09 ޖެނުއަރީ 2020
ޒަމާނުންސުރެން ދިވެހި ދައުލަތުގެ އިސް ފަރާތްތަކުން އަބަދުމެ އިސްތިހާރު ކުރަމުންދާ ވާހަކައެއް އޮވެ އެވެ. "ރާއްޖޭގެ ފަޅުރަށްތައް ވަރުވާއަށް ލިޔުއްވައިގެން ޓުއަރިޒަމް ސިނާއަތް ކުރިއެރުވީ އަމިއްލަ ވިޔަފާރިވެރިންނެ"ވެ. އަދި މި ފަރާތްތަކުގެ ބުރަ މަސައްކަތް ހަނދާންކޮށް، ސަނާކިޔާ، ޝަރަފުގެ ހަނދާނީ ފިލަ އާއި ލަގަބު ސަރުކާރުތަކުން ދެ އެވެ. ރާއްޖެ މިއަދު ދެކޭ ތަރައްގީއަކީ މިފަދަ ފަރާތްތަކުގެ މިންނެތް ބުރަ މަސައްކަތް ކަމަށް އާއްމު ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރެ އެވެ. ނަމަވެސް ހަގީގަތަކީ ރަން ބިސް އަޅާ ކުކުޅު ބިސް އަޅުވަނީ މަސައްކަތްތެރިންގެ އަޅު މަސައްކަތުން ރިޒޯޓު ވެރިންގެ ޖީބަށް ކަމެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ ޓުއަރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގުތަކުގެ މައްޗަށެވެ.
ޒަމާނުންސުރެން ދިވެހި ދައުލަތުގެ އިސް ފަރާތްތަކުން އަބަދުމެ އިސްތިހާރު ކުރަމުންދާ ވާހަކައެއް އޮވެ އެވެ. "ރާއްޖޭގެ ފަޅުރަށްތައް ވަރުވާއަށް ލިޔުއްވައިގެން ޓުއަރިޒަމް ސިނާއަތް ކުރިއެރުވީ އަމިއްލަ ވިޔަފާރިވެރިންނެ"ވެ. އަދި މި ފަރާތްތަކުގެ ބުރަ މަސައްކަތް ހަނދާންކޮށް، ސަނާކިޔާ، ޝަރަފުގެ ހަނދާނީ ފިލަ އާއި ލަގަބު ސަރުކާރުތަކުން ދެ އެވެ. ރާއްޖެ މިއަދު ދެކޭ ތަރައްގީއަކީ މިފަދަ ފަރާތްތަކުގެ މިންނެތް ބުރަ މަސައްކަތް ކަމަށް އާއްމު ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރެ އެވެ. ނަމަވެސް ހަގީގަތަކީ ރަން ބިސް އަޅާ ކުކުޅު ބިސް އަޅުވަނީ މަސައްކަތްތެރިންގެ އަޅު މަސައްކަތުން ރިޒޯޓު ވެރިންގެ ޖީބަށް ކަމެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ ޓުއަރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގުތަކުގެ މައްޗަށެވެ.
ރާއްޖޭގައި ފުރަތަމަ ރިޒޯޓު ހިންގަން ފެށީ ރައީސް އިބްރާހިމް ނާސިރާއި އާއިލީ ގޮތުން އެމަނިކުފާނާ ގުޅުން އޮތް ފަރާތްތަކާއި، އޭރުގެ ދައުލަތް ހިންގަން ތިބި މުއްސަނދި އާއިލާތަކުންނެވެ. "އިއްޔެ" މަޖައްލާގެ ފުރަތަމަ ފޮތުގައި ތާރީހީ ލިއުންތެރިޔާ އަބްދުލް ހަކީމް ލިޔުއްވާފައިވާ ގޮތުން، ކަރަންކާ އިބްރާހީމް ރަޝީދު އަތުން ކުރުނބާ ވިލެޖް ކުއްޔަށް ހިފައިގެން ތަރައްގީކުރީ ކެރަފާ އަހްމަދު ނަސީމާއި ކޮލި މުހައްމަދު އުމަރު މަނިކެވެ. ބޮޑު ބަނޑޮސް އަދި ފަރުކޮޅުފުށި ރައީސް ނާސިރު އަމިއްލައަށް ތަރައްގީ ކުރެއްވި އިރު، ރައީސް ނާސިރުގެ އަނބިކަނބަލުން ކެރަފާ ނަސީމާ މުހައްމަދު ވެލެއްސަރު ތަރައްގީކުރައްވަން ފެށި އެވެ. ރައީސް ނާސިރުގެ ގާތް ކޮލި އަލިމަނިކު އިހުރުގައި ރިޒޯޓް ތަރައްގީކުރެއްވި އިރު، ފުރަނަފުށީގައި ގަލޮޅުގޭ އަބްދުލް ހަންނާނު އިތުރު ރިޒޯޓެއް ތަރައްގީކުރެއްވި އެވެ. އަދި ކުރަމަތިން މީހުން ބޭލުމަށް ފަހު ކޮލި އުމަރު މަނިކު ބޮޑު ރިޒޯޓެއް ތަރައްގީކުރެއްވި ކަމަށް މަޖައްލާގައި ލިޔެފައިވެ އެވެ.
ދައުލަތުގެ ސިޔާސަތުތައް ވެރިކަންކުރާ މަދު އާއިލާތަކަށް ފައިދާވާ ގޮތަށް ބައްޓަންކުރުމަކީ އައު ކަމެއް ނޫނެވެ. މިސާލަކަށް 1932ގައި ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ ހެދީ ވަޒީރުންނަށް ވިޔަފާރި ކުރުމުގެ ހުއްދަ ނޯންނަ ގޮތަށެވެ. ނަމަވެސް ބޮޑުންގެ ނުފޫޒުން މިކަން ބަދަލުކުރީ މުހައްމަދު އަމީންދީދީ އެވެ. އޭގެ ފަހުން 2008ގައި އައު ގާނޫނުއަސާސީ ތަސްދީގުކުރުމާ ހަމައަށް ވަޒީރުންނަށް ވިޔަފާރިކުރެވެ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް 1978 ގައި ވެރިކަމާ ހަވާލުވުމަށް ފަހު ވެސް ގާތް ރަހުމަތްތެރިންނަށާއި ދައުލަތުގެ އިސް ފަރާތްތަކަށް ރިޒޯޓު ތަރައްގީކުރަން ފުރުސަތު ދެއްވި އެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު ވެސް ހަމަ މި ބީދާއިން ކަން ކުރެއްވި އެވެ. އަދި ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީން 60 ރަށާއި، ފަޅު ޓުއަރިޒަމް ތަރައްގީކުރަން ގިނައިން ދިނީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ބޮޑެތި ފައިސާވެރިންނަށެވެ.
ނަމަވެސް ހަގީގަތަކީ ރާއްޖޭގެ ހުދު ދޮންވެލި ތުނޑިތަކާއި، ރީތި މޫދާއި، ފަރުތަކާއި، ފަޅުތަކާއި، ގިރިތަކާއި، ފިނޮޅުތަކަކީ މި ރާއްޖެއަށް ފޫޅުކެނޑި ކޮންމެ ދިވެހި ދަރިއެއްގެ ހިއްސާއެއް އޮންނާނެ އަގުހުރި ގުދުރަތީ ރައުސުލްމާލު ކަމެވެ. އާއިލީ ނުފޫޒާއި ނާޖާއިޒު ފައިދާއިން މި ރަށްތަކުގެ މައްޗަށް މަދު ބަޔަކު ވެރިވެގަނެގެން ތިއްބަސް ރާއްޖޭގެ ޓުއަރިޒަމް ސިނާއަތް ހިންގުން ބިނާވެފައިވަނީ ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ ރީތިކަމާއި، މި ސިނާއަތުގައި މަަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުގެ މައްޗަށެވެ.
