28 މާޗް 2018
ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދު ސްކޫލުތަކުގައި އިންޓަނެޓްގެ ޒަރީއާ އިން ވީޑިއޯ މެދުވެރިކޮށް (ވާޗުއަލްކޮށް) ކިޔަވައިދިނުން ލަސްވަނީ، އިސްކަންދަރު ސްކޫލުގައި ހުންނަ އެކަން ކުރާ ހޯލަށް ބަދަލުތަކެއް ގެންނާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދު ސްކޫލުތަކުގައި އިންޓަނެޓްގެ ޒަރީއާ އިން ވީޑިއޯ މެދުވެރިކޮށް (ވާޗުއަލްކޮށް) ކިޔަވައިދިނުން ލަސްވަނީ، އިސްކަންދަރު ސްކޫލުގައި ހުންނަ އެކަން ކުރާ ހޯލަށް ބަދަލުތަކެއް ގެންނާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މަޝްރޫއު މިދިޔަ ޖެނުއަރީ މަހު އިފްތިތާހް ކުރުމަށް ފަހު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ހަފުތާއެއްގެ ތެރޭގައި ވާޗުއަލްކޮށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. ނަމަވެސް ދެ މަހަށް ވުރެ ގިނަ ދުވަސްވެގެން ދިޔަ އިރު ވެސް ކިޔަވައިދޭކަށް އަދި ނުފަށަ އެވެ.
ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދުކަމަށް މިހާރު ރަޖިސްޓްރީ ކޮށްފައިވަނީ ނުވަ ސްކޫލެކެވެ. އެއީ ހއ. ތަކަންދޫ، ހއ މޮޅަދޫ، ނ. ފޮއްދޫ، ނ. މަންދޫ، ބ. ފުޅަދޫ، އއ. ދިއްދޫ، މ. ރަތްމަންދޫ، މ. ވޭވަށް އަދި ގއ. ކޮނޑޭ އެވެ. އެ ސްކޫލުތަކުގައި ވާޗުއަލްކޮށް ކިޔަވައިދޭނީ އިސްކަންދަރު ސްކޫލުންނެވެ.
ޝަފީއު ވިދާޅުވީ ވާޗުއަލްކޮށް ކިޔަވައިދިނުމުގެ މަޝްރޫއު އިފްތިތާހް ކުރީ، އެކަމަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވުމުން ކަމަށެވެ. ނަމަވެސް ކިޔަވައިދިނުން ޓެސްޓު ކުރި އިރު، އިތުރު މަސައްކަތްތަކެއް ކުރަންޖެހުނު ކަން ފާހަގަކުރެވުނީ ކަމަށް ވިދާޅުވި އެވެ.
"ވާޗުއަލްކޮށް ކިޔަވައިދޭ އިސްކަންދަރުގެ މައި ހޯލުގެ އަޕްގްރޭޑިންގެ މަސައްކަތްތަކެއް ކުރަން ޖެހުނީމަ ލަސްތަކެއް މި އުޅެނީ. އެކަމަށް ހާއްސަ ވަކި ނެޓްވޯކެއް މި ބޭނުންކުރަނީ ސްކޫލުތަކުގައި. އެ ނެޓްވޯކަށް ވެސް އިންޓަނެޓް ކަނެކްޝަން އިތުރަށް ބޭނުންވޭ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގެ ސްކޫލުތައް ހުރީ ވާޗުއަލްކޮށް ކިޔަވައިދޭން ތައްޔާރަށެވެ. އެހެންވެ ފުރަތަމަ ޓާމުގެ ކިޔެވުން ފެށުމުން ވާޗުއަލްކޮށް ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ޓީޗަރުންނަށް މި މަހު ޓެބްލެޓް ދޫކުރާނެ: އެޑިއުކޭޝަން
ދަރިވަރުންނަށް ދޭނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް
ފަސް މާއްދާއިން ފާސްވި އަދަދު 77 ޕަސެންޓަށް
ޕޭރެންޓް ކާޑު ނެތި ދެން ސްކޫލްތަކަކަށް ނުވަދެވޭނެ
400 ޓީޗަރުން ހޯދަނީ ގިނަ ދިވެހިންނަށް ފުރުސަތު ދޭން
70،000 އަށްވުރެ ގިނަ ޓެބްލެޓް ހޯދަން ހަވާލުކޮށްފި
ކިޔެވުން ބާއްވަނީ ރިޕޯޓް ދޭން ދެ ހަފުތާ އޮތުމުން
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