30 އެޕްރީލް 2018
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ދެމެދުގައިވާ މައްސަލަތައް ހައްލުކޮށް ސުލްހަ ގާއިމުކުރުމަށް އެ ދެ ގައުމުގެ ލީޑަރުން ބޭއްވި ތާރީހީ ބައްދަލުވުމަށް ރާއްޖޭން މިއަދު މަރުހަބާ ކިޔައިފި އެވެ.
ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާގެ ދެމެދުގައިވާ މައްސަލަތައް ހައްލުކޮށް ސުލްހަ ގާއިމުކުރުމަށް އެ ދެ ގައުމުގެ ލީޑަރުން ބޭއްވި ތާރީހީ ބައްދަލުވުމަށް ރާއްޖޭން މިއަދު މަރުހަބާ ކިޔައިފި އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން ބައްދަލުކުރެއްވުމަށް ފަހު، ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން ވަނީ މުހިންމު އެއްބަސްވުންތަކެއް ގާއިމުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކޮރެއަން ޕެނިންސުލާގައި ހަމަޖެހުން ގާއިމުވެފައި އޮތުމަށް ރާއްޖެ އިން ކުރިން ވެސް ތާއީދުކޮށްފައި ވާނެ ކަމަށެވެ. މިއީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއާ ދެމެދު މަޝްވަރާތައް ފެށުމަށް ހުޅުވުނު ދޮރެއް ކަމަށާއިމަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. ރާއްޖޭން އެދެނީ ކޮރެއަން ޕެނިންސުލާ އަށް ހަމަޖެހުމާއި ސުލްހަމަސްލަސްކަން އަވަހަށް ލިބުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ދެ ކޮރެއާގެ ލީޑަރުން ބޭއްވި ތާރީޚީ ސަމިޓަށް ފަހު ނެރުނު ބަޔާނުގައި ވަނީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުމަކަށް ގެނައި އެއްބަސްވުން މި އަހަރު ތެރޭ ސުލްހައިގެ މުއާހަދާއަކަށް ހަދާނެ ކަމަށް ބުނެފަ އެވެ. ކޮރެއާ ޕެނިންސުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ތަނަކަށް ހަދަން އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ވެރިން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
ދެ ކޮރެއާގެ ވެރިންގެ ސަމިޓް ބާއްވާފައި ވަނީ ދެކުނު ކޮރެއާގެ ސަރަހައްދުގަ އެވެ. ސަމިޓް ބޭއްވީ ދެ ކޮރެއާ ގުޅޭ ޑީއެމްޒެޑްގައި އޮންނަ ޕަންމުންޖޮމް އަވަށުގެ ޕީސް ހައުސްގަ އެވެ.
ދެ ކޮރެއާގެ ވެރިން ވެސް ވަނީ ބޯޑަރު ހުރަސް ކުރައްވާ އެއްގައުމު އަނެއް ގައުމަށް ވަދެވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ. ބޯޑަރު ހުރަސް ކުރެއްވި އިރު ދެ ގައުމުގެ ވެރިން ތިއްބެވީ އަތުގުޅުވާ ލައްވައިގެންނެވެ.
ކިމް އަކީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުނު ފަހުން ދެކުނު ކޮރެއާ އަށް ވަދެވަޑައިގެންނެވި އުތުތރު ކޮރެއާގެ ފުރަތަމަ ލީޑަރެވެ.
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
މިއީ ރާއްޖެ އަށް ބަދަލު ދޭންވީ ވަގުތު: ކޮރެއާ
ދެކުނު ކޮރެއާގެ އެހީއަށް ރާއްޖެ އިން އެދިއްޖެ
އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލް ޖޭމްކުރަނީ!
ނިއުކްލިއާ ހަތިޔާރުން ރައްދު ދޭން ކިމް ފަހެއް ނުޖެހޭނެ
ރާމެން ނޫޑްލްސް މާ ކުޅިވުމުން ޑެންމާކުގައި މަނާކޮށްފި
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
ދިވެހި ސްކައުޓުން ތިބި ކޮރެއާގެ ކޭމްޕްސައިޓް ހުސްކުރަނީ
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަބަލައިފި
ދެކުނު ކޮރެއާ އާއި އެމެރިކާ ނިއުކްލިއާ އެއްބަސްވުމެއް