11 ޖޫން 2018
މި ސީޒަނަށް ވިކްޓަރީން ގެނައި ބްރެޒިލަށް އުފަން މިޑްފީލްޑަރު ޕެޑްރޯ ހެންރީކޭ ދޫކޮށްލިއިރު، އެ ޓީމަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މި ސީޒަނަށް ވިކްޓަރީން ގެނައި ބްރެޒިލަށް އުފަން މިޑްފީލްޑަރު ޕެޑްރޯ ހެންރީކޭ ދޫކޮށްލިއިރު، އެ ޓީމަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ވިކްޓަރީން މި ސީޒަނުގައި ދައްކަމުން އަންނަ ރަނގަޅު ކުޅުމުގައި ޕެޑްރޯ އާއި މުނޯޒްގެ ހިއްސާ ބޮޑެވެ. ޕެޑްރޯ ދެ ގޯލު ޖެހިއިރު، މުނޯޒް ވަނީ މިހާތަނަށް ފަސް ގޯލު ޖަހައިފަ އެވެ. އަދި އޭގެ އިތުރުން ވިކްޓަރީގައި މިހާރު ހުރި ހަންގޭރީ ފޯވާޑް ސައިމަން ޓީބޯ ޖެހި ލަނޑުތަކުގައި މުނޯޒް އާއި ޕެޑްރޯގެ ދައުރު ބޮޑެވެ.
ވިކްޓަރީގެ މެނޭޖަރު އަހުމަދު ގާލިބް "މިހާރަ"ށް ބުނީ ޕެޑްރޯއާ އެކު ހަދާފައިވާ އެއްބަސްވުން ކްލަބުން ބާތިލްކުރަން ނިންމީ ޑިސިޕްލިން މައްސަަލަތަކެއްގެ ސަބަބުން ކަމަށެވެ. އަދި މުނޯޒް ވެސް އެކި ކަހަލަ ޑިމާންޑްތަކެއް ކްލަބަށް ކޮށްފައިވާއިރު، އޭނާ އަށް އެހެން ދެ ޓީމަކުން ހުށަހެޅުންތަކެއް ލިބިފައިވާތީ އޭނާއާ މެދު އަދި ކްލަބުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މުނޯޒް ދިޔައީ މުސާރަ މައްސަަލައިގައި ހިތްހަމަ ނުޖެހިގެންނެވެ. އަދި އޭނާ ވަނީ ބޭރު ޓީމަކާ ގުޅެން މަޝްވަރާކޮށް ވިކްޓަރީން ރިލީޒް އަށް އެދިފަ އެވެ.
ވިކްޓަރީން ބުނީ ގިނަ ކްލަބްތަކުގައި މުސާރަ މައްސަލަ އެބައުޅޭ ކަމަށާއި ކޮންމެވެސް ވަރަކަށް އެ މައްސަލަ އެ ޓީމަށް ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމު އެ ޓީމަށް ދިމާވެފައިވާ މުސާރައިގެ މައްސަަލަތައް މި މަހު ފަށާ ދިވެހި ޕްރިމިއާ ލީގުގެ ކުރިން ހަމަޖައްސާނެ ކަމަށެވެ.
ސައިމަންގެ އިތުރުން މި ވަގުތު ވިކްޓަރީގައި ދެން ހުރި ބިދޭސީ ކުޅުންތެރިއަކީ ސްޕެއިނަށް އުފަން ޔަކީން ކާލޮސް ގާސިއާ އެވެ. ވިކްޓަރީން ބުނީ ޕްރިމިއާ ލީގުގައި އާ ބިދޭސީ ކުޅުންތެރިން އެ ޓީމުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިދިޔަ ސީޒަނުގައި ވިކްޓަރީން ގިނަ މައްސަލަތަކެއް ފެނުނެވެ. މެނޭޖްމަންޓާ އެހެން ކަންތައްތައް އޮތީ ބޮއްސުންލައިފަ އެވެ. އޭގެ ނަތީޖާއަކަށްވީ ފަހު ވަގުތު އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ފުރުސަތު ގެއްލުމެވެ. އަދި އޭގެ ފަހުން ޓީމުގައި ތިބި ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވެ، އަލުން އޮތީ ޓީމު އެކުލަވާލަން ޖެހިފަ އެވެ. މި ސީޒަނުގައި ހަންގޭރީގެ ކޯޗު ލާޒްލޯ ކިސް އެ ޓީމާ ހަވާލުވެ، ވަނީ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފަ އެވެ.
މި ވަގުތު އެސްޓީއޯ މާލޭ ލީގުގެ ފަސް ވަނައިގައި އޮތް ވިކްޓަރީ ލީގުގައި ކުޅޭ ފަހު މެޗުގައި ނުކުންނާނީ މި މަހު 19 ވަނަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ވިކްޓަރީން ޕްރިމިއާ ލީގުގެ ފުރުސަތު ބޮޑުކޮށްފި
ވިކްޓަރީއާ އެކު ނައްޓޭ އަލުން ފޯމަކަށް
ވިކްޓަރީ އާއި ގްރީން އިން ޕޮއިންޓް ހިއްސާކޮށްފި
ކިސްގެ މަސައްކަތް ވިކްޓަރީގެ ނަތީޖާތަކުން ފެނޭ
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"
ޔޫވީ ބަލިކޮށް ވިކްޓަރީ ތިން ވަނަ އަށް
ގަދަފަދަ ނިއު އަތުން ވިކްޓަރީ މޮޅުވެއްޖެ