އައްޑޫ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ދެ މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާދޭން ފަށައިފި އެވެ.
02 ޖޫން 2022
އައްޑޫ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ދެ މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި އުމުރުން 19 އަހަރުގެ ޒުވާނެއްގައި ގައިގައި ތަޅައި އަނިޔާކޮށްގެން، ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ އަނިޔާތަކުގައި ފިރިހެންމީހާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އިއްޔެ ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފަ އެވެ.
އޭނާ އަށް އައިޖީއެމްއެޗްގައި އަންނަނީ އިތުރު ފަރުވާ ދެމުންނެވެ.
އޭގެ ފަހުން ރޭ ދަންވަރު 3:10 ހާއިރު ފޭދޫގައި ހިންގި މާރާމާރީގައި އުމުރުން 21 އަހަރުގެ މީހަކަށް ވެސް އަނިޔާ ވެގެން އައްޑޫ ހޮސްޕިޓަލްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ވެސް ސީރިއަސްކަމަށް އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ހަމަލާތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލިބެލުމުގައި މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން އެބަހުރި ކަމަށެވެ. އެ މައްސަލަތައް އިތުރަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޭދޫގެ މާރާމާރީ: 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
ހިތަދޫގައި ޒަހަމްވި މީހާ ފަރުވާއަށް މާލެ ގެންނަނީ
އަައްޑޫގައި އަނެއްކާވެސް މާރާމާރީތަކެއް
ފޭދޫގެ ސްޕާއަކުން ފަސް މީހުން ހައްޔަރުކޮށްފި
ފަހުން ހިންގި މާރާމާރިއާ ގުޅިގެން 4 މީހަކު ހައްޔަރު
އައްޑޫ މާރާމާރިއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު
ޒަޔާންގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުވާކޮށްފި
ހަމަލާ ދިން ކުދިން ރެކްރޫޓު ކުރީ އޮންލައިން ގޭމަކުން!
ހިތަދޫގައި ހަމަލާ އަމާޒުވި އެކަކީ މާބަނޑުމީހެއް!
ހިތަދޫގައި އަނެއްކާވެސް ދެ މީހަކު ޒަހަމްކޮށްލައިފި