02 މެއި 2018
އޭއެފްސީ ކަޕުގައި ޑާކާ އަބަހާނީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ވެސް މޮޅުވެވުނީ އުނދަގުލުން ކަމަށާއި މާލޭގައި މިއަދު ކުޅޭ މެޗުން މޮޅުވުމަށްޓަކައި ވީހާ ވެސް އަވަހަކަށް ނަތީޖާ އަނބުރާލުން މުހިއްމު ކަމަށް ނިއު ރޭޑިއަންޓުގެ ޑިފެންޑަރު އަކްރަމް އަބްދުލްގަނީ ބުނެފި އެވެ.
އޭއެފްސީ ކަޕުގައި ޑާކާ އަބަހާނީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ވެސް މޮޅުވެވުނީ އުނދަގުލުން ކަމަށާއި މާލޭގައި މިއަދު ކުޅޭ މެޗުން މޮޅުވުމަށްޓަކައި ވީހާ ވެސް އަވަހަކަށް ނަތީޖާ އަނބުރާލުން މުހިއްމު ކަމަށް ނިއު ރޭޑިއަންޓުގެ ޑިފެންޑަރު އަކްރަމް އަބްދުލްގަނީ ބުނެފި އެވެ.
ގްރޫޕުގެ އެއް ވަނައިގައި އޮތް ނިއު އަށް މިއަދުގެ މެޗާއި އިންޑިއާގެ އައިޒޯލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ދެ ވަނަ ބުރަށް ދެވޭނެ އެވެ. ނުވަތަ މިއަދު ހަވީރު ނިއު މޮޅުވެ، މިރޭ އައިޒޯލް އަތުން ބެންގަލޫރު ބަލިވެއްޖެ ނަމަ ނިއު އަނެއް ބުރަށް ދާނެ އެވެ.
އަކްރަމް ބުނީ އަބަހާނީއާ ދެކޮޅަށް ޑާކާގައި ކުޅުނު މެޗު ވެސް އުނދަގޫވެގެން ދިޔައީ ލިބުނު ފުރުސަތުތައް ގޯލަށް ބަދަލުނުކުރެވިގެން ކަމަށާއި އެންމެ ފަހުން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެ މަންޒަރު ފެނުނު ކަމަށެވެ.
"އެކަމަކު އެ ދުވަހު އަޅުގަނޑުމެން ބޭނުންވީ 2-0 ގެ މޮޅެއް އެހެންވެ އިރާދަކުރެއްވީތީ އެކަންކޮށްގެން ފޭބީ. މި މެޗުގައި އަޅުގަނޑުމެން ޖެހޭ ކަންނޭގެ ލިބޭ ޗާންސްތައް ގޯލްތަކަށް ބަދަލުކޮށްގެން ވީހާ ވެސް އަވަހަކަށް ގޭމް އަޅުގަނޑުމެންގެ ސައިޑަށް އަނބުރާލަން،" އަކްރަމް ބުންޏެވެ.
އޭނާ ބުނީ އަބަހާނީ އަކީ މާބޮޑަށް ޕާސްކޮށްގެން ކުޅޭ ޓީމެއް ނޫން ކަމަށާއި އެ ޓީމުން ކުޅެނީ ކުރީގައި ތިބޭ ހަލުވި ކުޅުންތެރިންގެ ބޭނުން ހިފައިގެން ދުވެގެން ހުސް ޖާގަތަކަށް ކަމަށެވެ.
"އެ ހުރިހާ އެއްޗަކަށް ތައްޔާރުވެގެން ނުކުތީމާ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންނަށް މާ ފަސޭހައިން ވެސް މެޗު ކާމިޔާބުކުރެވޭނެ. (އެކަމަކު) ފަސޭހައޭ މިބުނަނީ ހަމަ ތިބެގެން ކުޅޭ ވާހަކައެއް ނޫން. ފަސޭހަވާނީ މަސައްކަތްކުރީމާ. ދަނޑުމައްޗަށް އަރައި ކުރާ މަސައްކަތަކުން ފަސޭހަވާނީ،" އަކްރަމް ބުންޏެވެ.
އެންމެ ފަހުން ކުޅުނު މެޗުން ބެންގަލޫރު އަތުން ނިއު މޮޅުވި މޮޅުވުމަކީ ގަދަފަދަ އިންޑިއާގެ މައްޗަށް ދިވެހި ފުޓްބޯޅައިން ހޯދި މޮޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. އަކްރަމް ބުނީ އެ މެޗަކީ ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް ދާން ފަށައިގަނެވުނު ރަނގަޅު ފަށައިގަނެވުމަކަށް ވެސް ވެދާނެ ކަމަށާއި މި މެޗުގައި އެ ސިލްސިލާ ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ފަހަކަށް އައިސް ބަންގްލޭޝްގެ ގައުމީ ޓީމާއި ކްލަބް ކުޅޭ މެޗުތަކަށް ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދަނޑަށް ވަދެ އެވެ. އަކްރަމް ބުނީ އިދިކޮޅު ސަޕޯޓަރުން ވަދެގެން އުނދަގުލެއް ނުވާނެ ކަމަށާއި ދަނޑަށް ގިނަ ބަޔަކު ވަދެގެން ލިބޭނީ ހިތްވަރެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ހޯމް އެޑްވާންޓޭޖް ނެގޭނެ ބަންގްލަދޭޝް މީހުން ވަނަސް. އެ މީހުން ލަވާ ހަޅޭކުން މާބޮޑު ހިތްވަރެއް ކަންނޭގެ ލިބޭނީ،" އަކްރަމް ބުންޏެވެ.
ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!
އިމްރާން ނެތް ނަމަ ފެންނާނީ ތަފާތު ނަތީޖާއެއް: އޮސްކާ
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ
ކުރީގެ އުފާވެރިކަން މިއަދު ބަދަލުވީ ހިތްދަތިކަމަށް
ބޮޑު މޮޅަކާ އެކު ނިއު ދެ ވަަނަ ބުރާ ގާތަށް
އަބަހާނީ ޓީމު ފިޒިކަލީ ވަރަށް ވަރުގަދަ: ނިއު
ނިއު އިން ކުރީ މޮޅެއް ހައްގު މަސައްކަތެއް: ބެންގަލޫރު
"މިއީ ފުރިހަމަ މޮޅެއް، އެކަމަކު މިތިބީ ހަމަބިމުގައި"
ނަތީޖާ ނެރުނީ މުޅި ޓީމުގެ ހިތްވަރުން: ދަގަނޑޭ
ބެންގަލޫރު ބަލިކޮށް ނިއު ގްރޫޕްގެ އެއް ވަނަ އަށް