01 ޖުލައި 2016
އާންމުކޮށް މަސް ކެއުމާއި އޮމެގާ-3 ފެޓީ އެސިޑްސް ހުންނަ ކާނާ ބޭނުންކުރުމުން ނުރައްކާތެރި ހިތުގެ ބަލީގެ ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އާންމުކޮށް މަސް ކެއުމާއި އޮމެގާ-3 ފެޓީ އެސިޑްސް ހުންނަ ކާނާ ބޭނުންކުރުމުން ނުރައްކާތެރި ހިތުގެ ބަލީގެ ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
"މަހާއި އޮމެގާ-3 އަކީ ރަނގަޅު ޑައެޓެއްގައި ހިމަނަންޖެހޭ ބައިތައް ކަން މި ދިރާސާ އިން ވަނީ ހާމަވެފައި،" ބޮސްޓަންގެ ޓަފްޓްސް ޔުނިވަސިޓީގެ ފްރައިޑްމަން ސްކޫލް އޮފް ނިއުޓްރިޝަން ސައިންސް އެންޑް ޕޮލިސީގެ ޑީން ޑާރިއުޝް މުޒައްފަރީން ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ މަހުގެ ތެލުގެ ސަޕްލިމެންޓުގެ ސަބަބުން ފައިދާކުރާ ކަމަށް ބައެއް ޓެސްޓްތަކުން ދައްކާފައި ވިޔަސް ބައެއް ޓެސްޓްތަކުން، ފައިދާ ނުކުރާ ކަމަށް ވެސް ދައްކާފައިވާ ކަމަށެވެ. އެހެންވެ ހިތުގެ ބަލިތަކާ މިއާ ހުރި ގުޅުމާ މެދު އަދި ޝައްކުތަކެއް އެބަހުރި ކަމަށް މުޒައްފަރީން ވަނީ ވިދާޅުވެފަ އެވެ.
އޮމެގާ-3 ފެޓީ އެސިޑްސް ލިއްބައިދޭ މައިގަނޑު ކާނާއަކީ މަހެވެ. ސޭމަން އާއި ސާޑިންސް ފަދަ މަހަކީ އޮމެގާ-3 އާއި ނިއުޓްރިއެންޓްސްގެ މާއްދާތައް މަތީ މިންވަރަކަށް ހުންނަ މަހެވެ. އަދި ވޯލްނަޓާއި ފްލެކްސީޑް އޮއިލް އާއި ކެނޯލާ އޮއިލް އަދި އެހެން ބައެއް ބާވަތްތަކުގެ ނަޓްގައި ވެސް އޮމެގާ-3 ހުރެ އެވެ.
މި ދިރާސާކުރުމަށް 16 ގައުމެއްގައި 46000 މީހުން ބައިވެރިކޮށްފައިވާ ދިރާސާތަކަށް ބަލާފައިވެ އެވެ. މި މީހުންގެ ތެރެއިން 8000 މީހަކަށް ހާޓް އެޓޭކް ޖެހިފައިވެ އެވެ. އަދި އޭގެ ތެރެއިން 2781 މީހުން ވަނީ މަރުވެފަ އެވެ.
ދިރާސާގައި ބުނެފައި ވަނީ އޮމެގާ-3 އިން ހިތުގެ ބަލިތަކާ ދުރުކޮށްދޭކަން މީގެ ކުރީގެ ދިރާސާތަކަށް ވުރެ ބޮޑަށް މި ދިރާސާއިން ހާމަވެފައިވާ ކަމަށެވެ.
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ކަޅު ސަޔަށް ވުރެ ގްރީން ޓީ މާ ރަނގަޅު
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ
ޑިޕްރެޝަނުން ހިތުގެ ބަލިތަކާއި އާތުރައިޓްސް
ބްރޮކޮލީ: ދުވަސްވީ އަންހެނުންނަށް ފައިދާ ބޮޑު
ޒުވާނުންގެ ކުއްލި މަރުތަކާއެކު ޑޮކްޓަރުންގެ ކަންބޮޑުވުން
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