26 އެޕްރީލް 2018
އޭއެފްސީ ކަޕުގައި އިއްޔެ އިންޑިއާގެ ބެންގަލޫރު އަތުން 2-0 އިން ނިއު ރޭޑިއަންޓް ހޯދީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މޮޅެއް ކަމަށާއި އެކަމަކު އަދިވެސް މަސައްކަތް ނުނިމޭ ކަމަށާއި ޓީމު އޮންނާނީ ހަމަބިމުގައި ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
އޭއެފްސީ ކަޕުގައި އިއްޔެ އިންޑިއާގެ ބެންގަލޫރު އަތުން 2-0 އިން ނިއު ރޭޑިއަންޓް ހޯދީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މޮޅެއް ކަމަށާއި އެކަމަކު އަދިވެސް މަސައްކަތް ނުނިމޭ ކަމަށާއި ޓީމު އޮންނާނީ ހަމަބިމުގައި ކަމަށް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.
އިންޑިއަން ސުޕަ ލީގުގެ ލީގު ބުރުގެ އެއް ވަނަ ހޯދި ޓީމުގެ މައްޗަށް ހޯދި މޮޅާ އެކު ނިއު ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައި ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ހޯދައިފަ އެވެ. އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ނިއު އޮތީ ހެޑް-ޓު-ހެޑް އިން ކުރި ހޯދައިގެންނެވެ. ބެންގަލޫރަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. މާނައަކީ ބާކީ ދެ މެޗުން މޮޅުވެގެން ނިއު އަށް ދެ ވަނަ ބުރަށް ދެވެން އޮތުމެވެ. ބެންގަލޫރަށް ޖެހޭނީ ދެ މެޗުން މޮޅުވެ ނިއު އަތުން ޕޮއިންޓެއް ގެއްލޭތޯ އިންތިޒާރުގައި ތިބުމެވެ.
"ހާދަ ރަނގަޅޭ. ހާދަ ރަނގަޅޭ. ހާއްސަކޮށް ރަށުން ބޭރުގައި ކުޅުނު މެޗުން އަހަރެމެން މޮޅަށް ކުޅެ އެކަމަކު ޕޮއިންޓެއް ނުލިބި އޮވެފައި މިއަދު މޮޅުވީމަ. މިއަދު އަހަރެމެން ނުކުތްއިރު އިން ވިސްނަން ޖެހުނު ކަމެއް ވެސް އޮތް. އެއީ ބެންގަލޫރުން ލަނޑެއް ޖަހައިފި ނަމަ ތިން ލަނޑު ޖަހަން ޖެހޭތީ (ހެޑް ޓު ހެޑް އިން ކުރި ހޯދަން). އެކަމަކު ކުޅުންތެރިން މިއަދު އެ ހޯދީ ފުރިހަމަ މޮޅެއް،" އޮސްކާ ބުންޏެވެ.
އޭނާ ބުނީ ނިއު މޮޅުވުމުގެ އިތުރަށް މިއަދު ބެންގަލޫރަށް ކުޅުނަކަސް ވެސް ނުދިން ކަމަށާއި ނިއުގެ ކުޅުންތެރިން މިއަދު ކުޅުނީ ކްލަބާއި ގައުމަށްޓަކައި ކަމަށެވެ.
"އެކަމަކު އަހަރެމެން މިއޮތީ ހަމަބިމުގައި. އަހަރެމެން ހިތްތިރިކޮށްގެން މިތިބީ. ސަބަބަކީ މިކަމެއް އަދި ނުނިމޭ އަދި އެބައޮތް ދެ ފައިނަލް. ފުރަތަމަ މެޗު މިއޮތީ މާލޭގައި (ބަންގްލަދޭޝްގެ) އަބަހާނީއާ ދެކޮޅަށް. ދެން އޮތް އައިޒޯލްގެ މެޗު ވާހަކަ ދައްކަން ވެސް ބޭނުމެއް ނޫން. ސަބަބަކީ އެއީ މާ ދުރުގައި އޮތް މެޗަކަށް ވާތީ. މިއަދު އަހަރެމެން އުފާފާޅުކުރަން ޖެހޭ. އެކަމަކު މާދަމާ އިން ފެށިގެން ދެން ހުރިހާ ސަމާލުކަމެއް ދޭނީ ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗާއި އަދި އަބަހާނީ މެޗަށް،" އޮސްކާ ބުންޏެވެ.
