17 ޑިސެމްބަރ 2019
އިސްލާމް ދީނުގެ އަސްލުތަކާ ހިލާފް ވާހަކަތައް ދައްކައިގެން ދިވެހިންގެ ތެރޭގައި "ގަޑުބަޑު" އުފައްދަން އެއްވެސް މީހަކު މަސައްކަތް ނުކުރަން އެދިވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ރައްދު ދެއްވައިފި އެވެ.
އިސްލާމް ދީނުގެ އަސްލުތަކާ ހިލާފް ވާހަކަތައް ދައްކައިގެން ދިވެހިންގެ ތެރޭގައި "ގަޑުބަޑު" އުފައްދަން އެއްވެސް މީހަކު މަސައްކަތް ނުކުރަން އެދިވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ރައްދު ދެއްވައިފި އެވެ.
ގާސިމް އެގޮތަށް ވިދާޅުވީ، ކޮންމެ ރޯދަ މަހަކާ ދިމާކޮށް ބޭރު ގައުމުތަކުން ހާފިޒުން ރާއްޖެ ގެނައުމަށް ކުރަނީ ބޭކާރު ޚަރަދެއް ކަމެއް ކަމަށް ނަޝީދު އިއްޔެ ވިދާޅުވި މައްސަލައިގަ އެވެ.
ހުރިހާ ކައުންސިލަރުން ހިމެނޭ ގޮތަށް ކްރޮސް ރޯޑްސްގައި ބޭއްވި ދެ ދުވަހުގެ މަހާސިންތާގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި ދެއްވަމުން ނަޝީދު ވިދާޅުވީ، ކައުންސިލްތަކުގެ ބަޖެޓުގައި ހިމަނައިގެން ބޭރުގެ ހާފިޒުން ގެނައުމަކީ ބޭކާރު ކަމެއް ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އެއީ އަމިއްލަ މީހެއްގެ ބަޖެޓުން ވެސް ކުރެވިދާނެ ކަމެކެވެ.
އދ. މާމިގިލީގައި ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި، އެ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، ބޭރުގެ ހާފިޒުން ރާއްޖެ އަންނަނީ ދިވެހިންގެ ތެރޭގައި ގިނަ މީހުންނަކީ ހާފިޒުންނަށް ނުވާތީ ނޫން ކަމަށެވެ.
— JP Secretariat (@JPSecretariat) December 16, 2019
ޖޭޕީން މާމިގިލީގައި ބޭއްވި ޖަލްސާ
"ހާފިޒުން ނެތުނީމާ، ބޭރުން ރީތިކޮށް ގުރުއާން ކިޔަވާ ބޭފުޅުން ގެނެސްގެން އެހެން ކަންތައް ދަސްކުރާ އުސޫލުން ކަންކަން ދަސްކޮށް އުނގެނުމަށް ގެންނަން ޖެހޭ ބޭފުޅުން ގެނެސްގެން އެކަން ކުރުމަކީ އިސްރާފެކޭ ބުނަން ހެޔޮ ވާނެތޯ؟" ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.
"އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ޖޯކު ޖަހައި އެ ހަޖޫ ޖަހައި ވާހަކަތައް ދެއްކުމުގެ ހައްގު ކާކަށްހޭ އޮތީ؟ އެ ކުރެވެނީ ކިހާ ވަރެއްގެ ކުށެއް ކަން ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުގެ ކުރިމަތީގައި ކުރެވެނީ ކުށެއް ކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ؟"
ގާސިމް ރޭ ވަނީ ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސް، ކާކު ކަން ނޭނގޭ ގޮތަށް ހެކިބަސް ދިނުމަށް ގާނޫނު އިސްލާހު ކުރީ އިސްލާމް ދީނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ރައްދު ދޭ މީހުން ހިފެހެއްޓުމަށްތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.
"އަޅުގަނޑު ހިތަށް އަރަނީ އިސްލާމްދީނުގެ ވާހަކަ ދެއްކީތީ، ޕީޖީ އަޅުގަނޑު މިއީ ޓެރަރިސްޓެކޭ ކިޔައިގެން ޓެރަރިޒަމްގެ ގާނޫނާ ހިލާފު ވެއްޖެޔޭ ކިޔައި ދައުވާ ނުކުރާނެ ބާވައޭ. އަޅުގަނޑު މި ދައްކަނީ އިސްލާމްދީނުގެ ވާހަކަ. އަޅުގަނޑު މިތާކު ނުދައްކަން ނަސޯރާ ދީނުގެ ވާހަކައެއް. އަޅުގަނޑު މިތާކު ނުދައްކަން ޔަހޫދީ ދީނުގެ ވާހަކައެއް، ކްރިސްޓިިއަން ދީނުގެ ވާހަކައެއް ނުދައްކަން،" ގާސިމް ވިދާޅުވި އެވެ.
"އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ޖޯކު ޖަހައި އެ ހަޖޫ ޖަހައި ވާހަކަތައް ދެއްކުމުގެ ހައްގު ކާކަށްހޭ އޮތީ؟ އެ ކުރެވެނީ ކިހާ ވަރެއްގެ ކުށެއް ކަން ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުގެ ކުރިމަތީގައި ކުރެވެނީ ކުށެއް ކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ؟" ގާސިމް
ގާސިމް ވިދާޅުވީ މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން މެދުނުކެނޑި އިސްލާމް ދީނާ ހިލާފު ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެއީ ގައުމުގައި ބައިބައިވުން އުފެދި، ހަމަނުޖެހުން އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި އެ ފުރުސަތު އެއްވެސް މީހަކަށް ނުދޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އާދޭހާ އެކު މި ދަންނަވަނީ އެ ކަހަލަ ކަންތައްތައް ނުކުރާށޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ މަސައްކަތަކީ ބަޔަކު "ހާވާ ހަޑިއެއްގައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖެހިޔަ ނުދިނުމެވެ.
ގާސިމް ވިދާޅުވި ގޮތުގައި މަޖިލިހުގެ ކޮންމެ މެމްބަރަކު ވެސް ކުރެއްވި ހުވައާ މެދުގައި ވިސްނާލަން ޖެހެ އެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން ގާނޫނު ނުހެދޭނެ ކަން ގާނޫނުއަސާސީގައި އޮތް އިރު، ދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ވެސް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
ޖޭޕީން ދެއްކީ ނަޝީދަށްޓަކައި ކޮށްދިން ކަންކަން!
ގާސިމްގެ ހިތްހަމަނުޖެހުން: "ތިޔަ ގޮވަނީ ގުދޯ ގުދޯ"!
މަޖިލީހުގައި ތިބެންވީ "މިލިއަނަރުން": ގާސިމް
ހުރިހާ ކަމެއް ގޯސް ކުރީ ނަޝީދު: ގާސިމް
އެދުން ބޮޑީ ބަރުލަމާނީ ގެންނަން އުޅޭ ލީޑަރު: ގާސިމް
ބަރުލަމާނީ ނިޒާމެއް ގެންނަން ހެޔޮނުވާނެ: ގާސިމް
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
ސާބިތުކަމާ އެކު ރައީސް ހުންނަވާނެކަން ޔަގީން: ގާސިމް
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު