Roadha Mihaaru
ކޮލަމް ކުލަބަރި: ގައުމު ވިއްކާނެ ގޮތެއް މި އޮތީ!

ކޮލަމް ކުލަބަރި: ގައުމު ވިއްކާނެ ގޮތެއް މި އޮތީ!

20 ޖުލައި 2016

ފަހުރުވެރިވުން ހައްގު ރީތިކަމެއް ލިބިފައިވާ ގައުމެކެވެ. ސާފު، ދޮންވެލި ގޮނޑުދޮށްތަކެވެ. ބިއްލޫރިކޮޅެއްހާ ސާފު މޫދެވެެ. ރުށްރުކާއި އެ ނޫން ވެސް ގަސްގަހާގެހިން ރަށްރަށުގެ މަލަމަތި ޒީނަތްތެރިކޮށްލާފައިވެ އެވެ. އެ ގަސްތަކުގެ ތެރެއިން އިރުގެ ދޯދިތައް ފޭދިގެން އައިސް ދޮންވެލި ގޮނޑުދޮށްތަކުގައި ބީހިލާ ގޮތުން ފެންނަ ރީތި މަންޒަރާއި ލިއްބައިދޭ އަރާމުކަމެވެ. އެ ތަނުގައި ހުންނައިރު ޖެހޭ ފިނި ވައިރޯޅިތަކުން ލިއްބައިދެނީ ވެސް އާދަޔާ ހިލާފު ހިތްހަމަޖެހުމެކެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ފަހުރުވެރިވުން ހައްގު ރީތިކަމެއް ލިބިފައިވާ ގައުމެކެވެ. ސާފު، ދޮންވެލި ގޮނޑުދޮށްތަކެވެ. ބިއްލޫރިކޮޅެއްހާ ސާފު މޫދެވެެ. ރުށްރުކާއި އެ ނޫން ވެސް ގަސްގަހާގެހިން ރަށްރަށުގެ މަލަމަތި ޒީނަތްތެރިކޮށްލާފައިވެ އެވެ. އެ ގަސްތަކުގެ ތެރެއިން އިރުގެ ދޯދިތައް ފޭދިގެން އައިސް ދޮންވެލި ގޮނޑުދޮށްތަކުގައި ބީހިލާ ގޮތުން ފެންނަ ރީތި މަންޒަރާއި ލިއްބައިދޭ އަރާމުކަމެވެ. އެ ތަނުގައި ހުންނައިރު ޖެހޭ ފިނި ވައިރޯޅިތަކުން ލިއްބައިދެނީ ވެސް އާދަޔާ ހިލާފު ހިތްހަމަޖެހުމެކެވެ.

މިއީ ނަލަނަލަ ރާއްޖެ އެވެ. މިލިއަނުން ބޭރު މީހުން ރާއްޖެ އަންނަނީ އެ ރީތިކަމުގެ ކޮންމެވެސް ވަރެއް ލިބިގަންނާށެވެ. އަހަރުމެން ދިވެހިން އެ ރީތިކަން ވިއްކައިގެން ކައިގެންބޮއެގެން އުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ފުދޭ ވަރެއްގެ ރަނގަޅު އެއްޗެއް ވެސް ލިބެ އެވެ.

މާލެ އަތޮޅުގައި އެންމެ ފަހުން ހުޅުވި އޯޒެން ބައި މާދޫގެ ބީޗު ވިލާއެއްގެ ބޭރުގައި ގެސްޓުންނަށް ކުޑަ ޖަހާފައި.-- ފޮޓޯ: އޯޒެން ބައި މާދޫ

މާލެ އަތޮޅުގައި އެންމެ ފަހުން ހުޅުވި އޯޒެން ބައި މާދޫގެ ބީޗު ވިލާއެއްގެ ބޭރުގައި ގެސްޓުންނަށް ކުޑަ ޖަހާފައި.-- ފޮޓޯ: އޯޒެން ބައި މާދޫ