ޓުއަރިޒަމް ސިނާއަތުގެ މައިބަދަ ކަމަށް ވާ ރިޒޯޓު މަސައްކަތްތެރިން ތިބީ ފާާޑެއްގެ "އަޅުވެތިކަމެއް"ގެ ތެރޭގަ އެވެ. މަސައްކަތްތެރިންގެ މެދުގައި ތަފާތު ކުރުމާއި، މަސައްކަތާއި އެކަށީގެންވާ ވަރަށް މުސާރަ ނުދިނުމާއި، ކެއިން ބުއިމާއި ދިރިއުޅުމުގެ ފެންވަރު ދަށްވުމާއި، އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް މަދުވުމާއި، އެކަށީގެންވާ މަސައްކަތު މާހައުލެއް އަންހެނުންނަށް ނެތުމަކީ ބޮޑެތި މައްސަލަތަކެވެ.
މެދު ފަންތީގެ ރިޒޯޓެއްގައި ފަތުރުވެރިޔާ 5،000 ޑޮލަރު ހޭދަކުރާއިރު، ރިޒޯޓުގެ އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކަށް މަހު މުސާރައަށް ދެނީ 300 ޑޮލަރެވެ. ބައެއް ރިޒޯޓުތަކުގައި ސްޓާފުން ތިބޭ ކޮޓަރިތައް ތޮއްޖެހި ބާރުބޮޑުވެ، އުޅެން ހެޔޮނުވާ ވަރުގެ ތަންތަނަށް ވަނީ ވެފަ އެވެ. އަދި ފާހާނާތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުންނަ އިރު އަޅާލާނެ ބަޔަކު ނެތެވެ. ވަކި ގައުމުތަކެއްގެ މީހުންނަށް މަތީ މަގާމު ދިނުމާއި ތަފާތުކުރުމާއި އެއް ފެންވަރެއްގެ ވަޒީފާގައި އުޅޭ ބޭރުމީހާއަށް އެއް ކޮޓަރީ ދިނުމާއި، ކެއިން ބުއިމުގެ ތަފާތު ކުރުން އިންތިހާއަށް އެބަ އޮތެވެ. ސާވިސް ޗާޖް ނުދިނުމާއި ސާވިސް ޗާޖަށް ބައެއް ރިޒޯޓްތަކުގެ ވެރިން މަކަރުހެދުމަކީ ވެސް އާއްމު ކަމެކެވެ. ވަގުތީ މުވައްޒަފުން ހަ މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ނުގެންގުޅެވޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ލިޔެފައި އެބަ އޮތެވެ. ނަމަވެސް އެތައް އަހަރެއް ވާއިރު ވެސް ވަގުތީ މަސައްކަތްތެރިން ދާއިމީ ނުވުމާއި، ތިން ވަނަ ފަރާތަކަށް (ތާޑް ޕާޓީ) މަސައްކަތްތެރިން ގެންގުޅުން އިތުރުވުމާއި އަދި މި ފަރާތްތަކަށް ސާވިސް ޗާޖް ނުލިބުމާއި، ޕެންޝަން ނުލިބުމަކީ އަދިއަދަށް ދާންދެން ވެސް ގާނޫނުތަކުން ހައްލު ހޯދިފައިނުވާ ބޮޑެތި މައްސަލަތަކެވެ.
ކޮންމެ ރައްޔިތަކަށް އެއްވެއުޅުމާއި، ހަޅުތާލުކުރުމުގެ ހައްގު ގާނޫނުއަސާސީގެ 31 އަދި 32 ވަަނަ މާއްދާއިން ލިބިދިނަސް، ރިޒޯޓްތަކުގައި މުޒާހަރާކޮށް ހަޅުތާލު ކުރުމުގެ ފުރުސަތެއް ނޯވެ އެވެ. ސަރުކާރުތަކުންނާއި ރިޒޯޓުތަކުގެ ވެރިން އަބަދުމެ ރައްޔިތުންނަށް ދައްކާ ދަޅައަކީ މިކަހަލަ ކަންކަމުން އިގްތިސާދަށް ބުރޫއަރާނެ ކަމެވެ. ނަމަވެސް ހަގީގަތަކީ މަސައްކަތްތެރިން "އަޅުވެތިކުރުމުން" ފައިދާވަނީ ރިޒޯޓު ވެރިންނަށް އެކަނިކަމެވެ.
ވަޒީފާއާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް 2008 ގައި ތައާރަފް ކުރެވި، ބާރުތަކެއް ދީފައިވިޔަސް މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތައް އެކަށީގެންވާ ވަރާ ގާތަށް ވެސް ރައްކާތެރި ނުކުރެވެ އެވެ. ވަޒީފާއިން ވަކިކުރުމުގެ ބިރާއި ވަކިކުރުމުން އެހެން ވަޒީފާއެއް ހޯދުމުގެ އުނދަގުލާއި، ޓްރައިބިއުނަލްގައި މައްސަލަތައް ދިގުލުމަކީ ބޮޑެތި ގޮންޖެހުންތަކެވެ. އަދި ކޯޓުތަކުގައި މައްސަލަތައް ތާށިވެ ދިގުލައިގެން ދިއުމަކީ އިންސާފު ލިބުމަށް އެޅޭ އެންމެ ބޮޑު އެއް ހުރަހެވެ. މިގޮތުން އުޖޫރައާ ބެހޭ ބޯޑެއް އެކުލަވާލުމާއި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައެޅުމާއި، މަދުވެގެން ދެ އަހަރުން އެއް ފަހަރު މި ބޯޑު މުރާޖައާ ކުރަންވާނެކަން ގާނޫނުގައި ލިޔެފައިވެ އެވެ. ނަމަވެސް 10 އަހަރު ވެގެން ދިޔައިރު ވެސް އެއްވެސް ސަރުކާރަކުން މިކަން ކޮށްފައެއް ނުވެ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި އުޖޫރައާ ބެހޭ ބޯޑުގައި މަހުޖަނުން ތަމްސީލުކުރާ ތިން މެމްބަރުން ތިބިއިރު މަސައްކަތްތެރިން ތަމްސީލު ކުރަނީ އެންމެ ފަރާތެކެވެ.
ރިޒޯޓުތަކުން ސާވިސް ޗާޖު ދޭ ވަރާއި ވަޒީފާގައި ދިވެހިން ހިފަހައްޓާ މިންވަރު ރަނގަޅު ކަމަށް ދާދި ފަހުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް ސިޔާސީ ފަރާތްތަކުން ވެސް އެކަމަށް ބާރު ލިބޭ ގޮތަށް އަލީ ވަހީދު ދިފާއުކުރެއްވި އެވެ. މި ކަމުން ވެސް ދޭހަވަނީ މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތައް މި ފަރާތްތަކަށް މުހިއްމު ނޫން ކަމެވެ. އަދި މި ފަރާތްތަކުން ރިޒޯޓުތަކުގެ ވެރިން ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރާކަމެވެ.
ޓުއަރިޒަމް ސިނާއަތަށް 47 އަހަރު ވެއްޖެ އެވެ. މި ދާއިރާއާ ގުޅުން ހުރި ހުރިހާ ކަމެއްގައި ގޮތްކިޔަމުން ދަނީ ރިޒޯޓްތަކުގެ ވެރިންނެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ ޓުއަރިޒަމް ސިނާއަތުގެ ވެރިން އެފަރާތްތަކުގެ ވިޔަފާރި ފުޅާކޮށް، ކުރިއަރުވަން 1982ގައި އުފެއްދި ޖަމިއްޔާއެކެވެ. އެންމެ ބޮޑެތި ރިޒޯޓު މަހުޖަނުން މި ޖަމިއްޔާގެ ބޯޑުގައި ތިބެގެން މަސައްކަތްތެރިންނާ ގުޅޭ ގާނޫނުތައް ހެދުމުގައި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަ އެވެ. މިސާލަކަށް ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ދިރާސާ (އީއައިއޭ) ގަވާއިދު އެކުލަވާލުމުގަ އާއި، ކުއްޔަށް ރަށްތައް ދޭ މުއްދަތު 99 އަހަރަށް ބަދަލުކުރުމުގަ އާއި ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ގަވާއިދު ފަސޭހަކުރުމާއި ބިދޭސީ މަސައްކަތްތެރިންނަށް ޕެންޝަން ނުދޭން ނިންމުމުގައި ވެސް މި ނުފޫޒު ފެނިފައިވެ އެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރެވޭނީ ސިޔާސީ ގޮތުން އެމީހުން ބާރުވެރިކޮށްގެންނެވެ. މަސައްކަތްތެރިންގެ ޔޫނިއަންތައް އެފެއްދުމުގެ ހައްގު ހޯދައި، ޔޫނިއަންތައް ޑިމޮކްރެޓިކް އުސޫލުން ހިންގައިގެނެވެ. އަދި ޑިމޮކްރަސީއަކީ ހަމައެކަނި އިންތިހާބުތަކުގައި ވޯޓުލުމުގެ ބަދަލުގައި މަސައްކަތު މާހައުލަށް ވެސް ޑިމޮކްރަސީ ގެނެސްގެނައުން ކަމަށް ގަބޫލުކޮށްގެންނެވެ.
