20 އެޕްރީލް 2018
ގައުމީ ގުރުއާން މުބާރާތް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ކުރުމަކީ ހަމަޖެހޭ އުސޫލެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ގުރުއާން މުބާރާތް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ކުރުމަކީ ހަމަޖެހޭ އުސޫލެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ގައުމީ ގުރުއާން މުބާރާތް އަންނަ އޮގަސްޓް މަހު ބާއްވަން ހަމަޖައްސާފައިވާއިރު، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ވަނީ އެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށް ހަމަޖައްސައިފަ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު ވެސް ފުރުއްވާ، ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ ގުރުއާން މުބާރާތުގެ ބައިވެރިންގެ އަދަދު މަދުކުރަން ބޭނުން ނަމަ، ވަކި އުމުރެއް ކަނޑައެޅުމެއް ނެތި، ވަކި ފެންވަރަކަށް މޮޅަށް ކިޔަވާ ކުދިންނަށް ބައިވެރިވެވޭ ގޮތް ހެދިދާނެ ކަމަށެވެ. ނަމަވެސް އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އެ މުބާރާތުގައި ބައިވެރި ނުވެވޭ ގޮތަށް ނިންމުމުން، ވަރަށް ގިނަ ހުނަރުވެރި ކުދިންތަކެއް މަހުރޫމް ވާނެ ކަމަށް ވިދާޅުވި އެވެ.
Qaumee Quran mubaaraathuga baiverivaa kudhinge adhadhu madhu kuran beynun nama, vaki umureh kandaelhumeh nethi, vakifenvarakah molhah kiyavaa kudhinah baiveri vevey gothah usooleh hedhidhaane eve.18 aharu kanda elhumun varah gina hunaruveri kudhin mubaaraathuh mahroom vaane eve
— محمد شهيم علي سعيد (@Mohamedshaheem1) April 18, 2018
ޝަހީމް ކުރެއްވި ޓްވީޓް
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެންމެ ރީތިކޮށް ގުރުއާން ކިޔަވަނީ ވެސް އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. އެހެންވެ އެ ކުދިންނަށް ފުރުސަތު ދިނުމަށް، މިހާރު ކަނޑައަޅާފައިވާ އުސޫލު ބަދަލުކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ގައުމީ ގުރުއާން މުބާރާތުގެ އުސޫލުތަކަށް ފަހަކަށް އައިސް ގެންނަމުންދާ ބަދަލުތަކާ މެދު، އެ މުބާރާތުގައި ބައިވެރިވާ ބައެއް މީހުން ހިތްހަމައެއް ނުޖެހެ އެވެ. އެގޮތުން 2016 ވަނަ އަހަރު އެ މުބާރާތަށް ގެނައި ބަދަލުތަކުގެ ސަބަބުން ބައެެއް ކައުންސިލްތަކުން އެ އަހަރުގެ މުބާރާތުގައި ބައިވެރި ނުވާން ވެސް ނިންމި އެވެ.
ކައުންސިލްތަކާއި ކްލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަންނަ ބުރާސްފަތި ދުވަހު އެ މުބާރާތުގެ ފޯމު ދޫކުރާއިރު އަންނަ މަސް ނިމުމުގެ ކުުރިން ގައުމީ ގުރުއާން މުބާރާތުގެ ފޯމު ހުށަހަޅަން ޖެހޭނެ އެވެ.
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ
ގުރުއާން މުބާރާތްތައް ނުބާއްވާތީ ޝަހީމްގެ ކަންބޮޑުވުން
ގުރުއާން މުބާރާތުން ވަނަހޯދި އަޝްރަގަށް ސްކޮލަޝިޕެއް
ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބާއްވަނީ
ގުރުއާން މުބާރާތުން އެއްވަނަ އިއްފަވި އަށް
ގައުމީ ގުރުއާން މުބާރާތް ފަަށައިފި
ގުރުއާން ހިތުދަސްކުރި 32 ހާފިޒަކަށް ތާޖު
ގުރުއާންގެ އިލްމު ކުރިއަރުވަން ރައީސްގެ ނިންމެވުންތަކެއް
ގުރުއާން ހިތުދަސްކުރަން ބާރުއަޅަން އެލަވަންސެއް ދެނީ
ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި