10 މާޗް 2018
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ، ސްޓްރީމީން ކުންފުނި ނެޓްފްލިކްސްއާ ގުޅިގެން ވަރުގަދަ ޓީވީ ޝޯތަކެއް ގެނެސް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ، ސްޓްރީމީން ކުންފުނި ނެޓްފްލިކްސްއާ ގުޅިގެން ވަރުގަދަ ޓީވީ ޝޯތަކެއް ގެނެސް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވެރައިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމާ ބެހޭ ގޮތުން އޮބާމާ އާއި ނެޓްފްލިކްސް އިން މިހާރު މަޝްވަރާތައް ކުރަމުން އަންނަ އިރު، ލަސްތަކެއް ނުވެ ތަފުސީލްތައް ހާމަ ކުރާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޮބާމާ އާއި މިޝެލް ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދޭން ބޭނުން ވަނީ "ހައި ޕްރޮފައިލް" ޝޯތަކެކެވެ.
މިކަމާ ބެހޭ ގޮތުން އޮބާމާ އަދި އެއްވެސް ވާހަކައެއް ދައްކައިފައި ނުވާ އިރު، ނެޓްފްލިކްސް އިން ވެސް ވަނީ ކޮމެންޓެއް ކުރަން ދެކޮޅު ހަދައިފަ އެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން އޮބާމާ އާއި މިޝެލް ޕްރޮޑިއުސަރުންގެ ޒިންމާ ނަގައި، ގެނެސްދޭ ޝޯތަކުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަގާމު ދެ ދައުރެއްގައި އަދާކުރެއްވުމާއި ވެރިކަމުގެ ތެރޭގައި ކުރިއަށް ގެންދިޔަ މުހިއްމު ސިޔާސަތުތަކަށް އަޅި އަޅުވާލައި ޝޯތައް ގެނެސް ދޭނެ އެވެ. އޭގެ ތެރޭގައި އޮބާމާ ކެއާ، އިމިގްރޭޝަން އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އޮބާމާ ގެންގުޅު ސިޔާސަތުތަކާ ބެހޭ ޝޯތައް ހިމެނެ އެވެ.
އޮބާމާ އާއި މިޝެލް ދެ ދަރިންނާ އެކު.
ހަމަމިއާ އެކު މިޝެލްގެ ވައިޓްހައުސްގެ ތަޖުރިބަތަކާއި އަންހެނުން ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތްތަކާއި ދުޅަހެޔޮކާނާއާ ބެހޭ ފަދަ ތީމްތަކަށް ހާއްސަ ޝޯތައް ގެނެސް ދޭނެ އެވެ.
ފިރިކަލުންގެ ވެރިކަމުގައި މިޝެލް ވަނީ ދުޅަހެޔޮ ސިއްހަތަކަށް ހާއްސަކޮށްގެން "އެމެރިކަން ގްރޯން" ގެ ނަމުގައި ވައިޓްހައުސްގެ ބަދިގޭގެ ތަޖުރިބާތައް ވެސް ހިމެނޭ ފޮތެއް ނެރެފަ އެވެ. އަދި އޭނާ މިހާރު އަންނަނ ނޮވެމްބަރު މަހުގެ 13 ގައި "ބިކަމިން" ގެ ނަމުގައި ބައޮގްރަފީ ވެސް ނެރެން ތައްޔާރުވަމުންނެވެ.
ނެޓްފްލިކްސް އަށް މިޝެލް އޮބާމާގެ ކައްކާ ޝޯއެއް
އޮބާމާ އާއި މިޝޭލްގެ 7 އުފެއްދުމެއް ނެޓްފްލިކްސް އަށް
އޮބާމާގެ ދެކަނބަލުން ނެޓްފްލިކްސްއާ ގުޅިއްޖެ
އެމެރިކާގެ ފަސްޓް ލޭޑީންގެ ސީރީޒެއް
މިޝެލް އޮބާމާ އަށް ގްރެމީ ނޮމިނޭޝަނެއް
އޮބާމާގެ ދެކަނބަލުން ސްޕޮޓިފައި އަށް
މިޝެލް އޮބާމާގެ ބައޮގްރަފީ ނޮވެމްބަރުގައި ނެރެނީ
އޮބާމާ ވޮޝިންޓަނުން އަގު ބޮޑު ގެއެއް ބައްލަވައިގެންފި
މިޝޭލްގެ ކުރިން އޮބާމާ އެހެން ކައިވެންޏެއް ކުރަންް އުޅުއްވި
ބްރެންސަންއާ އެކު އޮބާމާ މޫދު ކުޅިވަރުގައި