30 އެޕްރީލް 2018
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޕާކިން ޖާގަ ފުރިފައި އޮންނަނީ މުއްސަނދިން ދަތުރުކުރާ ޕްރައިވެޓް ޖެޓްތަކުންނެވެ. އެ ދުވަސްވަރު ރާއްޖޭގެ އަގު ބޮޑު ހުރިހާ ރިސޯޓުތަކެއް ވެސް އޮންނަނީ ފުރިފަ އެވެ. މިއިން އެނގެނީ އަދިވެސް މުއްސަނދިން އެންމެ ބޮޑަށް ޝައުގުވެރިވާ އެއް މަންޒިލަކީ ރާއްޖެކަމެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޕާކިން ޖާގަ ފުރިފައި އޮންނަނީ މުއްސަނދިން ދަތުރުކުރާ ޕްރައިވެޓް ޖެޓްތަކުންނެވެ. އެ ދުވަސްވަރު ރާއްޖޭގެ އަގު ބޮޑު ހުރިހާ ރިސޯޓުތަކެއް ވެސް އޮންނަނީ ފުރިފަ އެވެ. މިއިން އެނގެނީ އަދިވެސް މުއްސަނދިން އެންމެ ބޮޑަށް ޝައުގުވެރިވާ އެއް މަންޒިލަކީ ރާއްޖެކަމެވެ.
ދާދި ފަހުން ހޮޓެލިއާ މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރިސޯޓުތަކުގެ އިސް ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ރާއްޖެއަކީ އަދިވެސް މުއްސަނދިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލްކަން ފާހަގަކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ޖޭއޭ މަނަފަރުގެ ޖެނެރަލް މެނޭޖަރު ވްލަޑް ރެޔެސް ވިދާޅުވި ގޮތުގައި މެދު އަދި ދަށް ފަންތީގެ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވާ އިރު އަނެއްކޮޅުން ރާއްޖެއަކީ އަދިވެސް މަތީ ފަންތީގެ ވަރުގަދަ މަންޒިލެކެވެ.
އާ އަހަރާ ދިމާކޮށް ރާއްޖެ އައި މުއްސަނދިންގެ ޖެޓްތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި. މުއްސަނދިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު އެއް މަންޒިލަކީ ރާއްޖެ. ފޮޓޯ: އެމްއޭސީއެލް
"ވަރަށް ގިނަ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަޅުގަނޑުމެން ކައިރީގައި ބުނޭ އެ މީހުންގެ ކްލަޔަންޓުން އަދިވެސް ދެކެނީ ރާއްޖެއަކީ ކޮންމެހެން އަންނަން ޖެހޭ ތަނެއް ކަމަށް. އަދި އެ މީހުން ޗުއްޓީއަށް ރާއްޖެ އާދެވުމުން އިހުސާސް ވަނީ ސުވަރުގޭގައި ފައި ޖައްސާލެވޭހެންނޭ. އެއީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުލިބޭ ކަހަލަ އިހުސާސްތަކެކޭ،" އޭނާ ވިދާޅުވި އެވެ.
ކޮކޯ ކަލެކްޝަންގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އެންޑްރޫ އޭޝްމޯ ވިދާޅުވީ ޝެވަލް ބްލަންކް ރަންދެލި އާއި ވަން އެންޑް އޮންލީ ރީތިރަށާއި، ސޮނޭވާ އާއި ވެލާ ޕްރައިވެޓް އައިލެންޑުން އެ މީހުން އެނދު ވިއްކާ އަގުތައް އެއްވަރެއްގައި ހިފަހައްޓަމުން އަންނަ ކަމަށެވެ. އަދި ލަގްޒަރީ ހުރިހާ މާކެޓްތައް ވެސް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޝްމޯ ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އަކީ ވެސް ވަރަށް ވަރުގަދަ ލަގްޒަރީ މާކެޓެކެވެ. އަދި މެދުއިރުމަތީގެ މާކެޓަކީ މިފަހަރުގެ ހޫނު މޫސުމުގައި މައިގަނޑު އަމާޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން މުއްސަނދިން އެންމެ ބޮޑަށް ޝައުގުވެރިވާ އެއް ރިސޯޓު ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑް. ފޮޓޯ: ވެލާ ޕްރައިވެޓް އައިލެންޑް
ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓުތަކެއް ހިންގާ މައިނާ ހޮޓެލްސް ގްރޫޕްގެ ސީއީއޯ ދިލިޕް ކުމާރު ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް އަހަރުތަކުގައި ވެސް ރާއްޖެއަކީ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދެމިއޮންނާނެ އެވެ. ނަމަވެސް މެދު ފަންތީގެ ބައި އިތުރުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި މަތީ ފެންވަރުގެ ރިސޯޓުތަކެއް ހިންގާ ސޮނޭވާ ރިސޯޓްސްގެ ވެރިޔާ ސޯނޫ ސިވްދަސާނީ ވެސް ވަނީ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮންނާނެކަން ފާހަގަކުރައްވައިފަ އެވެ.
