Roadha Mihaaru
އައްޑޫ މާރާމާރީތަކާ ގުޅިގެން ބަޔަކު ހައްޔަރެއް ނުކުރޭ

އައްޑޫގެ މާރާމާރީތަކާ ގުޅިގެން ބަޔަކު އަދި ހައްޔަރެއް ނުކުރޭ

15 މާޗް 2021

އައްޑޫގެ ދެ އަވަށެއްގައި ރޭ ހިންގި މާރާމާރީތަކާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ދެ އަވަށެއްގައި ރޭ ހިންގި މާރާމާރީތަކާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިތަދު އާއި މަރަދޫގައި ތޫނު އެއްޗެހިން ހަމަލާދީ ބަޔަކު ޒަހަމްކޮށްލި ހާދިސާތަކާ ގުޅިގެން މިހާތަނަށް އަދި އެއްވެސް ބަޔަކު ހައްޔަރު ނުކުރި ނަމަވެސް އެ މައްސަލަތައް އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ދެ މާރާމާރީއާ ގުޅިގެން އަނިޔާވެގެން އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ރޭ ގެންދިޔައީ ދެ މީހެކެވެ. އޭގެ ތެރެއިން އެކަކަށް ރޭ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، މިއަދު ހެނދުނު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ. އޭނާ އަކީ މަރަދޫ މާރާމާރީގައި ތޫނު އެއްޗަކުން ދިން ހަމަލާގައިޒަހަމްވި ދެ މީހުންގެ ތެރެއިން ބޮޑަށް އަނިޔާވި މީހާ އެވެ. ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ އޭނާގެ މެއަށެވެ

ހޮސްޕިޓަލުން ފަރުވާ ދިން އަނެއް މީހާ ވަނީ ދޫކޮށްލައިފަ އެވެ.

ރޭ މާރާމާރީތަކެއް ހިންގި އިރު މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ފޭދޫގައި އަދި ރޭގަނޑު ހިތަދޫގައި ވެސް މާރާމާރީތަކެއް ހިންގާފައިވެ އެވެ. އެގޮތުން ފޭދޫގައި ގްރޫޕްތަކެއްގެ މެދުގައި ހިންގި މާރާމާރީގައި ހަތް މީހަކަށް އަނިޔާވެގެން ފަރުވާ ވެސް ދިނެވެ. އަދި އެ މައްސަލާގައި ފަސް މީހަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި އެވެ.