ބެންގަލޫރު އަތުން 1-0 އިން ބަލިވި މެޗަށް ފަހު ވެސް އޮސްކާ ބުނީ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރެވޭނެ ކަމަށެވެ. އެފަދަ ވާހަކަތަކުން ޓީމަށް ހިތްވަރު ލިބުނުތޯ ނޫސްވެރިން އެހުމުން އޮސްކާ ބުނީ މިކަމުގައި އޭނާ އަށް ކްރެޑިޓެއް ނޯންނާނެ ކަމަށާއި މިއީ ޓީމެއްގެ ގޮތުގައި ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން ކުރި މަސައްކަތެއް ކަމަށެވެ.
"ހާއްސަކޮށް ކުޅުންތެރިން. އަހަރެމެންގެ ކުޅުންތެރިން އެބަހުރި މޮޅުވުމުގެ ވަރުގަދަ ވިސްނުމެއް. ކުޅުންތެރިން ގަބޫލުކުރޭ މި ޕްރޮޖެކްޓް. ކުޅުންތެރިންނަށް މި ކްލަބާ މެދު އިތުބާރު އޮވޭ. އަހަރެމެން ނަގަނީ ފަހަރަކު މެޗެއް. އެއީ ސިއްރަކީ،" އޮސްކާ ބުންޏެވެ.
މިދިޔަ އަހަރުގެ ވަކި ހިސާބަކުން ހަވާލުވެ ނިއު އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ހޯދައިދިން ކޯޗު ބުނީ މިއަދު ނިއު އިން ދެއްކި ފުރިހަމަ ކުޅުމަކީ އޭނާ އަށް ވެސް ހައިރާންކަން ލިބުނު ކުޅުމެއް ކަމަށެވެ.
"ޑިފެންސް ލައިން ބަރާބަރު. ބޯޅަތައް ފަހަތުން މެދަށް އަދި ކުރިއަށް އެހާމެ ހަލުވިކަމާ އެކު ބަދަލުކުރި. މިޑްފީލްޑަރުންގެ އިދިކޮޅު ޓީމުގެ އެޓޭކްތައް ހުއްޓުވި. ފޯވާޑުން ލިބުނު ބޯޅަތައް ބޭނުންކުރި،" އޮސްކާ ބުންޏެވެ.
މި މޮޅަކީ އިންޑިއާގެ މިހާރުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ބެންގަލޫރާ ދެކޮޅަށް ރާއްޖޭގެ ޓީމުތައް ކުޅުނު ހަތް މެޗުގެ ތެރެއިން ހޯދުނު ފުރަތަމަ މޮޅެވެ. އޮސްކާ ބުނީ މެޗު އޮތީ ކްލަބް ލެވެލަށް ވުރެ ބޮޑުވެފައި ކަމަށެވެ. ސަބަބަކީ އިންޑިއާ އާއި ރާއްޖޭގެ ފުޓްބޯޅައިގައި އޮންނަ ވާދަވެރިކަމެވެ. އަދި އޭގެ ތެރެއިން މި ލިބުނު މޮޅު އެތައް ގޮތަކުން ހާއްސަކަން އޭނާ ފާހަގަކުރި އެވެ
ދެ ވަނަ ބުރަށް ދިއުމަށް ނިއު ރޭޑިއަންޓުގެ ފަހު ހަނގުރާމަ މިރޭ!
އިމްރާން ނެތް ނަމަ ފެންނާނީ ތަފާތު ނަތީޖާއެއް: އޮސްކާ
ދަގަނޑޭ އެހެރީ އެންމެ މަތީ ފޯމުގައި: އޮސްކާ
ކުރީގެ އުފާވެރިކަން މިއަދު ބަދަލުވީ ހިތްދަތިކަމަށް
ބޮޑު މޮޅަކާ އެކު ނިއު ދެ ވަަނަ ބުރާ ގާތަށް
ވީހާ ވެސް އަވަހަށް ނަތީޖާ އަނބުރާލަން ޖެހޭ: އަކްރަމް
އަބަހާނީ ޓީމު ފިޒިކަލީ ވަރަށް ވަރުގަދަ: ނިއު
ނިއު އިން ކުރީ މޮޅެއް ހައްގު މަސައްކަތެއް: ބެންގަލޫރު
ނަތީޖާ ނެރުނީ މުޅި ޓީމުގެ ހިތްވަރުން: ދަގަނޑޭ
ބެންގަލޫރު ބަލިކޮށް ނިއު ގްރޫޕްގެ އެއް ވަނަ އަށް