެމްޓީސީސީ ފްލެޓުތައް: ޝާހުއަށް ދައުވާކުރަން ޕީޖީއަށް
ފެނަަކައިގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކުރަނީ
ފެނަކަ ކޮރަޕްޝަން:ސައީދަށް ދައުވާކޮށްދޭން އެދި ޕީޖީއަށް
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ދައުވާކުރަން އުޅެނީ ހައުސިންގެ ކުރީގެ ވެރިންނަށް!
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ
ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