19 މެއި 2018
ޕެރިސް (މެއި 19) - މި ސީޒަން ނިމުމުން ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ބޮޑު މުސާރައަކާ ދެ އަހަރުގެ އެއްބަސްވުމެއް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ހުށަހަޅައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕެރިސް (މެއި 19) - މި ސީޒަން ނިމުމުން ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ބޮޑު މުސާރައަކާ ދެ އަހަރުގެ އެއްބަސްވުމެއް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ހުށަހަޅައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމުރުން 40 އަހަރުގެ ބުފޮން ބުނީ ކުޅުން ކުރިއަށް ގެންދާނެތޯއާ މެދު ސީދާ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށާއި ދަނޑުމަތީގެ އަދި ދަނޑު ބޭރުގެ އޮފާތަކެއް ލިބިފައިވާ ކަމަށެވެ.
މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޕީއެސްޖީގެ އާ ކޯޗު ތޯމަސް ޓުޗެލް ވަނީ ބުފޮން ގެންނަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އަހަރަކު އަށް މިލިއަން ޔޫރޯ ލިބޭ ގޮތަށް ދެ އަހަރުގެ އެއްބަސްވުމެއް ބުފޮން އަށް ހުށަހަޅަން ނިންމާފައިވާ ކަމަށްވެ އެވެ. މިއީ މި ވަގުތު ޔުވެންޓަސް އިން ބުފޮން އަށް ދޭ މުސާރައިގެ ދެ ގުނަ ބޮޑު އަދަދެކެވެ.
ޕީއެސްޖީގައި މި ވަގުތު ވެސް ހުނަރުވެރި ދެ ކީޕަރުން އެބަތިއްބެވެ. އެއީ ފްރާންސް ގައުމީ ޓީމުގެ ކީޕަރު އަލްފޮންސޭ އަރެއޯލާ އަދި ޖަރުމަނު ގައުމީ ޓީމުގެ ކީޕަރު ކެވިން ޓްރަޕް އެވެ. މީގެ ތެެރެއިން ޓްރަޕް އަންނަ ސީޒަނުގައި ޕީއެސްޖީން ނުފެންނާނެ ކަމަށް ބެލެވެ އެވެ. ޓްރަޕް ހޯދަން އިނގިރޭސި ކްލަބްތަކުންނާއި ޖަރުމަނުގެ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބުފޮން 2001 ވަނަ އަހަރު ޔުވެންޓަސްއާ ގުޅި އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު އުފުލާލި އެވެ. އޭގެ ތެރެއިން ހަތް ފަހަރު ހޯދީ ޖެހިޖެހިގެންނެވެ. އަދި މިދިޔަ ހަތަރު ފަހަރު އިޓާލިއަން ކަޕް ޖެހިޖެހިގެން ހާސިލްކުރި އެވެ. އޭނާ އަށް ނުހޯދެނީ ޔޫރަޕުގެ ތަށްޓެކެވެ. ތިން ފަހަރު ފައިނަލުގައި ކުޅެ ބަލިވީ އެވެ.
ޔުވެންޓަސް ޖޯޒީގައި ބުފޮން ކުޅޭ ފަހު މެޗަށް ވެގެންދާނީ އިޓަލިއަން ލީގުގައި މިރޭ ހެލަސް ވެރޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ރޮނާލްޑޯ އައުމުން ޓީމުގެ ވާދަވެރިކަން ގެއްލުނު: ބުފޮން
43 އަހަރުގެ ބުފޮން އަންނަ ސީޒަނުގައި ވެސް ކުޅޭނެ
ބުފޮން 6000 ޑޮލަރުން ޖޫރިމަނާކޮށްފި
ބުފޮން އަށް ރެކޯޑެއް، ޔުވެންޓަސް އަށް ބޮޑު ލީޑެއް
ބުފޮންގެ އެހީއާ އެކު ޔުވެންޓަސް އަށް މޮޅެއް
ބުފޮން އަށް ބާސެލޯނާގެ ހުށަހެޅުމެއް ވެސް ލިބުނު
ބުފޮން ޔުވެންޓަސް އަށް؛ ކެޕްޓަންކަން ބޭނުމެއް ނޫން
ރޮނާލްޑޯއާ އެކު ޔުވެންޓަސްގައި ކުޅެން ބޭނުންވި: ބުފޮން
"ރެފްރީގެ ކިބައިން ބުފޮން މައާފަށް އެދެން ޖެހޭ"
ރޮނާލްޑޯ ފަހު ވަގުތު ރެއާލް ސެމީ އަށް ގެންގޮސްދީފި