Roadha Mihaaru
އޭލިއަންއެެއް ކަމަށް ބުނި ހަށިގަނޑުގެ ހަގީގަތަކީ ކޮބާ؟

އޭލިއަން އެެއް ކަމަށް ބުނި ހަށިގަނޑުގެ ހަގީގަތަކީ ކޮބާ؟

25 މާޗް 2018

މީގެ ވިއްސަކަށް އަހަރު ކުރިން ޕެރޫގެ ސަހަރާއެއްގެ ތެރެއިން، އާދަޔާ ޚިލާފު ހަށިގަނޑެއް ފެނުނެވެ. ގިނަ ދުވަހަށް އޮންނާނެހެން "މަމިފައި" ކޮށްފައި އޮތް މި ހަށިގަނޑުގެ ކުޑަ ކަމާ އެކު ވެސް އޭގެ ފުރިހަމަކަމުން އެއީ އޭލިއަން އެއް ކަމަށް ބުނި މީހުން ވަރަށް ގިނަ އެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން ޕެރޫގެ ސަހަރާއެއްގެ ތެރެއިން، އާދަޔާ ޚިލާފު ހަށިގަނޑެއް ފެނުނެވެ. ގިނަ ދުވަހަށް އޮންނާނެހެން "މަމިފައި" ކޮށްފައި އޮތް މި ހަށިގަނޑުގެ ކުޑަ ކަމާ އެކު ވެސް އޭގެ ފުރިހަމަކަމުން އެއީ އޭލިއަން އެއް ކަމަށް ބުނި މީހުން ވަރަށް ގިނަ އެވެ.

ފަޅު، ސަހަރާއެއްގެ ތެރެއިން މި ކަށިގަނޑު ފެނުނީ ހުދު ފޮތިކޮޅެއް އޮޅާލައި ލެދަރު ކޮތަޅެއް ފާޑުގެ އެއްޗެއްގެ ތެރޭގައި އޮއްވަ އެވެ. މުޅި ހަށިގަނޑުގެ ދިގުމިނުގައި ހުރި ހަ އިންޗި އެވެ.

ސައިޒުން ކިތަންމެ ކުޑަޔަކަށް އޭގައި ކަށިތައް ވަރަށް ރީއްޗަށް ހުއްޓެވެ. ހަރު ދަތްތައް ހުއްޓެވެ. އެކަމަކު ބޮޑު އައިބެއްގެ ގޮތުގައި، އަރިކަށީގައި އިނީ 10 ކަށިގަނޑެވެ. އިންސާނުންގެ ހުންނަނީ 12 ގަނޑު ކައްޓެވެ. އަދި ލޯ އިންނަ ޖާގަ ބޮޑުވެފައި ބޯ އިނީ އޫކޮށެވެ.

އަމިއްލަ މީހެއްގެ ދިރާސާއެއްގެ ތެރެއިން ފެނުނު މި އާދަޔާ ޚިލާފު ކަށިގަނޑު އޭނާ ރައްކާކުރީ އެވެ. އެކަމަކު މިއީ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން ދިޔަ އެވެ. ޔޫ.އެފް.އޯ ޑޮކިއުމެންޓްރީތަކާއި އެކި ލިޔުންތަކުގައި ބުނަމުން ދިޔައީ މިއީ އޭލިއަން އެއްގެ ހަށިގަނޑަށް ވެދާނެ ކަމަށެވެ.

މިއާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދެކެވެމުން އަންނަނިކޮށް ސައިންސްވެރިން ބުރާސްފަތި ދުވަހު ބުނި ގޮތުގައި މިއީ ހަމަ އިންސާނެއްގެ ހަށިގަނޑެވެ. އެކަމަކު އެ ބުނާ ބުނުމުގެ އަޖައިބުތައް ވެސް ގިނަ އެވެ. ޑީއެންއޭ ތަހުލީލުތަކަށް ފަހު ބުނީ އެއީ ހަމަ ޕެރޫގެ މީހުންގެ ތެރެއިން މީހެއް ކަމަށެވެ.

ސައިންސްވެރިން ބުނީ މިއުޓޭޓް ވެފައިވާ ޖީންތަކެއް އެ ހަށިގަނޑުގެ ޑީއެންއޭ އިން ފެނުނު ކަމަށެވެ. އެއީ ކަށިތައް ހެދި ބޮޑުވުމުގައި ސީރިއަސް މައްސަލަތަކެއް މެދުވެރިކުރުވާ ހާލަތެއް ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ އިންސާނީ ތާރީޚުގައި މީގެ ކުރިން ރެކޯޑް ކުރެވިފައި ނުވާ ވަރުގެ ބޮޑެތި އައިބުތައް ހަށިގަނޑަށް އަތުވެދާނެ ފަދަ މިއުޓޭޝަނެއް ކަމަށް ސައިންސްވެރިން ބުންޏެވެ.

އޭލިއަން އެއް ކަމަށް ބުނި ހަށިގަނޑަކީ އަންހެނެއްގެ ހަށިގަނޑު ކަމަށާއި އެ ހަށިގަނޑުގައި ޗިލީ އާއި ޔޫރަޕްގެ ޑީއެންއޭ ހިމެނޭކަން ވެސް ސައިންސްވެރިންނަށް ހޯދުމެވެ. މިއީ ކޮން ދުވަސްވަރެއްގެ ހަށިގަނޑެއް ކަމެއް ދެނެގަންނަން މި ދިރާސާގައި މަސައްކަތްކޮށްފައެއް ނުވެ އެވެ. އެކަމަކު ޔޫރަޕިއަން ހެރިޓޭޖުން ބުނަނީ މިއީ 1500ގެ އަހަރުތަކުގެ ހަށިގަނޑަކަށް ވެދާނެ ކަމަށެވެ.