އދ. މާމިގިލީގައި ހަށިވިއްކަން ތިބި ހަތް މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
28 މެއި 2018
އދ. މާމިގިލީގައި ހަށިވިއްކަން ތިބި ހަތް މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާމިގިލީ ގެއެއްގެ ތެރޭގައި ހަށިވިއްކަން ތިއްބައި މި ހަތް މީހުން ހައްޔަރުކުރީ ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝް ފިރިހެނަކާއި ދިވެހި ހަތަރު ފިރިހެނުންނާއި ދިވެހި ދެ އަންހެނުންނެވެ.
މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ދިވެހި ފިރިހެނުންގެ އުމުރަކީ 26 އަހަރާއި 27 އަހަރާއި 32 އަހަރާއި 30 އަހަރެވެ. އަދި ދެ އަންހެނުންގެ އުމުރަކީ 22 އަހަރާއި 21 އަހަރެވެ. ބަނގްލަދޭޝް ފިރިހެން މީހާގެ އުމުރަކީ 32 އަހަރެވެ.
މީގެ ތެރެއިން 21 އަހަރުގެ އަންހެން މީހާ އާއި 30 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް މާމިގިލީ ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ. ދެން ތިބި މީހުންގެ ބަންދަށް ކޯޓުން އިތުރު ކޮށްދިނީ 10 ދުވަހެވެ. މިއީ ކޮން ރަށެއްގެ ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އައްޑޫގައި ހަށިވިއްކަން އުޅުނު ދެ މީހަކު އަތުލައިގެންފި
މާމިގިލިން ފީނަން ފޭބި ކުއްޖަކު މަރުވެއްޖެ
ޖިންސީ ގޯނާކުރާ މީހުންނަށް އިންޓަޕޯލް ގްރީން ނޯޓިސް
17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ގާސިމްގެ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް
ވޯކް ވިސާގައި ތިބެ ހަށިވިއްކި ދެ މީހަކު ޑީޕޯޓުކޮށްފި
މަޑިފުށީގައި ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ
ގާސިމްގެ ހަރަދުގައި ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
ދަރިފުޅާ ބެހުނު ކަމަށް ތުހުމަތުވި މީހާ ދޫކޮށްލައިފި
ޓޫރިސްޓަކަށް ޖިންސީ ގޯނާކުރި ދިވެއްސަކު ހައްޔަރުކޮށްފި