މި އަހަރު ހައްޖަށް ދާ ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާ އިން އިއްޔެ ދީފި އެވެ.
29 މާޗް 2018
މި އަހަރު ހައްޖަށް ދާ ދިވެހިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާ އިން އިއްޔެ ދީފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ސައުދީ އަށް ވަޑައިގެން، އެ ގައުމުގެ ހައްޖު/ އުމްރާ މިނިސްޓަރުގެ ނައިބު ޑރ. އަބްދުލްފައްތާހް ބިން ސަލްމާނާ ބައްދަލު ކުރައްވައި، މި އަހަރުގެ ހައްޖާ ގުޅޭ ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ. ހައްޖު މިނިސްޓްރީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހައްޖުވެރިންގެ ކަންތައްތައް ކުރިއަށްދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މިނިސްޓަރު ޒިޔާދު ދެއްކެވި ވާހަކައިގައި ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަށް ދާ މީހުންނަށް ހިދުމަތްތައް ފަހިކުރުމަށް ސައުދީ ރަސްގެފާނާއި ކަމާ ގުޅުން ހުރި ވުޒާރާތަކުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވި ކަމަށެވެ.
އެގޮތުން، ހައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބޮޑެތި މަޝްރޫއުތައް މައްކާ އާއި މަދީނާ އާއި މަޝާއިރުގައި ކުރިއަށް ގެންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސައުދީގެ ހައްޖު މިނިސްޓަރުގެ ނައިބު ވަނީ ވޭތުވެދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން އައި ހައްޖުވެރިންގެ އިންތިޒާމުތައް ކުރައްވާފައިވާ ގޮތުގެ ފުރިހަމަ ކަމަށްޓަކައި ދެއްވި އެއްބާރުލެއްވުމަށް މިނިސްޓަރަށާއި ކަމާ ގުޅުން ހުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި ނަމޫނާ އަހުލާގެއް ދައްކާ ބައެއް ކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ނަމޫނާ އެގޮތަށް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަބްދުލް ފައްތާހް ވިދާޅުވި އެވެ.
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި
އިތުރު ކޯޓާ ލިބިއްޖެ ނަމަ ކިއޫ ކުޑަކުރަން ގްރޫޕްތަކަށް
ދިވެހިންނަށް އަރަފާތާއި މިނާގައި ރަނގަޅު ތަަންތަން
ސަލާމަތީކަންކަން ހައްޖުވެރިންނާ ބައްދަލުކުރަން ހުރަހަކަށް
ހައްޖަށް ދެވޭނެ ކަމަށް ސައޫދީން އަދި ނާންގާ:މިނިސްޓަރު
ފުރުސަތު ލިބިއްޖެ ނަމަ ހައްޖުގެ އިންތިޒާމް ހަމަޖައްސާނެ
މިއަދު އުމްރާ އަށް ފުރާ މީހުންނަށް ހުރަހެއް ނެތް
ހައްޖަށް މީހުން ގެންދަން ޕްރޮޕޯޒަލަށް ހުޅުވާލައިފި
50 ޓަނުގެ ކަދުރު ރާއްޖެ އަށް ސައޫދީން ހަދިޔާކޮށްފި