06 އެޕްރީލް 2018
ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް ދޭ ނަސޭތަހަކީ ގިނައިން ތަރުކާރީ ކެއުމެވެ. ދިރާސާއެއްގައި މިހާރު ބުނަނީ ބްރޮކޮލީ ފަދަ ތަރުކާރީގެ ބާވަތްތަކަކީ ދުވަސްވީ އަންހެނުންނަށް ވަކިން ހާއްސަކޮށް ފައިދާ ބޮޑު އެއްޗެއް ކަމަށެވެ. އެގޮތުން ބްރޮކޮލީ އާއި ކޮލިފްލާވާ އަދި ކެބެޖް ފަދަ ބާވަތްތައް އާންމުކޮށް ކެއުމުގައި ބޭނުން ކުރާ އަންހެނުންގެ ނާރުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމަށް ދިރާސާގައި ބުންޏެވެ.

ވެސްޓަން އޮސްޓްރޭލިއާ ޔުނިވަސިޓީން ހެދި ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު ކެއުމުގައި މަދުވެގެން ތިން ފަހަރު ބްރޮކޮލީ ކެއުމަކީ ދުވަސްވީ އަންހެނުންގެ ކަނދުރާގެ މައްސަލަތަކަށް އެހީއެއް ކަމަށެވެ. ހާއްސަކޮށް، ކަނދުރާގެ ނާރުތަކަށް ދިމާވާ މައްސަލަތަކުން ދުރުކޮށްދޭ ކަމަށް ދިރާސާގައި ބުންޏެވެ.
"ނާރުތަކުގައި ލޭގަނޑުވެ، ނާރުތައް ބެދެން ދިމާވާ މައްސަލަ އަށް މީގެ ސަބަބުން އެބަ ހައްލު ގެނެސްދޭ،" ދިރާސާ ޓީމުގައި ހިމެނޭ ލޯރެން ބްލެކެންހޯސްޓް ވިދާޅުވި އެވެ.
ދުވަސްވީ އަންހެނަކު ސެލެޑެއް ކަނީ: ތާޒާ ކަރުކާރީ ކެއުން އިތުރު ކުރަން ޖެހޭ.
އެމެރިކަން ހާޓް އެސޯސިއޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ފާހަގަކުރި ގޮތުގައި ބްރޮކޮލީއަކީ ހަމައެކަނި ނާރުތަކުގެ މަސައްކަތްތައް ލުއިކޮށްދޭ އެއްޗެއްް ނޫނެވެ. އޭގެ ސަބަބުން ހިތުގެ މައްސަލަތަކުން ވެސް ދުރުކޮށްދެ އެވެ.
"އާދަކޮށް ބްރޮކޮލީ ކާ ނަމަ ސްޓްރޯކް ޖެހުމާއި ހާޓްއެޓޭކުން މީހާ ދުރުކޮށް ދޭން ވެސް ބާރު އަޅާ،" ލޯރެން ވިދާޅުވި އެވެ.
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ކަޅު ސަޔަށް ވުރެ ގްރީން ޓީ މާ ރަނގަޅު
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ
ޑިޕްރެޝަނުން ހިތުގެ ބަލިތަކާއި އާތުރައިޓްސް
މަސް ކެއުމުން ހާޓް އެޓޭކްގެ ނުރައްކާ ކުޑަވޭތަ؟
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