ރާއްޖެއަކީ މުއްސަނދިންގެ ސުވަރުގެއެއްގެ ގޮތުގައި ފާހަގަކުރާއިރު މުއްސަނދިންނަށް އަމާޒުކޮށްގެން އެތައް ކަމެއް އަންނަނީ ތައާރަފްކުރަމުންނެވެ. މީގެ ކުރިން ކަނޑު އަޑީގެ ރެސްޓޯރަންޓާއި ސްޕާ އަދި ކްލަބް ސްޓައިލްގެ ތަންތަން ހިންގާއިރު، ކޮންރެޑް މޯލްޑިވްސްގައި އަލަށް ހަދާ ކަނޑު އަޑީގެ ގެ އަންނަ ނޮވެމްބަރު މަހު ހުޅުވޭވަރުވާނެ އެވެ. މިއީ ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ ގެ އެވެ. އެތަން ވިއްކާ އަގު ރެއަކަށް 50،000 ޑޮލަރަށް އަރާނެ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
ހޮޓެލިއާ މޯލްޑިވްސް އިން ދާދިފަހުން ބޭއްވި ރިސޯޓުތަކުގެ އިސް ވެރިންގެ ބައްދަލުވުމުގައި ޔުނިވާސަލް އެންޓްޕްރައިސަސްގެ ޗެއާމަން އެމްޔޫ މަނިކު (ވ) އަދި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު ހުސެއިން އަފީފާއި ހިލްޓަން ހޮޓެލްސްގެ ލަގްޒަރީ އޭޝިއާ ޕެސިފިކް ރީޖަންގެ ވައިސް ޕްރެޒިޑެންޓް ޑެނިއަލް ވެލްކް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް
މުއްސަނދިންނަށް އަމާޒުކޮށްގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިންތަކުން އަންނަނީ އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކުރަމުންނެވެ. އެގޮތުން އެންމެ މަތީ ފެންވަރުގެ ޕްރައިވެޓް އައިލެންޑްތަކާއި ޔޮޓް އަދި ޕްރައިވެޓް ޖެޓް ޖެއްސޭ ގޮތަށް ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ އެބަ ކުރެ އެވެ.
އެކަމަކު ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުގެ މިސްރާބު ހުރީ މުއްސަނދިންނެކޭ އެއްގޮތަށް ރާއްޖެ އަންނަ ކޮންމެ ފެންވަރެއްގެ ޓޫރިސްޓަކަށް ވެސް ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދިނުމަށެވެ. ހޭދަކުރާ ފައިސާއާ އެއް ފެންވަރެއްގެ ހިދުމަތްތައް ރާއްޖެއިން ލިބޭނެކަން ކަށަވަރުކޮށްދޭށެވެ.
"ޓޫރިޒަމްގައި ދިވެހިން އުފެއްދީ އަމިއްލަ ކޮންސެޕްޓެއް"
މަތީ ފަންތީގެ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލަނީ
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"
ޗާލު މަންޒަރުތަކެއް: މީހުން ބުނަނީ "އަދި އަންނާނަން"
ފޯބްސް ޓްރެވަލް ލިސްޓުގެ ކުރީގައި ރާއްޖޭގެ ހަ ރިސޯޓެއް
ވެލާ ރިސޯޓްގެ ވެރިޔާ: ރާއްޖެއަށް ފައިދާތަކެއް ނެގިދާނެ
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު
ހަނީމޫނަށް ރާއްޖެ ވަރުގެ ތަނެއް ނެތް!
ރާއްޖޭގެ ޓޫރިޒަމްގެ ހަގީގީ މަންޒަރު އުފާވެރިއެއް ނޫން!
ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރަނީ