14 މެއި 2018
ދިވެހި ދައުލަތުގެ ބަޖެޓްގެ ކެޕިޓަލް ޚަރަދު މި އަހަރު 25 ޕަސެންޓް ބޮޑުވާނެ ކަމަށާއި ރިޔާސީ އިންތިޚާބު ބާއްވާތީ، ބަޖެޓުގައި އަންދާޒާ ކޮށްފައިވާ މިންވަރަށް ޚަރަދު ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށް ވެދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން މިއަދު ބުނެފި އެވެ.
ދިވެހި ދައުލަތުގެ ބަޖެޓްގެ ކެޕިޓަލް ޚަރަދު މި އަހަރު 25 ޕަސެންޓް ބޮޑުވާނެ ކަމަށާއި ރިޔާސީ އިންތިޚާބު ބާއްވާތީ، ބަޖެޓުގައި އަންދާޒާ ކޮށްފައިވާ މިންވަރަށް ޚަރަދު ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށް ވެދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން މިއަދު ބުނެފި އެވެ.
އޭޑީބީގެ މި އަހަރުގެ އައުޓްލުކްގައިވާ ގޮތުން، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހިމެނެނީ ބޯހިޔާވަހި ކަމާއި ޑޮމެސްޓިކް އެއާޕޯޓު އަދި ހޮސްޕިޓަލް އެޅުމާއި މަގު ހެދުން ފަދަ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެވެ.
އޭޑީބީން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ކާޑާއި ކަރަންޓު ސަބްސިޑީ ސަރުކާރުން ދިނުމަށް ބަޖެޓުގައި ހިމަނާފައި ވާތީ، މި އަހަރާއި އަންނަ އަހަރުގެ އިންފްލޭޝަން އެވްރެޖްކޮށް ތިން ޕަސެންޓުން ދަށުގައި ހިފެހެއްޓޭނެ ކަމަށެވެ.
އޭޑީބީން ބުނިގޮތުގައި، ޓޫރިޒަށް މި އަހަރު އަންނާނެ ކަމަށް ލަފާކުރެވޭ ކުރިއެރުމުގެ ސަބަބުން އެއިން ލިބޭ އާމްދަނީ އިތުރުވެ، ކަރަންޓު އެކައުންޓުގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން އެވްރެޖްކޮށް 17 ޕަސެންޓަށް މި އަހަރާއި އަންނަ އަހަރު ވެސް ކުޑަވާނެ ކަމަށް ލަފާކުރެވެ އެވެ.
އޭޝިއާގެ އެންމެ ބޮޑު މާލީ އިދާރާ އިން ރާއްޖޭގެ އިގުތިސޯދީ ކުރިމަގަށް ލަފާކޮށް ބުނީ، ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ އަށް މި އަހަރާއި އަންނަ އަހަރު އަންނާނެ ކުރިއެރުމާ އެކު އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ޓޫރިޒަމް ކުރިއަރާނެ ކަމަށް ބެލެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ނިމުމާއި އާ 30 ރިސޯޓު ހުޅުވާނެ ކަމަށް ބެލެވޭތީ އަދި ޑޮމެސްޓިކް ގިނަ އެއާޕޯޓުތަކެއްގެ މަސައްކަތް ކުރިއަށް ދާތީ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭޑީބީން ބުނީ، ކޮންމެ އިގްތިސާދަކަށް ވެސް ތަފާތު ރިސްކުތައް ކުރިމަތިވާ ފަދައިން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވެސް އޭގެ އަސަރު ވަނީ ކޮށްފަ އެވެ. އެގޮތުން ބޭރުގެ ދަރަނި މެނޭޖް ކުރުމާއި ފޮރިން ރިޒާވް އިތުރު ކުރުމާއި ސިޔާސީ މަސްރަހުގެ ހަލަބޮލުވުން ކުޑަކުރުމަކީ އިގްތިސާދު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ބުނެފައި ވެ އެވެ.
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން
އިތުރު 50 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކައިފި
ބޮޑު 9 މަޝްރޫއެއް:4 އެއާޕޯޓު، 20 ފަޅެއް ހިއްްކަނީ
ދަރަނި 43 ބިލިއަން ރުފިޔާ އަށް، ބޮންޑު ވިއްކަނީ
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ ތިން ބިލިއަން އިތުރު
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
"އަމާޒަކީ ޖީޑީޕީ 10 ބިލިއަން ޑޮލަރަށް ގެންދިއުން"