31 މާޗް 2018
ނިއު ދިއްލީ (މާޗް 31) - އިންޑިއާގެ ގައުމީ އިމްތިހާނުގެ ޓެސްޓް ޕޭޕަރު ލީކުކޮށްލުމާ ގުޅިގެން 1.6 މިލިއަން ކުދިން އަލުން ޓެސްޓް ހަދަން ޖެހިއްޖެ އެވެ.
ނިއު ދިއްލީ (މާޗް 31) - އިންޑިއާގެ ގައުމީ އިމްތިހާނުގެ ޓެސްޓް ޕޭޕަރު ލީކުކޮށްލުމާ ގުޅިގެން 1.6 މިލިއަން ކުދިން އަލުން ޓެސްޓް ހަދަން ޖެހިއްޖެ އެވެ.
ހިސާބާއި އިކޮނޮމިކްސް ޕޭޕަރު ލީކުކޮށްލި މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ. ފުލުހުން މިހާތަނަށް ވަނީ 32 މީހަކާ ސުވާލުކޮށްފަ އެވެ. ދެ މާއްދާގެ ޓެސްޓް ޕޭޕަރު ވަނީ ވަޓްސްއެޕުން އެތައް ބަޔަކަށް ފޮނުވައިފަ އެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ ލީކުކޮށްލި މާއްދާތަކުގެ ޓެސްޓް ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓަރު ޕްރަކާޝް ޖަވަދެކާރު ވަނީ އޮންލައިން ސެކިއުރިޓީ ވަރުގަދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެންމެ ފަހުން ޓެސްޓް ޕޭޕަރު ލީކުކުރި މީހުން ފުލުހުން ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާގައި ޓެސްޓްތަކުގައި މަކަރު ހެދުމަކީ އާއްމު ކަމެކެވެ. މީގެ ކުރިން ވެސް ވަނީ ޓެސްޓް ޕޭޕަރު ހޯދަން ރިޝްވަތު ދިން މައްސަލަތައް ފަޅާ އަރައިފަ އެވެ.
އިންޑިއާގެ ބިހާރު ސްޓޭޓުގައި 2015 ވަނަ އަހަރު ވަނީ ޓެސްޓް ހަދަމުން ދިޔަ ކުދިންނަށް ޖަވާބު ކަރުދާސް ދިނުމަށް ސްކޫލުގެ ފާރުމަތިން ބެލެނިވެރިންނާއި ދަރިވަރުންގެ ރަށްޓެހިން އަރަނިކޮށް ފޮޓޯ ނަގައިފަ އެވެ. އެ މައްސައިގައި ވަނީ 300 މީހުން ހައްޔަރުކޮށް 750 ދަރިވަރުން ސްކޫލުން ވަކިކޮށްފަ އެވެ. އޭގެ ފަހުން ބިހާރުގައި ވަނީ ޓެސްޓްގައި މަކަރު ހަދައިފި ނަމަ ޖޫރިމަނާ ކުރަން ނިންމައިފަ އެވެ. އަންދުރަ ޕްރަދޭޝްގައި ވަނީ ޓެސްޓްގައި މަކަރު ހެދުން ހުއްޓުވަން އިމްތިހާން ހޯލުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ.
ޓެސްޓެއްގައި ސުވާލުކުރީ ކަރީނާގެ ދަރިފުޅާ ބެހޭގޮތުން
އިމްތިހާނު ހަދަންޖެހުނީ ދޮރުފޮތިގަނޑެއް އަނދެގެން
އިންޑިއާގެ ޕްރިންސިޕަލެއް އެދުނީ ފާސްވާން ރިޝްވަތު ދޭން
އިމްތިހާނު ހަދަން ބޮލުގައި ފޮށިގަނޑެއް އަޅުވައިފި
ކޮޕީކުރީ ދޯ؟ ހާހެއްހާ ދަރިވަރުންގެ ޖަވާބު އެއްގޮތަކަށް
ކުރީގެ ވަޒީރަކު 82 އަހަރުގައި ޖަލުގައި އޭލެވެލް ހަދައިފި
ސްކޫލް އިމްތިހާނުގައި މަކަރުހެދި ދަރިވަރު ހައްޔަރުކޮށްފި
އިމްތިހާނުގެ ރަން މެޑަލް ލިބުނީ 47 އަހަރު ފަހުން
ސްކޫލް ޓެސްޓުން މަކަރު ހެދި ކުދިންގެ މައްސަލަ ބަލަނީ
އެންމެ މޮޅު ދަރިވަރުން ޓެސްޓުގައި މަކަރު ހަދައިފި