ދައުލަތުގެ ތިން ބާރު ކޮންޓްރޯލު ކުރަނީ ޓުއަރިޒަމް ސިނާއަތް ކޮންޓްރޯލު ކުރާ ފަރާތްތަކުންނެވެ. ސިޔާސީ ޕާޓީތަކަށް ހަރަދުކުރަނީ ވެސް ޓުއަރިޒަމް ސިނާއަތުގެ އިސް ފަރާތްތަކުންނެވެ. މިކަން ކުރަނީ ސިޔާސީ ކެމްޕޭންތަކަށް، ހާއްސަކޮށް އެކިއެކި އިންތިހާބުތަކަށް ހަރަދުކޮށް، ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައުމަށް މަގުފަހިކޮށްދީގެނެވެ. އަދި ވެރިކަމަށް އައުމަށް ފަހު އިޖްތިމާއީ، ސިޔާސީ އަދި އިގްތިސާދީ ސިޔާސަތުތައް ބައްޓަން ކުރަނީ މި ފާރާތްތަކަށް ފައިދާވާ ގޮތަށެވެ. މިނިވަންކަމާއި އިންސާނީ ހައްގުތަކާއި އިންސާފު ލިބެނީ ވެސް ޓުއަރިޒަމް ސިނާއަތުގެ ބޮޑެތި ފައިސާވެރިންނަށާއި އެފަރާތްތަކުގެ ގާތް ތިމާގެ ފަރާތްތަކަށެވެ. އާންމު ރައްޔިތުންގެ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް ބެލުމެއް ނެތި އެވެ.
މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ މަސައްކަތްތެރިންގެ ޔޫނިއަންތަކެވެ. ރާއްޖޭގައި ޔޫނިއަން ހެދުމުގެ ގާނޫނެއް ނެތުމާއި ބިދޭސީ މަސައްކަތްތެރިންގެ މިނިވަންކަމާއި ހައްގުތައް ހިމާޔަތް ނުކުރެވުމަކީ ވެސް ބޮޑެތި މައްސަލަތަކެވެ. ފުރަތަމަ އަދި ދެވަނަ ޓުއަރިޒަމް މާސްޓަ ޕްލޭންގައި ފާހަކޮށްފައިވާ ކަންކަމުގެ ތެރޭގައި އެކަށީގެންވާ ވަރަށް ތަމްރީނު އަދި ތަޖުރިބާ ހުރި މަސައްކަތްތެރިން ނުލިބޭނެ ކަމާއި، ބިދޭސީ މަަސައްކަތްތެރިން ގިނަވާނެކަމަށް ލަފާކޮށްފައިވެ އެވެ. އަދި ޓުއަރިޒަމް ލާމަރުކަޒީކުރުމުގެ މުހިއްމުކަމާއި އަންހެނުންނަށް ފުރުސަތުތައް ތަނަވަސް ކުރުމުގެ މުހިއްމުކަމުގެ މައްޗައް އޭރު ވެސް އަލިއަޅުވާލި އެވެ. ނަމަވެސް މިވީހާ ތަނަށް މިކަންކަން ރަނގަޅު ކުރުމަށް އެއްވެސް ކަމެއް، އެއްވެސް ސަރުކާރަކުން ކޮށްފައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. މި ހުރިހާ ސިޔާސަތުތަކަކީ ފޭލް ވެފައިވާ، ކަނާއަތު ފިޔައިގެ ނިއޯލިބަރަލް، ބޮޑެތި ފައިސާވެރިންނަށް ފަހި ސިޔާސަތުތަކެވެ. އަދި މިހާރު ރާއްޖޭގައި ހުރި ހުރިހާ ސިޔާސީ ޕާޓީތަކެއް މި ސިޔާސަތުތަކަށް ތާއީދު ކުރެ އެވެ.
