20 އޯގަސްޓް 2022
ހއ. އުލިގަމުގައި 26 އަހަރަށް ފަހު އާ އިންޖީނުގެއެއް އަޅައި ފެނަކައިން އެތަނުގައި ހިދުމަތް ދޭން ފަށައިފި އެވެ.
ހއ. އުލިގަމުގައި 26 އަހަރަށް ފަހު އާ އިންޖީނުގެއެއް އަޅައި ފެނަކައިން އެތަނުގައި ހިދުމަތް ދޭން ފަށައިފި އެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މީގެ ކުރިން އުލިގަމުގައި ހިދުމަތް ދެމުން އައީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަނީ 70 އަކަ މީޓަރުގެ ކުޑަ އިންޖީނުގެއަކުން ކަމަށެވެ. އެކަމަކު މި ފަހަރު އިންޖީނުގެ އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ. އެތަން ސައިޒުގެ ގޮތުން ވެސް ބޮޑެވެ.
އުލިގަމު ކުރީ އިންޖީނުގެ އިމާރާތް ---ފޮޓޯ: ފެނަކަ
އާ އިންޖީނުގޭގައި 304.5 އަކަ މީޓަރު ހުންނައިރު، އެތަނުގައި ހަތަރު މުވައްޒަފުން މަސައްކަތް ކުރާނެ އެވެ. އަދި އިންޖީނުގެއާ ވަކިން އަޅާފައިވާ އޮފީހަކީ 158.2 އަކަ މީޓަރުގެ އޮފީހެކެވެ. އެތަނުގައި 25 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ އެވެ.
މީގެ ކުރިން އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން އައީ 336 ކިލޯ ވޮޓްގެ އިންޖީނަކުންނެވެ. އަލަށް އެޅި އިންޖީނުގެއާ އެކު މިހާރު އެރަށަށް ކަރަންޓު ދެމުން އަންނަނީ 458 ކިލޯ ވޮޓުގެ އިންޖީނަކުންނެވެ. އެއާއެކު އުލިގަމަށް ކަރަންޓު ފޯރުކޮށްދޭން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.
އުލިގަމުގެ އާ އިންޖީނުގެ ފަރުމާކޮށްފައިވަނީ 400 ކިލޯ ވޮޓުގެ ތިން އިންޖީނު ބެހެއްޓޭ ގޮތަށެވެ. އަދި މިއީ ފެނަކައިން ރިލޮކޭޓްކޮށް އަލަށް ހުޅުވި 31 ވަނަ އިންޖީނުގެ އެވެ.
ރައްޔިތުންގެ އެންމެފަހު އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި
ފުނަދޫ ރައްޔިތުންގެ އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި
ކުޑަގިރި އަށް ފެނަކައިން ކަރަންޓު ދޭން ފަށައިފި
މާމެންދު އަށް 35 އަހަރު ފަހުން އާ އިންޖީނުގެއެއް
99 ޕަސެންޓް އިންޖީނުގެތައް އާއްމުންނާ ދުރަށް
ގޮއިފުޅަފެހެންދޫގެ ކަރަންޓު ގުޅައިލާނެ ބަޔަކު ހޯދަނީ
ރަސްމާދޫގައި އިންޖީނުގެއެއް އަޅަން ބަޔަކާ ހަވާލުކޮށްފި
ފުވައްމުލަކު ކަރަންޓު މައްސަލަ ހޮނިހިރުދުވަހު ހައްލުވާނެ
ފެނަކަ އޮފީހުގެ ވައްކަމާ ގުޅިގެން ބަޔަކު ވަކިކޮށްފި
މެމްބަރުންނަށް ބޮޑު ފައިދާ، ރައްޔިތުންނަށް ބޮޑު ބިލް!