އެކަމަކު، ސިޔާސީ ފަރާތްތަކަށް އަދި އެ ވަރަކުން ނުފުދުނެވެ. ޓޫރިޒަމުން ލިބޭ ފައިސާ ވަންނަނީ ސީދާ ގައުމުގެ ހަޒާނާ އަށް ކަމަށް ވާއިރު، އޭގެން ހަރަދު ކުރެވެން އަންނަނީ ވެސް ގައުމު ހިންގައި ރައްޔިތުންގެ ބޭނުންތައް ފުއްދާށެވެ. އެ ފައިސާ ހަރަދު ކުރާ ގޮތް ބެލޭނެ އުސޫލުތައް އެކަށައަޅައި ގާނޫނުތައް ހަދާފައި އެބަހުއްޓެވެ. ފާރަވެރިވެވޭނެ ގޮތްތައް ވެސް ހުރީ، ކަރުދާހުގައި އެކަނި ވިޔަސް ހަމަޖައްސާފަ އެވެ. އެހެންވެ، އޭގެ ބޭރުން ކުރަންޖެހޭ "ސިޔާސީ ހަރަދުތަކަށް" ފައިސާ ހޯދާނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.

މާ ގިނަ ވަސީލަތްތަކެއް ލިބިފައި ނެތް ތަނެއްގައި އެ ފައިސާ ހޯދަން ވިއްކަން ޖެހެނީ ގައުމެވެ. ގުދުރަތީ ރީތިކަމެވެ. ސިޔާސީ ފަރާތްތަކުން ހޭވައްޓާލާފައި ކުރަނީ ވެސް މި ކަމެވެ. މީގެ ކުރިން މިކަން ކުރީ އެއްވެސް ހަމައެއް ލަމައެއް ނެތި، ހިތަށް އައިހާ ބަޔަކަށް ރަށްރަށާއި ފަޅުތައް ވިއްކައިގެންނެވެ. އެ ބޮޑު ވައްކަން ފަޅާ އެރުމުން އެކަން މިހާރު ކުރަން ފަށާފައި ވަނީ ގާނޫނުގެ ތެރެ އަށް ފައްތައިގެންނެވެ.

މާ ގިނަ ވަސީލަތްތަކެއް ލިބިފައި ނެތް ތަނެއްގައި އެ ފައިސާ ހޯދަން ވިއްކަން ޖެހެނީ ގައުމެވެ. ގުދުރަތީ ރީތިކަމެވެ. ސިޔާސީ ފަރާތްތަކުން ހޭވައްޓާލާފައި ކުރަނީ ވެސް މި ކަމެވެ. މީގެ ކުރިން މިކަން ކުރީ އެއްވެސް ހަމައެއް ލަމައެއް ނެތި، ހިތަށް އައިހާ ބަޔަކަށް ރަށްރަށާއި ފަޅުތައް ވިއްކައިގެންނެވެ. އެ ބޮޑު ވައްކަން ފަޅާ އެރުމުން އެކަން މިހާރު ކުރަން ފަށާފައި ވަނީ ގާނޫނުގެ ތެރެ އަށް ފައްތައިގެންނެވެ. ފަޅު ރަށްތައް ވިއްކައިގެން ދައުލަތް ހިންގަން އުޅޭއިރު، މިއީ ހަމައެކަނި ސަރުކާރުގެ މައްސަލައެއް ވެސް ނޫނެވެ. އިދިކޮޅު ފަރާތްތަކުން ވެސް އެ ކަމަށް މަގުފަހިކޮށްދެ އެވެ. ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން އިދިކޮޅު ފަރާތްތަކުން ތާއީދު ކުރުން އެއީ އޭގެ ހެއްކެކެވެ.

