26 މާޗް 2018
އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ބޫޓާނާ ދެކޮޅަށް ނުކުންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) އިތުރުކުރިއިރު އަލީ އަޝްފާގް (ދަގަނޑޭ) ޕްރެކްޓިހާ ގުޅިއްޖެ އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ބޫޓާނާ ދެކޮޅަށް ނުކުންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) އިތުރުކުރިއިރު އަލީ އަޝްފާގް (ދަގަނޑޭ) ޕްރެކްޓިހާ ގުޅިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު އަތުން 3-2 އިން ރާއްޖެ ބަލިވި މެޗުގެ ސްކޮޑުން، މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަކާ އަދި އުއްމީދީ ކުޅުންތެރިޔާ ދާދު އަށް ފުރުސަތު ނުލިބުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެކަމަކު ކޯޗު ޕީޓާ ސެގާޓް ވަނީ އެ ދެ ކުޅުންތެރިންނާ ވާހަކަ ދެއްކި ކަމަށާއި ސްކޮޑުން އެ ދެ ކުޅުންތެރިންނަށް ޖާގަ ލިބިދާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ކޮޅަށް ވައްދާލި މޮޅު ގޯލާ އެކު ގައުމީ ޖާޒީގައި ތައާރަފްވި ދާދު ވަނީ މިދިޔަ އަހަރު ގައުމީ ޓީމު ކުޅުނު މެޗުތަކުން ފުރަތަމަ އެގާރައިން ވެސް ޖާގަ ހޯދައިފަ އެވެ. ޓީސީ ދޫކޮށް މި އަހަރު މާޒިޔާ އަށް ބަދަލުވެ ފުރަތަމަ ތިން މެޗެއްގައި އެންމެ ރަނގަޅު ފޯމެއްގައި ނެތަސް އޭނާ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ.
ބަކާ ރޭގެ ޕްރެކްޓިހުގައި. --ފޮޓޯ: އިބްރާހިމް ފާއިދު (އެފްއޭއެމް)
ގައުމީ ޓީމުން 2008 ވަނަ އަހަރުން ފެށިގެން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ބަކާ އަކީ އެއް ދުވަސްވަރެއްގައި މި ސަރަހައްދުގައި ވެސް ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހު ގައުމީ ޓީމުން ޖާގައެއް ނުލިބުނެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަކާ އަނެއްކާ ވެސް ރަނގަޅު ފޯމަކަށް އެޅިފައިވާ އޭނާގެ ތަޖުރިބާ އާއި ހުނަރު، އެއީ މި ޒުވާން ސްކޮޑަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ސްކޮޑަށް ދެން އިތުރުކުރި ކުޅުންތެރިޔަކީ ކްލަބް ގްރީންސްޓްރީޓްސްގެ ވާތު ބެކް ސަމްދޫހު މުހައްމަދެވެ. މާޒިޔާގެ ކުރީގެ ކުޅުންތެރިޔާ މި ސީޒަނުގައި ގްރީންސްޓްރީޓްސް އަށް ބަދަލުވެ އޭނާ އަންނަނީ ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅެމުންނެވެ.
މި ތިން ކުޅުންތެރިންގެ އިތުރުން ދަގަނޑޭ ވަނީ، ސިންގަޕޫރުން ޓީމު އައިސް މާލޭގައި ބޭއްވި ފުރަތަމަ ޕްރެކްޓިހުގައި ރޭ ބައިވެރިވެފަ އެވެ. ސިންގަޕޫރު މެޗުގައި ދަގަނޑޭ ނުކުޅުނީ، ބުރަކަށްޓަށް ތަދުވެފައިވާތީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.
އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިފައިވާތީ މާދަމާރޭގެ މެޗުގެ މުހިއްމު ކުޑަ އެވެ. އެކަމަކު ރާއްޖެ އަށް ބައިނަލްއަގްވަމީ މެޗުތައް ލިބޭލެއް މަދުކަމުންނާ އެކު މާދަމާރޭގެ މެޗުގެ ބޭނުން ކޯޗު ވަރަށް ރަނގަޅަށް ހިފާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭސް ސަމާލުވާނީ ހަމްޕް، ދާދު، ކްރޯ އަށް
ބަކާ، އިރޭ ގައުމީ ޓީމުން ބާކީކޮށްފި، ސައްމެ ސްކޮޑަށް
ދާދު ގައުމީ ޓީމުގެ ފުރުސަތު ބޭނުމެއް ނުކުރި
ގައުމީ ސްކޮޑުގައި ދާދު އާއި އިއްބެ އަދި ސައްޓު ނެތް
ޓީމުގައި ނެތީ ކީއްވެތޯ ކޯޗު ގާތު ނާހަން: ބަކާ
ދާދު: ރާއްޖޭން ބަރޯސާވާން ޖެހޭ ފޯވާޑް
ސާފް ސުޒުކީ ކަޕާ މެދު ބަކާ އުއްމީދުގައި
ބަކާގެ މުހިއްމުކަން އޭނާ ސާބިތުކޮށްދީފި
އުއްމީދީ ކުޅުންތެރިޔާގެ ބަސް: "އަދި އޮތީ ކުރިއަށް"