09 ޖޫން 2018
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާގް މުފީދު (ހިސްޓޯ)، ވެސް ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް ބަދަލުކޮށްފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާގް މުފީދު (ހިސްޓޯ)، ވެސް ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމަކަށް ބަދަލުކޮށްފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަ އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޝިފާގް، ލަންކާ އެމްބަސީއަށް ބަދަލުކުރިކަން އެތަނުން ވަނީ ޔަގީންކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހަމަޖެއްސެވީ، އެމްބަސީގެ މިނިސްޓަރު ކައުންސިލަރުގެ މަގާމަށެވެ.
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވެސް ވަނީ މިދިޔަ ހަފުތާގައި ހަމަ އެ މަގާމަށް ބަދަލުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވަން ހަމަޖެހިފައިވަނީ ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ހުސެއިން ޝަރީފުގެ ދަށުންނެވެ.
މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުކަން ކުރެއްވި ޝިފާގް، އެޗްއާރުސީއެމުން އިސްތިއުފާ ދެއްވައި ސަރުކާރުގެ މަގާމަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ނިމާލު ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ އިތުރުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާކުރައްވައިފަ އެވެ. އަދި ޓޫރިޒަމް މިނިސްޓަރުގެ ނައިބެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.
ލަންކާ އެމްބަސީގެ އިސް މަގާމަކަށް ނިމާލް
ލަންކާގެ ދިވެހި ސަފީރަކަށް އަލީ ފާއިޒު އައްޔަންކުރަނީ
ލަންކާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑާ ކަމަށް ފައިސަލް
ލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހިޔާ ވަކިކުރަނީ
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގެ ހަމަލާ: ދިވެއްސެއްގެ ދަރިއަކު ހައްޔަރުކޮށްފި
ލަންކާގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ލަންކާގެ އިންތިހާބީ ރައީސް އަނޫރާއަށް ރައީސްގެ މަރުހަބާ
ލަންކާ އިންތިހާބާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ
ރާއްޖެ-ލަންކާ ގުޅިގެން ޓޫރިޒަމް ކުރިއެރުވޭނެ: މަސްއޫދު