Roadha Mihaaru
މިހާތަނަށް ރައްޓެހިވީ 10 މީހުންނާ: ރަންބީރު

މިހާތަނަށް ރައްޓެހިވީ 10 މީހުންނާ: ރަންބީރު

31 މެއި 2018

މިހާތަނަށް 10 މީހަކާ ލޯބީގެ ގުޅުން ބޭއްވި ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް 10 މީހަކާ ލޯބީގެ ގުޅުން ބޭއްވި ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރް ބުނެފި އެވެ.

ރަންބީރު މިހެން ބުނީ، އަންނަ މަހުގެ 29 ގައި ރިލީޒް ކުރާ "ސަންޖޫ" ގެ ޓްރެއިލާ ލޯންޗް ކުރަން ބުދަ ދުވަހު ބޭއްވި އިވެންޓްގައި ނޫސްވެރިންގެ ފަރާތުން މި ސުވާލު މާބޮޑަށް އަންނަން ފެށުމުންނެވެ.

އެ ސުވާލު އެހާ ބޮޑަށް ކުރިމަތިވީ، އޭނާ ސަންޖޭ ދަތުގެ ރޯލް ކުޅުނު ފިލްމްގައި 308 ލޯބިވެރިން ގެންގުޅުނު ކަމަށް ބުނާތީ އެވެ.

"އަހަރެން ރައްޓެހިވީ އެންމެ ދިހަ މީހުންނާ. އެހެންވީމަ އެއީ ސަންޖޭއާ އަޅާކިޔާ ނަމަ އެއްވެސް އެއްޗެއް ނޫން. އަދި އެއީ ބަޔަކު އެހާ ޝައުގުވެރި ވާނެ ކަމެއް ވެސް ނޫން،" ރަންބީރު ބުންޏެވެ. "އަދި އަހަރެންގެ ހަޔާތަށް ފިލްމެއް ހަދާކަށް ދުވަހަކު އެއްބަހެއް ވެސް ނުވާނަން."

ދިހަ މީހަކާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ރަންބީރު އެއްބަސްވި އިރު، އެންމެ މަޝްހޫރީ އޭނާ އާއި ދީޕިކާ ޕަދްކޯން އަދީ ކެޓްރީނާ ކެއިފްގެ ލޯބީގެ ވާހަކަ އެވެ. އަޑު ފެތުރިފައިވާ ގޮތުން ރަންބީރު މިހާރު އުޅެނީ އޭނާއާ އެކު ފިލްމް "ބްރައްމަސްތުރާ" ކުޅެމުން އަންނަ ބަތަލާ އާލިއާ ބަޓްއާ ރައްޓެހިވެގެންނެވެ.

މި ވާހަކަ މީޑިއާތަކުގައި ވަރަށް ހޫނުކޮށް ދެކެވެމުން އަންނަ އިރު، ރަންބީރާއި އާލިއާ ވެސް އެކަމަކަށް އިންކާރެއް ނުކުރެ އެވެ. އަދި ހިތާވެގެން އުޅޭ ކަހަލަ އިޝާރާތްތަކެއް ދޭހަވާ ގޮތަށް ދެ މީހުން ވާހަކަތައް ދައްކާކަން ފާހަގަކުރެވެ އެވެ.

އާލިއާ އިހަކަށް ދުވަހު ބުނި ގޮތުގައި އޭނާ އާއި ރަންބީރުގެ ކެމިސްޓްރީގެ ވާހަކަ ބައެއް މީހުން ދައްކާތީ އެކަމާ ވަރަށް އުފާވެ އެވެ. ރަންބީރު ބުނި ގޮތުގައި އާލިއާ އާއި އޭނާގެ އެކުވެރި ކަމަކަށް އަދި މާ ގިނަ ދުވަހެއް ނުވެ އެވެ.

Beynun vany Ranbir avahah kaiveni kurun: Rishi Kapoor

Beynun vany Ranbir avahah kaiveni kurun: Rishi Kapoor

The most trusted news source in the Maldives

Mihaaru

ރަންބީރުގެ ބައްޕަ ރިޝީ ބުނަނީ ދަރިފުޅު ވަރަށް އަވަހަށް ކައިވެނި ކުރަން އެދޭ ކަމަށް.

ރަންބީރު ލޯބީގެ ގުޅުމެއް ދެން ބޭއްވި މީހުންގެ ތެރޭގައި މިހާރު ބޮލީވުޑުން އެއްކޮށްހެން ގެއްލިފައިވާ އެކްޓަރު އިމްރާން ހާންގެ އަންހެނުން އަވަންތިކާ ހިމެނެ އެވެ. ރަންބީރާއި އަވަންތިކާ ރައްޓެހިވެގެން އުޅުނީ ކޮލެޖްގައި އުޅުނު ދުވަސްވަރު އެވެ.

އާމިރު ހާނަށް ބޮޑު ބޭބެ ކިޔާ އިމްރާނާއި އަވަންތިކާގެ ކައިވެންޏަށް މިހާރު 7 އަހަރުވެފައިވާ އިރު، 3 އަހަރުގެ އަންހެން ދަރިއަކު ވެސް އެބަ ހުއްޓެވެ.