ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަންކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށައިފި އެވެ.
29 އެޕްރީލް 2017
ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަންކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށައިފި އެވެ.
އދ. މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވީ ގާސިމް ބަންދުކޮށްގެން އުޅެނީ އެއްވެސް ކުށެއް ކުރައްވައިގެން ކަމަކަށް އެ ރަށުގެ ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. އެހެންވެ، ގާސިމް ވަގުތުން ދޫކޮށްލަން ގޮވާލައި މިއަދު ސޮއިކުރަން ފެށި ޕެޓިޝަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށާއި މާމިގިލީ ރައްޔިތުންގެ އިތުރުން، ގާސިމް ހައްޔަރުކުރީ ނުހައްގުން ކަމަށް ގަބޫލުކުރާ ގިނަ އަދަދެއްގެ ބަޔަކު އޭގައި ސޮއިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާމިގިލީ ރައްޔިތުން ދެކޭގޮތުގައި ގާސިމް ހައްޔަރުކޮށްގެން އުޅެނީ އެއްވެސް މައްސަލައެއް އޮވެގެނެއް ނޫން. ޖަލްސާއެއްގައި ގާސިމް ވިދާޅުވަނީ މަޖިލިސް މެމްބަރުން އަންނަ ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރައްވާނެ ކަމަށް. ޕާޓީތަކަށް މީހުން އިތުރުކުރާށާއި ކެމްޕޭންތަކަށް ފާޅުގައި ފައިސާދޭ މަންޒަރު ވެސް އެބަފެނޭ، މިއީ ކުށަކަށް ނުވެ، ގާސިމް ދެއްކެވި ވާހަކައަކާ ހެދި ބަންދުކުރީ،" ޖުނައިދު ވިދާޅުވި އެވެ.
ދައުލަތަށް ވަންނަން ޖެހޭ ފައިސާ ގޯނިގޯނީގައި ބެއްސެވި ކަމަށް ފާޅުގައި މަޖިލިސް މެމްބަރަކު ވިދާޅުވެފައިވާއިރު، އެކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި ގާސިމް ބަންދުކޮށްގެން ގެންގުޅުމަކީ އިންސާފުތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
"އެހެންވީމަ މާމިގިލީ ރައްޔިތުން ނޭދޭ ގާސިމް ބަންދުކޮށްގެން ގެންގުޅެން،" އޭނާ ވިދާޅުވި އެވެ.
ގާސިމަށް ތުހުމަތުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލާގައި ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައި ޝަރީއަތް ވަނީ ފަށައިފަ އެވެ.
ގާސިމް ހައްޔަރުކުރުމުން މާމިގިލީގައި މުޒާހަރާ ކުރަނީ
ގާސިމްގެ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް
ގާސިމްގެ ހަރަދުގައި ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
ރައީސް، ނުރަސްމީ ދަތުރެއްގައި ގާސިމާ އެކު މާމިގިލީގައި
ޖޭޕީން ދެއްކީ ނަޝީދަށްޓަކައި ކޮށްދިން ކަންކަން!
ގާސިމްގެ ރައްދު ނަޝީދަށް: ގަޑުބަޑުކުރާނެ ކަމެއް ނެތް!
ދީނަށް ފުރައްސާރަކުރާ ނަމަ ރައީސް ފިޔަވަޅު އަޅުއްވާނެ
ގާސިމް ފަދަ ވަފާތެރިން މަޖިލިހަށް ބޭނުން: ނައިބުރައީސް
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
ގާސިމާއި އައިޝާ ވިދާޅުވަނީ ވަކިވުމެއް ނެތް ކަމަށް