ގައުމުގެ ރީތިކަން ވިއްކައިގެން ސިޔާސީ ގޮތުން ހުރިހާ ފައިދާއެއް ހޯދަމުން އަންނައިރު، އަހަރުމެންގެ މިލްކުގައި ހުރި ރަށްރަށާއި ފަޅުތަކަކީ ހުރިހާ ރައްޔިތުންގެ ތަންތަނެވެ. މި ގައުމުގެ ކޮންމެ ރަށަކާއި ފަޅަކާއި ކިތަންމެ ކުޑަ ނަމަވެސް ކޮންމެ ބިންކޮޅެއްގައި ރާއްޖޭގެ އާބާދީގެ 400،000 މީހުންގެ ތެރޭން އެންމެ ކުޑަކުއްޖާގެ ހިއްސާ ވެސް ވެ އެވެ. އެހެންވެ، ސިޔާސީ މީހުން އެ މީހުންގެ އަމިއްލަ މުހުތާދުތައް ފުއްދަން އެ ތަންތަން ބަހައި ހުސް ކުރުމުގެ ފުރުސަތު ނުދީ، ފާރަވެރިވެ ތިބުމަކީ ވެސް އަހަރުމެންގެ ޒިންމާއެކެވެ.

ގައުމު ވިއްކާ ނުލާ އެ ފައިސާ ހޯދާނެ ކޮންމެވެސް ގޮތެއް އަހަރުމެން ރައްޔިތުން ދައްކައި ދޭން އެބަ ޖެހެ އެވެ.

ކުރިއަރާފައިވާ ގައުމުތަކުގައި ހަރު މުދާ ރައްކާތެރިކޮށް، ގައުމު ވިއްކާ ގޮތަށް ބަލާއިރު އެންމެ ރަނގަޅު މިސާލެއް ފެންނަން އޮތީ ނިއު ޒީލެންޑުންނެވެ. ރާއްޖެއާ ހާސް ބައި ތަފާތަސް، އެއީ ވެސް ގުދުރަތީ ރީތިކަމުގެ ލާމަސީލު މިސާލަކަށް ފުދޭ ގައުމެކެވެ. އުސް ފަރުބަދަތަކާއި އެ ތަންތަނާ ގުޅިފައިވާ ފެހި ވާދީތަކެވެ. އޮއިދެމޭ ކޯރުތަކާއި ފެން އާރުތަކެވެ. އަލިފާން ފަރުބަދަތަކާއި ޖަންގަލިތައް ވެސް ގިނަ ގައުމެކެވެ. ރާއްޖެހާ ރީތި ނޫނަސް، ނިއު ޒީލެންޑުގައި ގޮނޑުދޮށްތައް ވެސް އެބަހުއްޓެވެ.

ނިއު ޒީލެންޑު މީހުން ވިއްކީ އެ ރީތިކަމެވެ. މަޝްހޫރު ލޯޑް އޮފް ދަ ރިންގްސް އާއި ހޮބިޓް ފިލްމު ސީރީޒް އުފެއްދި މީހުންނަށް ގައުމުގެ ރީތިކަން ވިއްކައިގެން ބޮޑު ފައިދާއެއް މިހާރު ވެސް ހޯދަމުން އެ ދަނީ އެވެ. ނިއު ޒީލެންޑުގެ ކަމާ ބެހޭ އިދާރާތަކުން އަންދާޒާ ކޮށްފައިވާ ގޮތުގައި އެ ފިލްމުތައް ނެރުމަށް ފަހު، އެ ގައުމަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 50 ޕަސެންޓު އުފުލުނެވެ. އޭގެ ތެރެއިން ވަރަށް ބޮޑު ބައެއް ދިޔައީ އެ ފިލްމުތަކުން އެ ފެންނަ އަސްލު ތަންތަން ބަލައިލާށެވެ. ގައުމަށް ލިބޭ ފައިދާ އަހަރަކު ތިރީހަކަށް މިލިއަނަށް އަރާ ކަމަށް ވެ އެވެ.

