25 މެއި 2018
މީގެ ދެ އަހަރު ކުރިއަށް ބަލާއިރު ރާއްޖޭގައި އޭރު ހުރި އެންމެ ހުނަރުވެރި ވިންގަކީ ވިކްޓަރީ އަށް މިހާރު ކުޅެމުން އަންނަ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އަނިޔާގެ ސަބަބުންނާއި އެކި މައްސަލަތަކާ ހެދި މިދިޔަ އަހަރު ނާއްޓޭގެ އެންމެ މޮޅު ކުޅުން ނުފެނެ އެވެ. އެކަމު މި ސީޒަނުގައި ވިކްޓަރީއާ ގުޅުމަށް ފަހު ނައްޓޭ އަންނަނީ ކުރީގެ ކުޅުން ދައްކަން ފަށައިފަ އެވެ.
މީގެ ދެ އަހަރު ކުރިއަށް ބަލާއިރު ރާއްޖޭގައި އޭރު ހުރި އެންމެ ހުނަރުވެރި ވިންގަކީ ވިކްޓަރީ އަށް މިހާރު ކުޅެމުން އަންނަ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އަނިޔާގެ ސަބަބުންނާއި އެކި މައްސަލަތަކާ ހެދި މިދިޔަ އަހަރު ނާއްޓޭގެ އެންމެ މޮޅު ކުޅުން ނުފެނެ އެވެ. އެކަމު މި ސީޒަނުގައި ވިކްޓަރީއާ ގުޅުމަށް ފަހު ނައްޓޭ އަންނަނީ ކުރީގެ ކުޅުން ދައްކަން ފަށައިފަ އެވެ.
ނައްޓޭ ވިދާލީ 2007 ވަނަ އަހަރު ޒޯން މުބާރާތުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އަށް ކުޅެފަ އެވެ. އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ މާޒިޔާ އަށް ބަދަލުވެ ދެއްކި މޮޅު ކުޅުމުންނެވެ. އޭގެ ސަބަބުން "ހަވީރު"ން ހޮވި ރާއްޖޭގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2015 ވަނަ އަހަރު ނައްޓޭ އަށް ލިބުނެވެ.
ގައުމީ ޓީމުގައި ވެސް ގަވައިދުން ކުރިން ހިމެނުނު ނައްޓޭ މިދިޔަ ސީޒަނުގައި އީގަލްސް އަށް ގުޅުމަށް ފަހު އެންމެ ރަނގަޅު ކުޅުން ދެއްކޭ ގޮތެއްނުވި އެވެ. އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ. ބައެއް މެޗުތަކުގައި ލަނޑު ޖެހި ނަމަވެސް އެންމެ ރަނގަޅު ފޯމެއްގައި ނުކުޅެވުނީ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުމުންނެވެ.
މާލޭ ލީގުގެ ގަދަ ހަތަރަކުން މިދިޔަ އަހަރު ފަހު ވަގުތު އީގަލްސް އަށް ފުރުސަތު ގެއްލުނުއިރު، ނައްޓޭ އަށް ވަނީ އަހަރުގެ މެދުތެރެއިން ސީޒަން ނިމިފަ އެވެ. އީގަލްސްގެ ގިނަ ކުޅުންތެރިން ދިވެހި ޕްރިމިއާ ލީގުގައި އެހެން ޓީމުތަކުން ފެނުނު ނަމަވެސް ނައްޓޭ އެއްވެސް ވަރަކަށް ނުފެނެ އެވެ.
މި ސީޒަނުގައި ވިކްޓަރީއާ ގުޅުމަށް ފަހު ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ހަންގޭރީގެ ލާޒްލޯ ކިސްގެ ކޯޗުކަމުގައި ނައްޓޭ ފުރަތަމަ ކުޅުނީ ފުލްބެކެއްގެ މަގާމަށެވެ. އެހެން ނަމަވެސް ނައްޓޭގެ އެޓޭކިން ހުނަރު ވަރުގަދަވެ، އޭނާ އަކީ ހަލުވި ކުޅުންތެރިއަކަށް ވުމުން ކިސް ފަހުން އޭނާ ބަދަލުކުރީ ވިންގް އަކަށެވެ.
މި ސީޒަނުގައި ނައްޓޭގެ ކުޅުން އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުންނެވެ. ވިކްޓަރީ ލީގުގެ ފަސް ވަނައިގައި އޮތުމުގައި ނައްޓޭގެ ދައުރު ބޮޑެވެ. މި ސީޒަނުގައި ވިކްޓަރީ އަށް ހޯދުނު އެންމެ ބޮޑު މޮޅަކީ ނިއު އަތުން ލީގުގެ ފުރަތަމަ ބުރުގައި 2-1 އިން ހޯދި މޮޅެވެ. އެ މެޗުގައި ވިކްޓަރީގެ ދެ ވަނަ ގޯލު ނައްޓޭ ޖެހި އަމިއްލަ ހާފުން ހިފައިގެންދިޔަ ބޯޅައަކުންނެވެ.
ގައުމީ ޓީމުގެ ވެސް މުހިއްމު އަހަރަކަށްވާއިރު، ފަހަކަށް އައިސް ނައްޓޭ ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ގައުމީ ޓީމުގެ ދެން އެންމެ އަވަހަށް ނަގާ ސްކޮޑަކުން ނައްޓޭ އަށް ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ.
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ
ޕެޑްރޯ ދޫކޮށްލައި، މުނޯޒާ މެދު ގޮތެއް ނިންމަނީ
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް
ވިކްޓަރީން ޕްރިމިއާ ލީގުގެ ފުރުސަތު ބޮޑުކޮށްފި
ވިކްޓަރީ އާއި ގްރީން އިން ޕޮއިންޓް ހިއްސާކޮށްފި
ކިސްގެ މަސައްކަތް ވިކްޓަރީގެ ނަތީޖާތަކުން ފެނޭ
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"
ޔޫވީ ބަލިކޮށް ވިކްޓަރީ ތިން ވަނަ އަށް
ގަދަފަދަ ނިއު އަތުން ވިކްޓަރީ މޮޅުވެއްޖެ