Roadha Mihaaru
ރިލްވާން މައްސަލާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް

ރިލްވާންގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި

15 އެޕްރީލް 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ދައުވާކުރާ ދެ މީހުންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކެންސަަލް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން ދައުވާކުރާ ދެ މީހުންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކެންސަަލް ކޮށްފި އެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އެ މައްސަލައިގެ މިއަދުގެ އަޑުއެހުމަކީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަށް ތާވަލް ކުރި އަޑުއެހުމެކެވެ.

އެނގިފައިވާ ގޮތުގައި އެ އަޑުއެހުން ކެންސަލްކުރީ ހެކިން ހާޒިރު ނުކުރެވިގެންނެވެ. މީގެ ކުރިން ވެސް ހެކިން ހާޒިރު ނުކުރެވިގެން ބައެއް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނެވެ.

އާލިފާއި ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ މައްސަލާގައި ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު ސުއައިދު ރާއްޖޭގައި ނެެތުމުން އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ސުއައިދު ރާއްޖެ އިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން އެންގިޔަސް ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެ އެވެ.