Roadha Mihaaru
ކޮޕީކުރީ ދޯ؟ ހާހެއްހާ ދަރިވަރުންގެ ޖަވާބު އެއްގޮތަކަށް

ކޮޕީ ކުރެވޭނީ މިވަރަށް؛ ހާހެއްހާ ދަރިވަރުންގެ ޖަވާބުތައް އެއްގޮތް

17 ޖުލައި 2019

އިމްތިހާނެއްގައި ކޮޕީކޮށްގެން ފަޅާ އެރުމަކީ އާ ކަމަކަށް ނުވާނެ އެވެ. އަދި އަމުދުން އިންޑިއާގައި އެއީ ހަމަ އާދައިގެ ކަމެކެވެ. ނަމަވެސް އިމްތިހާނެއް ހެދި ހާހެއްހާ ދަރިވަރުންގެ އިމްތިހާނު ކަރުދާހުގައި ދާދި އެއް އިބާރާތަކުން އަދި ގާތްގަނޑަކަށް ހަމަ އެއްކަހަލަ ގޯސްތަކެއް ހަދާފައި ހުރި ނަމަ އެއީ އާދަޔާހިލާފު ކަމަކަށް ވެދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިމްތިހާނެއްގައި ކޮޕީކޮށްގެން ފަޅާ އެރުމަކީ އާ ކަމަކަށް ނުވާނެ އެވެ. އަދި އަމުދުން އިންޑިއާގައި އެއީ ހަމަ އާދައިގެ ކަމެކެވެ. ނަމަވެސް އިމްތިހާނެއް ހެދި ހާހެއްހާ ދަރިވަރުންގެ އިމްތިހާނު ކަރުދާހުގައި ދާދި އެއް އިބާރާތަކުން އަދި ގާތްގަނޑަކަށް ހަމަ އެއްކަހަލަ ގޯސްތަކެއް ހަދާފައި ހުރި ނަމަ އެއީ އާދަޔާހިލާފު ކަމަކަށް ވެދާނެ އެވެ.

އިންޑިއާގެ ގުޖުރާތުގައި ތިން ސެންޓަރެއްގައި ހެދި އިމްތިހާނަކުން މިކަހަލަ މައްސަލަގަނޑެއް ވަނީ ފަޅާއަރައިފަ އެވެ. ގްރޭޑް 12 ގެ 959 ދަރިވަރަކު ހެދި އިމްތިހާނެއްގައި ވަނީ އިންގްލިޝް ލިޓްރޭޗާ، އެކައުންޓިން، އިކޮނޮމިކްސް އަދި ސްޓެޓިސްޓިކް މާއްދާ އިން ހައިރާން ކުރުވަނިވި "ކޮޕީ ކުރުމުގެ" ކަންތައްގަނޑެއް ފާހަގަކުރެވިފަ އެވެ.

މީގެ ތެރެއިން 200 އެއްހާ ދަރިވަރުން "ޑޯޓާ އިޒް އާތެން ލޭމްޕް އޮފް ދަ ފެމިލީ" މައުޟޫއަށް ލިޔުނު މަޒުމޫނުތަކުގެ އިބާރާތް ވެސް ހުރީ ފެށިގެން ނިމެންދެން އެއްކަހަލަ ގޮތަކަށެވެ.

މިކަމާ ގުޅިގެން ގުޖުރާތުގެ ސެކަންޑަރީ އެންޑް ހަޔާ އެޑިއުކޭޝަން ބޯޑް (ޖީއެސްއެޗްއެސްއީބީ) އަށް ބޮޑު ޝޮކެއް ވަނީ ލިބިފަ އެވެ. އެތަނުން ބުނީ މި ވަރުގެ ކަމަކާ ދުވަހަކު ވެސް އަދި ކުރިމަތި ނުވާ ކަމަށެވެ. އަނެއްކޮޅުން އިމްތިހާނު ބާއްވާފައި ވަނީ އިމްތިހާނު ކަރުދާހެއް ވެސް ލީކްނުވާނެ ހުރިހާ މަގެއްހެން ބަންދުކޮށްގެން ކަމަށް ވިޔަސް މި "މާސް ކޮޕީން" އަކީ ސީރިއަސް މައްސަލައެއް ކަމަށް ބުންޏެވެ.

އިންޑިއާގައި ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި.

އިންޑިއާގައި ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި.

އެހެންވެ އިމްތިހާނު ހެދި ދަރިވަރުންގެ މައްސަލަ ބެލުމަށް، އިމްތިހާނުގެ ނަތީޖާ ވެސް ވަނީ އަންނަ އަހަރާ ހަމައަށް ހިފަހައްޓައިފަ އެވެ. އަދި އިމްތިހާނު ކުރިއަށް ގެންދިޔަ ތިން ތަންތަނުގައި ކޮޕީ ކުރުމާ ގުޅުން ހުރި އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.