10 މާޗް 2019
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރު ވެއްޓުނު އިރު ހުރިހާ ގޯހެއް ހެއްދެވީ އެމަނިކުފާނު ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރު ވެއްޓުނު އިރު ހުރިހާ ގޯހެއް ހެއްދެވީ އެމަނިކުފާނު ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ގާސިމް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ބަޣާވާތްކޮށް ސަރުކާރު ވައްޓައިލާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ކުނޫޒުގައި މިރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވި ހާލަތު ރޭއްވެވީ ވެސް އަމިއްލަފުޅަށް ކަމަށެވެ. ދެން ވިދާޅުވީ އެކަމުގެ ބަދުނާމު އެހެން މީހުންގެ ބޮލުގައި ނަޝީދު އަޅުއްވަނީ ކަމަށެވެ.
"ބަޣާވާތް ކުރެއްވިއްޔާ ކުރެއްވީ ރައީސް ނަޝީދު. ރައީސް ނަޝީދަށް ސަރުކާރެއް ހިންގަން ނޭނގިގެން އަމިއްލައަށް އައްދޯތް ކިޔާފައި މުސާރަ ދެވޭނެ ގޮތް ނުވެގެން. އަސްލު ހަގީގަތަކީ އެއީ. އޭނާ އަމިއްލަ އަށް އެ ގަނޑުގެންފަ އެގޮތަށް ނިންމާލެއްވީ އެހެން މީހުންގެ ބޮލުގައި ބަދުނާމު އަޅުވަން،" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގައި އެމަނިކުފާނު އެޅުއްވި ބައެއް ފިޔަވަޅުތައް ސަބަބަަކަށް ވިކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ. އެގޮތުން ސުޕްރީމްކޯޓު ބަންދު ކުރުމާއި ފަނޑިޔާރަކު ހައްޔަރު ކުރުން ގާސިމް ފާހަގަ ކުރެއްވި އެވެ.
ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރު ވެއްޓުނީ ކްމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުން އޭރުގެ އިދިކޮޅު މީހުން ކުރި މުޒާހަރާތަކަކަށް ފަހު ސިފައިންނާއި ފުލުހުން ވެސް އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވި ފަހުން، މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްޑީޕީން އޭރުއްސުރެ ބުނަމުން އަންނަނީ އެއީ ބަޣާވާތެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލި ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނިންމާފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރު ކަމެއް ނެތި ކަމަށެވެ.
ގާސިމް މިރޭ ތުހުމަތު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓައިލަން ވެސް މަަސައްކަތެއް ކުރާ ނަމަ ކުރާނީ ނަޝީދު އިސްވެ ހުންނަވައިގެން ކަމަށެވެ.
"މިހާރު ވެސް މި ސަރުކާރު ވެސް ހަލާކުކޮށްލުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެސް ވައްޓައިލުމަށް ރާވާ ހުރިހާ ރޭވުމެއްގެ އަޑީގައި ހުންނާނީ އޭނާ ރަނގަޅަށް ވިއްޔާ،" ގާސިމް ވިދާޅުވި އެވެ.
ބަރުމަލާނީ ވެރިކަމެއް ގެންނަވަން ވެސް ނަޝީދު މަސައްކަތް ކުރައްވާ ކަމަށާއި އެ އުޅުއްވަނީ ބޮޑުވަޒީރަކަށް ވެވަަޑައިގަންނަވަން ވެގެން ކަމަށް ވެސް ގާސިމް ތުހުމަތު ކުރެއްވި އެވެ. އެވާހަކަ ރީތިކޮށް ސާފުކޮށް ގާސިމް އަރިހު ނަޝީދު ވިދާޅުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ކައިރީގައި ބުނި ޔޫރަޕްގައި ހުއްޓާ ފޯނު ކޮށްގެން ދެއްކި ވާހަކައެއްގައި، ފޯނު ކޯލެއްގައި،" އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ހިތްހަމަނުޖެހުން: "ތިޔަ ގޮވަނީ ގުދޯ ގުދޯ"!
ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް
އެދުން ބޮޑީ ބަރުލަމާނީ ގެންނަން އުޅޭ ލީޑަރު: ގާސިމް
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
ސާބިތުކަމާ އެކު ރައީސް ހުންނަވާނެކަން ޔަގީން: ގާސިމް
ގާސިމްގެ ރައްދު ނަޝީދަށް: ގަޑުބަޑުކުރާނެ ކަމެއް ނެތް!
އެމްޑީޕީ ޕްރައިވެޓް ލިމިޓެޑޭ ނުކިޔާނަން: ގާސިމް
ކެމްޕެއިނަށް ނުކުންނެވުން، ރައީސަށް މަޖުބޫރުވި ހާލަތު!
"ޖޭޕީ އޮތީ ކޯލިޝަންގައި، ގޮތެއް ހޯދީ މަޖުބޫރުވެގެން"
ރައީސާއި ގާސިމް ތިއްބަވާނީ އެކުގައި: އަލީ ވަހީދު