ކަރާޗީ (އެޕްރީލް 17) - އާއިލީ މެންބަރުންތަކެއް މަރާލުމުގެ ކުށުގައި 1998 ވަނަ އަހަރު މަރުގެ ހުކުމް އިއްވާފައިވާ ޕާކިސްތާނުގެ އަންހެނަކު 20 އަހަރު ފަހުން މިނިވަންވެއްޖެ އެވެ.
17 އެޕްރީލް 2018
ކަރާޗީ (އެޕްރީލް 17) - އާއިލީ މެންބަރުންތަކެއް މަރާލުމުގެ ކުށުގައި 1998 ވަނަ އަހަރު މަރުގެ ހުކުމް އިއްވާފައިވާ ޕާކިސްތާނުގެ އަންހެނަކު 20 އަހަރު ފަހުން މިނިވަންވެއްޖެ އެވެ.
އަސްވާ ނަވާބުގެ މަންމަ އާއި ބައްޕަ އަދި ބޭބެއަކު 1998 ވަނަ އަހަރު މަރާލި އިރު އޭނާގެ އުމުރަކީ 16 އަހަރެވެ. ނަވާބު އާއި އޭނާގެ އޭރުގެ ލޯބިވެރިޔާ ފަރްހާން އަހުމަދު އަދި އިތުރު ދެ މީހަކު ވަނީ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އާއިލާގެ މެންބަރުންތަކެއް މަރާލި ކަމަށް އޭރު ބެލެވިފައި ވަނީ ނަވާބުގެ ކައިވެންޏަށް އާއިލާ އިން ދެކޮޅު ހަދަމުން ދިއުމުންނެވެ.
އެ މައްސަލައިގެ އިސްތިއުނާފް ދިގު ދެމިގެން ދިޔަ މިންވަރުން ސުޕްރީމް ކޯޓާ ހަމައަށް އެ މައްސަލަ ގެންދެވޭވަރުވީ 2015 ވަނަ އަހަރު އެވެ. ސުޕްރީމް ކޯޓުން ވޭތުވެދިޔަ ތިން އަހަރު އެ މައްސަލަ ބެލުމަށް ފަހު ނިންމާފައި ވަނީ ނަވާބު އާއި ދެން ހައްޔަރުކުރި މީހުން ދޫކޮށްލުމަށެވެ.
ނަވާބުގެ ވަކީލަކަށް 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި ޖާވަދު ޗަތާރީ ބުނީ ނަވާބުގެ މައްޗަށް މަރުގެ ހުކުމް އިއްވޭވަރުގެ ހެއްކެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
މުޝައްރަފުގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި
މުޝައްރަފުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި
އިންޑިއާގެ ޖާސޫސް ޕާކިސްތާނުން މެރުން ކޯޓުން ހުއްޓުވައިފި
އިންޑިއާގެ "ޖާސޫސަކަށް" ޕާކިސްތާނުގައި މަރުގެ ހުކުމް
ޕާކިސްތާނާއި ސައޫދީން ދިފާއީ އެއްބަސްވުމެއް
ޕާކިސްތާނުގައި ފެން ބޮޑުވެ މަރުވި އަދަދު 400 އަށް
ޕާކިސްތާނުގައި ފެންބޮޑުވެ 200 މީހުން ގެއްލިފައި
ވިއްސާރާގައި 48 ގަޑިއިރުތެރޭ ޕާކިސްތާނުން 320 މަރު
މަރުގެ އަދަބު ނުދޭން ބައެއް ޖަމިއްޔާތަކުން ގޮވާލައިފި
އިމްރާންގެ ޕާޓީގެ 108 މެންބަރަކު ޖަލަށް ލައިފި