ކޮންމެ ސަރުކާރަކުން ވެސް ޓުއަރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެތައް ވައުދުތަކެއްވެ އެވެ. ހައްގުތަކާއި މިނިވަންކަން އިތުރަށް ދޭނެ ކަމަށާއި، އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ (މިނިމަމް ވޭޖް) ގާނޫނަކުން ކަނޑައެޅުމާއި ރިޒޯޓުގެ ހިއްސާ ރިޒޯޓު މުވައްޒަފުންނަށް ދޭނެކަމުގެ ވައުދުތަކެވެ. އަނބިދަރިން ކައިރީގައި އިތުރު ވަގުތު ހޭދަކުރެވޭނެ ކަމުގެ ވައުދެވެ. ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ވައުދެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ވީ ކަމެއް ފެންނާކަށް ނެތެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކޮށް އަދި ނިސްބަތުން އެންމެ ގިނަ ވޯޓު ލީ, ރިޒޯޓުތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރެވޭނީ ސިޔާސީ ގޮތުން އެމީހުން ބާރުވެރިކޮށްގެންނެވެ. މަސައްކަތްތެރިންގެ ޔޫނިއަންތައް އެފެއްދުމުގެ ހައްގު ހޯދައި، ޔޫނިއަންތައް ޑިމޮކްރެޓިކް އުސޫލުން ހިންގައިގެނެވެ. އަދި ޑިމޮކްރަސީއަކީ ހަމައެކަނި އިންތިހާބުތަކުގައި ވޯޓުލުމުގެ ބަދަލުގައި މަސައްކަތު މާހައުލަށް ވެސް ޑިމޮކްރަސީ ގެނެސްގެނައުން ކަމަށް ގަބޫލުކޮށްގެންނެވެ. މަސައްކަތު ފަންތި (ވޯކިން ކްލާސް) ތަމްސީލުކުރާ ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކާއި، ހަރަކާތްތައް އިތުރުކޮށްގެނެވެ. މަސައްކަތު ފަންތިތަކުން ރައްޔިތުންގެ މަޖިލިހާއި ކައުންސިލްތަކުގެ ކޮންޓުރޯލު ނަގައިގެނެވެ. ކަނާއަތު ފިޔައިގެ ބޯދާ ސިޔާސީ ވިސްނުން ދޫކޮށް، އައު ސިޔާސީ ވިސްނުމާއި ފިކުރު ތަރައްގީ ކުރެވިގެނެވެ. މަސައްކަތްތެރިން އެކަކު އަނެކަކަށް އިތުބާރުކޮށް، އޯގާތެރިވެ، އެއްގަލަކަށް އަރާ، މަދު ބަޔަކު ކޮންޓުރޯލު ކުރާ ޓުއަރިޒަމް ސިނާއަތުން މަސައްކަތްތެރިންނަށް ލިބެން ޖެހޭ ހައްގު ބައި ލިބިގެންނެވެ.
އަހްމަދު މުހައްމަދު (ފޯމީ) އަކީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަދި ރައްޔިތުންނަށް ކަށަވަރުކުރުމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން، އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ނަންގަވައިފަ އެވެ.
ރިސޯޓުތަކުގެ ބިދޭސީމުވައްޒަފުންގެ އަދަދު 70 ޕަސެންޓަށް
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
އިތުރު 140 ރިސޯޓް އަންނަނީ ތަރައްގީ ކުރަމުން: އަލީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
"ނުހެދި ހުރި 25ވަރަކަށް ރަށުގައި ރިސޯޓު ހުޅުވާނަން"
ބުލީއަކަށް ނުގުޑާނެ، ފައިސަލް ހުރީ ގަދަކޮށް