07 އެޕްރީލް 2018
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި 2016 ގެ ރިޔާސީ އިންތިހާބުގެ ތެރެއަަށް ރަޝިއާ އިން "އަތް ބޭނި" ކަމަށް ބުނާ ވާހަކަތަކުގެ މައްޗަށް ލިޔެފައިވާ ފޮތް "ރަޝިއަން ރޫލެޓް: ދި އިންސައިޑް ސްޓޯރީ އޮފް ޕުޓިންސް ވޯ އޮން އެމެރިކާ އެންޑް ދި އިލެކްޝަން އޮފް ޑޮނަލްޑް ޓްރަމްޕް" އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.

މައިކަލް އިޒިކޮފާއި ޑޭވިޑް ކޯން މިދިޔަ މާޗް މަހު ނެރުނު ފޮތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމިކަން ސީބީއެސް އިން އިއުލާންކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ. މި ފިލްމްގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ތެރޭގައި ފޮތުގެ ދެ ލިޔުންތެރިންގެ އިތުރަށް، "އެމެރިކަން އެސަސިސް" ގެ އެކްޒެކެޓިވް ޕްރޮޑިއުސަރު ނިކް ވެލްޝާ ވެސް ހިމެނެ އެވެ.
ސީބީއެސް އަށް "ރަޝިއަން ރޫލެޓް" ޑައިރެކްޓްކޮށް ދޭނީ 2016 ގައި "ކާސް އޮފް ދަ ފެންޓަމް ޝެޑޯ" ގެނެސް ދިން މާކް ރޮސް އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރު ރިލިޒް ކުރާ "އެންތޫޒިއަޒަމް އެބައުންޑްސް" އެވެ.
"ރަޝިއަން ރޫލެޓް" އަށް ފިލްމެއް ހަދަން ނިންމި ނަމަވެސް، ޕްރޮޖެކްޓާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ކުރެވެ އެވެ. އެކަމަކު ބެލެވޭ ގޮތުން މިއީ ޓީވީ ފިލްމެކެވެ.
"ރަޝިއަން ރޫލެޓް" އަށް ފިލްމެއް ހަދަން ނިންމި އިރު، އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ޓްރަމްޕްގެ ކޮޅަށް އަނބުރާލަން ލަޑިމިއާ ޕުޓިންގެ ސަރުކާރުން ވަނީ ޓްރަމްޕްގެ ކެމްޕޭން އޮފިޝަލުންނާ ގުޅިގެން ސިއްރު ކުޅިގަނޑެއް ކުޅެފަ އެވެ. އަދި އެ މައްސަލަތައް ބެލުމަށް ގިނަ ބަޔަކު އަންނަނީ ޕްރެޝަރު ވެސް ކުރަމުންނެވެ.
ޔޫކްރޭންގެ މައްސަލައިގައި ޓްރަމްޕުގެ ތައުރީފު ޕުޓިންއަށް
މިއީ ރަޝިޔާއާ އެކު މަސައްކަތް ކުރަންވީ ވަގުތު: ޓްރަމްޕް
ނޯތު ކޮރެއާގެ ލީޑަރަށް ވުރެ ޓްރަމްޕް މާ ނުރައްކާ
ވޯޓަށް ރަޝިޔާ ނުފޫޒު ފޯރުވިތޯ އެބަ ބަލަން: އެފްބީއައި
ހައްޔަރުކުރިޔަސް ހެޔޮ ކަމަށް ޕުޓިން މޮންގޯލިއާއަށް
ޕުޓިންއަށް މޯދީ ދެންނެވީ ހަނގުރާމައަކީ ހައްލެއް ނޫނޭ
ރަޝިޔާ ސިފައިންގެއަށް ވެއްދި އިންޑިއާ މީހުން ދޫކޮށްލަނީ
ރަޝިޔާގައި ދިން ހަމަލާގައި މަރުވި އަދަދު 133 އަށް
ޕުޓިން ފަސް ވަނަ ދައުރަކަށް ރައީސްކަމަށް
ޓްރަމްޕް ނޭޓޯގެ މައްސަލަގަނޑު ހޫނުކޮށްލައިފި