06 އެޕްރީލް 2018
ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އާއިލީ ބައްދަލުވުން ވަކި ސަބަބެއް އެންގުމެއް ނެތި ކަރެކްޝަނަލް ސާވިސް އިން ކެންސަލްކޮށްފި އެވެ.
ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އާއިލީ ބައްދަލުވުން ވަކި ސަބަބެއް އެންގުމެއް ނެތި ކަރެކްޝަނަލް ސާވިސް އިން ކެންސަލްކޮށްފި އެވެ.
އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނީ އިމްރާންގެ އާއިލީ ބައްދަލުވުން ކެންސަލްކުރިއިރު ދެން ބައްދަލުވުމެއް ހަމަޖެހޭނެ ދުވަހެއް ވެސް އަންގާފައިނުވާ ކަމަށެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންނަށް އާއިލީ ބައްދަލުވުން މެދުކަނޑާލާފައިވާ މައްސަލާގައި އެ ބޭފުޅުންގެ އަނބިން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މިދިޔަ މަހު ޝަކުވާކޮށް ވެސް ކުރައްވައިފަ އެވެ.
އާއިލީ ބައްދަލުވުންތަކަށް ފުރުސަތު ނުދޭ ސަބަބު އޮޅުންފިލުއްވުމަށް ކަރެކްޝަންސަށް ވަޑައިގަތީ، އިމްރާންގެ އަނބިކަނބަލުންގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިންގެ އަނބިކަނބަލުންނެވެ. ނަމަވެސް އޭގެ ތެރެއިން އަދީބަށް މިދިޔަ ހަފުތާގައި ވަނީ އާއިލީ ބައްދަލުވުން ހަމަޖައްސާދީފައިވެ އެވެ.
އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި މައްސަލައިގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމީ އިމްރާނާ އެއްކޮޅަށެވެ.
އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
އިމްރާންގެ ފުރަތަމަ ބައްދަލުވުން އަބްދުﷲ އާއިލާއާ އެކު
އިމްރާން ގޭބަންދަށް ބަދަލުކޮށްފި
އިމްރާންގެ ސިއްހީ ހާލަތު ދަނީ ގޯސްވަމުން: އަދާލަތު
އިމްރާން އަލުން ޖަލަށް ބަދަލުކޮށްފި
އިމްރާން އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި
ނާޒިމާއި އިމްރާން ރޯދަމަހަށް ގެއަށް ބަދަލުކޮށްފި
އިމްރާން: މަކުނުދޫ ދާއިރާއާ އޮތީ ހާއްސަ ގުޅުމެއް!
ކުރީގެ މިނިސްޓަރު އިމްރާން މަޖިލީހަށް ވާދަކުރައްވަނީ
އެކުގައި ވާދަކުރަން އެމްޑީޕީ-އަދާލަތު މަޝްވަރާއަށް
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް