23 އެޕްރީލް 2020
ކޮވިޑް-19 އިން ރައްކާތެރިވެ، އެ ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމަށް ރާއްޖެ އިން ދެކުނު ކޮރެއާގެ ކިބައިން އެެދިއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވެ، އެ ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމަށް ރާއްޖެ އިން ދެކުނު ކޮރެއާގެ ކިބައިން އެެދިއްޖެ އެވެ.
މާލެ އިން އެކަނިވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާތަނަށް ވަނީ 70 އަށް އަރައިފަ އެވެ. މާލެ އަށް އެ ބަލި ފެތުރި އިތުރު ނުރައްކަލެއްގެ ތެރޭގައި ރާއްޖެ އޮތްއިރު، ބަލި ފެތުރުނަ ނުދިނުމަށްޓަކައި މި މަހުގެ 15 ން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ. ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 94 އަށް އަރައިފަ އެވެ.
ފޮރިން މިިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު ކަން ކިއޮންވާ އަށް ގުޅުއްވައި، އިއްޔެ ކުރެއްވި މަޝްވަރާތަކުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އިގްތިސާދީ ގޮތުން ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައުލޫމާތު ދެއްވި ކަމަށެވެ. އަދި ސިއްހީ ދާއިރާއިން މިހާތަނަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ދެއްވައި، މިހާރުން މިހާރަށް ބޭނުންވާ ބައެއް އެހީތަކަށް ދެކުނު ކޮރެއާގެ ކިބައިން ޝާހިދު އެދިވަޑައިގަތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރާއްޖެ އަށް ދެކުނު ކޮރެއާ އިން މިހާތަނަށް ފޯރުކޮށްދިން އެހީތަކަށް ވެސް ޝާހިދު ޝުކުރު އަދާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އާއި ޗައިނާގެ އިތުރުން ބަންގްލަދޭޝް އިން ރާއްޖެ އަށް ވަނީ އެހީ ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ބޭހާއި މެޑިކަލް ސާމާނުގެ އިތުރުން ކާބޯތަކެތި ވެސް ހިމެނެ އެވެ. އަދި ބޭރުގެ ބައެއް މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖެ އަށް ހިލޭ އެހީ އާއި ލޯނު އެހީ ވެސް ދޭން ނިންމައިފަ އެވެ.
ރާއްޖެއަށް އެމެރިކާއިން 60 ވެންޓިލޭޓަރު ހަދިޔާކޮށްފި
ކޮވިޑަށް ޓެސްޓުކުރާ މެޝިނަކާއި ކިޓްތައް ޔޫއޭއިން ދީފި
10 ވެންޓިލޭޓަރާ އެކު ޗައިނާގެ އެހީ ރާއްޖެ ގެނެސްފި
ތުރުކީގެ އެހީއަށް ވެސް ރާއްޖެ އިން އެދިއްޖެ
ބޭރުގައި ތިބި މީހުންނަށް 1،061 ޕެކޭޖް ފޯރުކޮށްދީފި
އިންޑިއާގައި ތާށިވެފައި ހުރި ބޭސްތައް ގެނެސްފި
ޗައިނާ އިން 30،000 ސާޖިކަލް މާސްކް ހަދިޔާކޮށްފި
ދެ ކޮރެއާގެ ތާރީހީ ސަމިޓަށް ރާއްޖޭން މަރުހަބާ ކިޔައިފި
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
ޝާހިދަށް ކާމިޔާބީއަކީ މުޅި ދުނިޔޭގެ އިތުބާރު