25 އެޕްރީލް 2018
އިނގިރޭސިވިލާތާއި ޖަރުމަނުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޕީއާރު ކުންފުންޏެއް ހޯދަން އިއުލާނުކޮށްފި އެވެ.
އިނގިރޭސިވިލާތާއި ޖަރުމަނުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޕީއާރު ކުންފުންޏެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެ ކުންފުނިން ވަކިވަކިން ނެރުނު ދެ އިއުލާނެއްގައި ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަށް އިނގިރޭސިވިލާތާއި ޖަރުމަނުގައި ރާއްޖެ ޕްރޮމޯޓްކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އިނގިރޭސިވިލާތާއި ޖަރުމަނުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރިއިރު މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން 14،692 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 43 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ޖަރުމަނުން 32،806 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 22 ޕަސެންޓްގެ ކުރިއެރުމެކެވެ.
ޖަރުމަނު ފިޔަވައި ޔޫރަޕުން އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުން މިދިޔަ މަހު 11،829 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު 17.5 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިއަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު އެ ގައުމުން 32،633 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.2 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އިނގިރޭސި ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަނީ
ޖަރުމަނާއި އޮސްޓްރިއާގައި ރޯޑްޝޯއެއް ފަށައިފި
އައިޓީބީ ފެއާގައި ރާއްޖޭގެ 300 އަށްވުރެ ގިނަ މީހުން
އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް އިނގިރޭސިއެއް
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
އެމްއެމްޕީއާރުސީ އާއި މަޓީގެ ގުޅުން ހަރުދަނާ ކުރަނީ
އެމްއެމްޕީއާރުސީގެ ޑީއެމްޑީ ބައްސާމް ވަކިކޮށްފި