05 އެޕްރީލް 2018
ނަން އޮޅުވާލައިގެން އައްޑޫގެ ކްލިނިކެއްގައި މަސައްކަތްކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ ގުރްރާޖް ކުމާރުގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 13 ދުވަސް ދީފި އެވެ.
ނަން އޮޅުވާލައިގެން އައްޑޫގެ ކްލިނިކެއްގައި މަސައްކަތްކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ ގުރްރާޖް ކުމާރުގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 13 ދުވަސް ދީފި އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގުރްރާޖަކީ މީހަކު މަރާލުމަށް ފަހު ފިލައިގެން އުޅޭ މީހެކެވެ. ފުލުހުން ގުރްރާޖް ހައްޔަރުކުރީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަކަށް ހާމައެއް ނުކުރެ އެވެ.
ފޭދޫ އެއިމްސް ކްލިނިކްގެ ލެބްގައި މަސައްކަތް ކުރަމުން ދިޔަ ގުރްރާޖް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އަންގާރަ ދުވަހު އެވެ.
ހައްޔަރުކުރި މީހާ ބާސްކަރު ސްރިވަސްތާގެ ނަމުގައި އެންމެ ފުރަތަމަ އައްޑު އަށް އައީ 2014 ގައި ހިތަދޫ އައިއެމްޑީސީ ހޮސްޕިޓަލްގައި މަސައްކަތް ކުރާށެވެ. ފޭދޫ އެއިމްސް ކްލިނިކަށް ގުރްރާޖް ބަދަލުވީ 2016 ގަ އެވެ.
Clinic eh gai massaiykaiy kuraa bidheysee aku hayyarukoffi
The most trusted news source in the Maldives
Mihaaru
ގުރްރާޖް ފޭދޫން ހައްޔަރު ކުރީ އަންގާރަ ދުވަހު.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގުރްރާޖަކީ 2006 ގައި އޭނާގެ ލޯބިވެރިޔާ މަރައިލި ކަމަށް އިއުތިރާފުވެފައިވާ މީހެކެވެ. އެކަމަކު މީހަކު މަރާލައިފައި ހުރި މީހަކު ދޫވެފައި ހުރީ ކީއްވެގެން ކަމާއި ނަން އޮޅުވާލައިގެން ރާއްޖެ އެތެރެވެފައި ވަނީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މިކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް ފަރާތަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
މަރާލުމުގެ ކުރިން ދޮރަށް ކަތިވަޅިއެއް ޖެހިކަން އެންގި!
ވިއްސާރައިގައި އައްޑޫން 23 ގެއަކަށް ގެއްލުންވެއްޖެ
އައްޑޫ މާރާމާރީތަކާ ގުޅިގެން ބަޔަކު ހައްޔަރެއް ނުކުރޭ
އަައްޑޫގައި އަނެއްކާވެސް މާރާމާރީތަކެއް
ޕޮލިސް އެކަޑަމީ އަންނަ މާޗު މަހު ނިމޭނެ: ސީޕީ
އައްޑޫގައި ވަގުންގެ "ރަސްކަން"
އައްޑޫގެ އިތުރު މަގުތަކެއްގައި ތާރު އަޅަން ފަށަނީ
ޕޮލިސް އެކަޑެމީގެ ބޯޑުގައި އައްޑޫ ކައުންސިލް ހިމެނޭނެ
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން