10 އެޕްރީލް 2018
އިންޑިޔާގެ ޓާޓާ ކުންފުނިން މާލޭގައި އެޅި ފްލެޓްތަކުގެ ތެރެއިން ވިއްކަން އިއުލާންކުރި 161 ފްލެޓްގެ ތެރެއިން މިހާތަނަށް ނުވިކި ހުރި 47 ފްލެޓް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަލުން އިއުލާން ކޮށްފި އެވެ.
އިންޑިޔާގެ ޓާޓާ ކުންފުނިން މާލޭގައި އެޅި ފްލެޓްތަކުގެ ތެރެއިން ވިއްކަން އިއުލާންކުރި 161 ފްލެޓްގެ ތެރެއިން މިހާތަނަށް ނުވިކި ހުރި 47 ފްލެޓް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަލުން އިއުލާން ކޮށްފި އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަލުން ވިއްކަން ހުޅުވާލާފައި ވަނީ ކުރިން އަރަބިއްޔާ ސްކޫލް ހިންގި ބިމުގައި ހުރި 10 ފްލެޓަކާއި ގާކޮށިން 37 ފްލެޓް ކަމަށެވެ. އަދި އެ އިން ކޮންމެ ފްލެޓެއް ވިއްކަން ހަމަޖެހިފައި ވަނީ ދެ މިލިއަން ރުފިޔާ އަށް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.
އެ ކުންފުނިން ނެރުނު އިއުލާނުގައިވާ ގޮތުން ފްލެޓް ވިއްކަނީ ދެ މިލިއަން ރުފިޔާ އެއްފަހަރާ ދެއްކޭނެ އަދި އުމުރުން 21 އަހަރު ވެފައިވާ މީހުންނަށެވެ. އަދި މި ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. އަދި މީގެ ކުރިން ޓާޓާ ފްލެޓެއް ގަނެފައިވާ މީހަކަށް ވެގެންނުވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ވިއްކަން ހުޅުވާލި ފްލެޓްތަކަށް ކުރިމަތިލުމަށް ހަދާފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަންނަން ހުށަހެޅުމަށް ދެނީ ކޮންމެ މީހަކަށް ވެސް 30 މިނެޓެވެ. އަދި ފައިސާ ހަމަޖެހިފައިވާ ކަމުގެ ލިޔުން ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދޭން ވަނީ ހަމަޖައްސައިފަ އެވެ.
އަރަބިއްޔާ ހުރި ތަނުގައި މާލޭ ގްރޭންޑްގެ ނަމުގައި ހަދާފައިވާ ފްލެޓްތަކާއި ގާކޮށީގައި މާލޭ ސްކޮއާގެ ނަމުގައި ހަދާފައިވާ ފްލެޓްތަކުން އޮންލައިން މެދުވެރިކޮށް ފްލެޓް ވިއްކަން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު އެވެ.
އެ ދެ ތަނުގައި ހަދާފައިވާ 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ވިއްކާލަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވައިލުމުން އެތައް ބަޔަކު މި ފްލެޓްތައް ގަތުމަށް ކިޔޫ ޖެހުނެވެ. ނަމަވެސް ރައްޔިތުން ކިޔޫ ޖައްސައިގެން ފްލެޓް ވިއްކުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެ، އޮންލައިންކޮށް ވިއްކަން ހަމަޖެއްސީ އެވެ.
ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 161 ފްލެޓް ވިއްކަން ހުޅުވާލީ ފްލެޓްތައް ލިބުނު މީހުން ދައްކަންޖެހޭ ފައިސާ ސަރުކާރަށް ނުދެއްކުމުންނެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވައިލި އިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމުންނެވެ.
ޓާޓާގެ 47 ފްލެޓް ވިއްކައި ނިމިއްޖެ
ޓާޓާ ފްލެޓަށް އެދޭއިރު ލޯނުގެ ޝަރުތު ހަމަވާން ޖެހިއްޖެ
މަހެއްވިއިރު ވެސް ފްލެޓް ވިއްކާނެ އިންތިޒާމް ހަމަނުޖެހޭ
ޓާޓާ ފްލެޓްތައް ވިއްކަން އިންތިޒާމްތަކެއް ހަމަޖައްސަނީ
ފްލެޓް ގަތުމަށް ދެ ދުވަސް ކުރިން ކިޔޫ ހަދައިފި
ޓާޓާ ފްލެޓަށް ހޮވުނު 160 މީހަކު އާ ލޯނު ސްކީމަށް
ޓާޓާ ފްލެޓްތަކަށް ފައިސާ ދައްކަން މުހުލަތެއް ދީފި
ޓާޓާ ފްލެޓް ލިބުނު މީހުންނަށް އިސްކަންދޭ ލޯން ސްކީމެއް
ބިން ދޫކޮށްލާ މީހުން ޖޫންގެ ކުރިން ފައިސާ ދައްކަންޖެހޭ
ފްލެޓަށް ފައިސާ ނުދެއްކި މީހުންނާ މެދު ގޮތެއް ނުނިމޭ