ރާއްޖެ އަށް ވެސް މި އޮތީ މިކަހަލަ ފުރުސަތެއް ލިބިފަ އެވެ. މަޝްހޫރު ސްޓާ ވޯޒް ސިލްސިލާގެ އާ ފިލްމު، "ރޯގު ވަން: އަ ސްޓާ ވޯޒް ސްޓޯރީ"ގެ މަންޒަރުތަކެއް ރާއްޖޭގައި ވަނީ ނަގާފަ އެވެ. އަންނަ ޑިސެމްބަރު މަހު ނެރޭ އެ ފިލްމުގެ ޓްރެއިލާތައް ނެރެ، ޕޯސްޓަރުތައް އާއްމު ކުރަމުން އަންނައިރު، ފިލްމުގައި ފެނިގެންދާ ޕްލެނެޓު "ސްކާރިފް"ގެ އަސްލަކީ ރާއްޖެ އެވެ. ސްޓާ ވޯޒް ކާއިނާތުގައި ހިމެނޭ އެ ޕްލެނެޓު ހެދީ ލ. އަތޮޅުގެ ހިތްގައިމު މާހައުލަށް ބިނާކޮށެވެ. މީގެ ކުރިން ދުވަހަކު ވެސް ސްޓާ ވޯޒްގެ ފިލްމަކުން ނުފެންނަ ފަދަ މި ޕްލެނެޓުގައި "ސުވަރުގޭގެ ސިފަތައް" ޖައްސަން ބޭނުންވުމުން އައީ، ޑައިރެކްޓަރު ގަރެތު އެޑްވާޑްސް ބުނެފައިވާ ގޮތުގައި، ރާއްޖެ އަށެވެ.

ރޯގު ވަންގެ ފުރަތަމަ ޕޯސްޓަރު: މި ފިލްމުގައި ދައްކާ ޕްލެނެޓް، ސްކާރިފް ހެދީ ރާއްޖެ އަސްލަކަށް ބަލައިގެން.

ރޯގު ވަންގެ ފުރަތަމަ ޕޯސްޓަރު: މި ފިލްމުގައި ދައްކާ ޕްލެނެޓް، ސްކާރިފް ހެދީ ރާއްޖެ އަސްލަކަށް ބަލައިގެން.

ހަނދާނަށް އަންނަނީ ސްޓާ ވޯޒްގެ މަންޒަރުތައް ނަގަމުން ދިޔައިރު އެ ކަމުގައި އުޅުނު ދިވެހި އެޖެންޓު، ބްލޫއެންޑްވައިޓުގެ ވެރިޔާ މުހައްމަދު އިބްރާހިމް (ކުޑޫ) ދެއްކެވި ވާހަކައެކެވެ. ފަޅު ރަށެއް ހާއްސަކޮށް، އެ ތަނުގައި އެންމެ މަތީ ފެންވަރުގެ ވަސީލަތްތައް ގާއިމްކޮށްގެން ބޭރުގެ ފިލްމު ކްރޫންނަށް ވިއްކުމުގެ ހިޔާލެވެ. ފިލްމު ނަގަން ބޭރުން އަންނަ މީހުންނަށް އެ "ސްޓޫޑިއޯ ރިސޯޓު"ގައި ތިބެވޭނެ ރަނގަޅު ފެންވަރުގެ ތަންތަން ވެސް ހަދައި ވިއްކާނީ އެވެ. އޭރުން، ދަތުރުފަތުރާއި ތިބޭނެ ތަންތަން ހޯދަން ބޭރު މީހުން މިހާރު އުފުލާ ތަކުލީފު ފިލައިގެން ހިނގައިދާނެ އެވެ.

އެއީ ސްޓާ ވޯޒްއާ އެކު މި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފި ދާނެ އެއްގޮތެވެ. މިހާރު ވެސް ޓޫރިޒަމަށް މަޝްހޫރު ރާއްޖޭގެ ނަން އިސާހިތަކު އެތައް ގުނައެއް އުފުލި، އެހެން ދާއިރާތަކަށް ވެސް ފުޅާވެގެން ހިނގައިދާނެ އެވެ. އޭރުން، ރަށްރަށާއި ފަޅުތައް ނުވިއްކާ ވެސް ފައިސާ ހޯދޭނެ އެވެ. ހަރަދުތައް ފޫބައްދަން "ވައްކަން ކުރަން" ވެސް ނުޖެހި ފަރުޖެއްސި ދާނެ އެވެ. މިހާރު ވެސް މި އޮތީ ގައުމު ވިއްކޭނެ ގޮތެއް ފެނިފަ އެވެ. ވަގުތު ފާއިތުވުމުގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފަން ޖެހެ އެވެ.