23 މެއި 2018
މަޝްހޫރު ސްޓްރީމިން ކުންފުނި ނެޓްފްލިކްސްއާ ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ހައި ޕްރޮފައިލް އުފެއްދުންތަކެއް ގެނެސް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިދިޔަ މާޗް މަހު އިއުލާން ކުރުމަށް ފަހު، އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފި އެވެ.
މަޝްހޫރު ސްޓްރީމިން ކުންފުނި ނެޓްފްލިކްސްއާ ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ހައި ޕްރޮފައިލް އުފެއްދުންތަކެއް ގެނެސް ދޭން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިދިޔަ މާޗް މަހު އިއުލާން ކުރުމަށް ފަހު، އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފި އެވެ.
ދެކަނބަލުން ދާދި ފަހުން ވަނީ ހަޔާ ގްރައުންޑް ޕްރޮޑަކްޝަންގެ ނަމުގައި ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.
ނެޓްފްލިކްސް އާއި އޮމާބާގެ ދެކަނބަލުން ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ފިލްމްތަކާއި ސިލްސިލާތަކާއި ޑޮކިއުމަންޓްރީތަކާއި ހަގީގީ ހާދިސާތައް ކިޔައިދޭ ތަފާތު އެހެން އުފެއްދުންތައް ވެސް ގެނެސް ދޭނެ އެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން އޮބާމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އާންމުންނަށް ހިދުމަތް ކުރަން ލިބިވަޑައިގަތް ފުރުސަތަކީ އެތައް ބަޔަކާ ބައްދަލުވެ، އެތައް ކަމެއް އަމިއްލަފުޅަށް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަމެއް ކަމަށެވެ. އަދި އެ ތަޖުރިބާގެ ވާހަކަތައް މުޅި ދުނިޔެ އަށް ކިޔައި ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
President Barack Obama and Michelle Obama have entered into a multi-year agreement to produce films and series for Netflix, potentially including scripted series, unscripted series, docu-series, documentaries, and features.
— Netflix US (@netflix) May 21, 2018
ނެޓްފްލިކްސްގެ ޓްވީޓެއް.
"އެހެންވެ އަޅުގަނޑާއި މިޝޭލް ނެޓްފްލިކްސްއާ ގުޅުނީ،" އޮބާމާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަބޫލު ކުރަނީ މި ފުރުސަތުގެ ތެރެއިން ވެސް މިކޮށް ދެވެނީ ވަރަށް އަގުހުރި ހިދުމަތެއް ކަމަށް."
އެއްބަސްވުމާ ބެހޭ ގޮތުން ނެޓްފްލިކްސްގެ ޗީފް ކޮންޓެންޓް އޮފިސަރު (ސީސީއޯ) ޓެޑް ސަރަންޑަން ވިދާޅުވީ އޮބާމާގެ ދެކަނބަލުންގެ އުފެއްދުންތައް އާންމުންނާ ހަމައަށް ގެނެސް ދޭން ނެޓްފްލިކްސް ހިޔާރު ކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ.
"އެ ދެ ބޭފުޅުން ވަރަށް އިންސްޕަޔަރިން ވާހަކަތަކެއް ނެޓްފްލިކްސް މެދުވެރިކޮށް ހިއްސާކޮށް ދެއްވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް،" އޭނާ ވިދާޅުވި އެވެ.
Netflix aa gulhigen Barak Obama TV Show thakeh genes dheny
The most trusted news source in the Maldives
Mihaaru
ނެޓްފްލިކްސްއާ މަޝްވަރާ ކުރާކަން އޮބާމާގެ ދެކަނބަލުން އިއުލާން ކުރެއްވީ މާޗް މަހު.
ރިޕޯޓްތައް ބުނާ ގޮތުން އޮބާމާގެ ދެކަނބަލުންނާ އެކު ނެޓްފްލިކްސް އިން ހެދި އެއްބަސްވުމަކީ އެ ކުންފުނިން ހެދި އެންމެ އަގު ބޮޑު އެއް އެއްބަސްވުމެވެ.
ނެޓްފްލިކްސް އިން މިދިޔަ އަހަރު ވަނީ "ގްރޭސް އެނަޓޮމީ" ގެ މޭސްތިރިޔާ ޝޮންޑާ ރައިމްސްއާ އެކު 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އެ ކުންފުނިން "ގްލީ" ގެ ސިކުނޑި ރަޔަން މާފީއާ އެކު ހެދި އެއްބަސްވުމުގެ އަގު 300 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނެޓްފްލިކްސް އަށް މިޝެލް އޮބާމާގެ ކައްކާ ޝޯއެއް
އެމެރިކާގެ ފަސްޓް ލޭޑީންގެ ސީރީޒެއް
އޮބާމާ އާއި މިޝޭލްގެ 7 އުފެއްދުމެއް ނެޓްފްލިކްސް އަށް
ނެޓްފްލިކްސްއާ ގުޅިގެން އޮބާމާ ޝޯތަކެއް ގެނެސް ދެނީ
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް
އިޝާންގެ ފުރަތަަމަ ހޮލީވުޑް ސީރީޒް ނެޓްފްލިކްސްއަށް
"ޕީކީ ބްލައިންޑާސް"ގެ ފިލްމުގެ ކާސްޓަށް ބެރީ
"ބްރިޖަޓަން"ގެ ތިންވަނަ ސީޒަނަށް ތަރުހީބު ބޮޑު
ސޯފިއާ މުޅިން ތަފާތު ރޯލަކުން
މިލީގެ "ޑެމްސެލް"ގެ ޓީޒާއެއް ނެރެފި