އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށް، މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
14 ޖުލައި 2025
އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަނިކޮށް، މަރުވެފައި އޮއްވާ މިރޭ ފެނިއްޖެ އެވެ.
ރައްޓެހިންނާ އެކު ފީނަން ގޮސް އުޅެނިކޮށް މަރުވީ މާމިިގިލީ ރޯޅި، ލޫތު އަހްމަދެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު"އަށް ބުނީ ލޫތު ފެނުނީ ފީނަން ފޭބި ސަރަހައްދާ ކައިރި މޫދު އަޑިން ކަމަށެވެ. އޭނާ މިހާރު ވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ ފީނަން ފޭބި ހަތަރު ކުދިންގެ ތެރެއިން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރީ މިރޭ 7:00 ހާއިރު ކަމަށެވެ.
އެ ވަގުތުން ފެށިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ރަށުގެ އާއްމުން އައީ ކުރަމުންނެވެ.
މާމިގިލިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި، އެ ކުދިން ފީނަން ފޭބީ ހަވީރު ކަމަށް ވެ އެވެ. އޭނާ ގެއްލުނު ކަން ރިޕޯޓްކުރީ އަނެއް ތިން ކުދިންނެވެ.
"އެންމެން އެކުގައި އުޅެފައި ލޫތު އެހެން ސަރަހައްދެއް ބަލާލަން ދިޔައީ ކަމަށް ވަނީ. މި ކުދިން ދެ ބުރަކަށް ހޯދަން އުޅެ ނުފެނުނީމަ އައިސް ރިޕޯޓްކުރީ،" އޭނާ ބުންޏެވެ.
"މޫދު އަޑީގައި އޮއްވާ ފެނުނީ ހޯދަން އުޅުނު ޑައިވަރުންތަކަކަށް."
ގާސިމްގެ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް
ގާސިމްގެ ހަރަދުގައި ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
މާމިގިލީ އެއާޕޯޓުގެ އެކްސިޑެންޓުގައި އެކަކު މަރުވެއްޖެ
ޕިކަޕެއްގައި ރޯވެ ބިދޭސީއެއް ފިހިއްޖެ
ގާޒީ ނިހާން ކަފާލާތުގެ ދަށުން ދޫކޮށެއް ނުދިން
ހަށި ވިއްކަން ތިބި ހަތް މީހަކު ހައްޔަރުކޮށްފި
އެމްޑީޕީ ގައުމީ މަޖިލީހުގެ ދެ މެމްބަރަކު ހައްޔަރުކޮށްފި
ރިސޯޓުތައް ހުއްޓުވުމަކީ އާއިލާތަކަށް ދެވޭ އަނިޔާއެއް
މާމިގިލީގައި ހަދާ ބަނދަރުގެ ވަށާފާރު ވައްޓާލައިފި
ގާސިމް ދޫކޮށްލަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