18 ޖުލައި 2016
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ހަވާލުކުރި އިންޑިއާގެ ޖީއެމްއާރު ކުންފުނިން އާ ޓާމިނަލް ހެދުމަށް އެޅި 400 އެއްހާ ބުޑު ނަގައި ސާފުކޮށް، އެއާޕޯޓުގެ ވަގުތީ އިމާރާތްތައް ބަދަލުކުރުމަށް ހިންގި 165 މިލިއަން ރުފިޔާގެ މަޝްރޫއު ނިންމާލައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ހަވާލުކުރި އިންޑިއާގެ ޖީއެމްއާރު ކުންފުނިން އާ ޓާމިނަލް ހެދުމަށް އެޅި 400 އެއްހާ ބުޑު ނަގައި ސާފުކޮށް، އެއާޕޯޓުގެ ވަގުތީ އިމާރާތްތައް ބަދަލުކުރުމަށް ހިންގި 165 މިލިއަން ރުފިޔާގެ މަޝްރޫއު ނިންމާލައިފި އެވެ.
އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ޖީއެމްއާރުން އާ ޓާމިނަލް އެޅުމަށް އެޅި ބުޑުތައް ނަގައި ސާފުކުރުމަށް ކުރި މަސައްކަތަކީ ވަރަށް ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއް ކަމަށެވެ.
"މިތަނުގައި ހުރި ބުޑުތައް ތަޅާ ނަގަން އުނދަގޫވެގެން ލަންކާއިން އެކަމަށް ހާއްސަ ހެމާއެއް ގެންނަން ޖެހުނު. އެކަމަށް ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ހޭދަވި،" އޭނާ ވިދާޅުވި އެވެ.
ހުޅުލޭގެ އިރުމަތީ ފަރާތުގައި އާ ޓާމިނަލް ހެދުމަށް ޖީއެމްއާރުން އެޅި ބުޑުތައް ނެގުމާއި އެ ސަރަހައްދަށް ވަގުތީ އިމާރާތްތަކެއް ބަދަލުކުރުމަށް އެމްއޭސީއެލް އިން ހަވާލުކުރީ އެމްޓީސީސީއާ އެވެ. އަދި ބުޑުތައް ތަޅައި ނެގުމަށް އެމްޓީސީސީން ސަބް ކޮންޓްރެކްޓަށް ހަވާލުކުރީ ސިފައިންގެ ވެލްފެއާ ކޯޕަރޭޝަނާ އެވެ.
އެއާޕޯޓުގައި އާ ޓާމިނަލް އަޅާ ސަރަހައްދުގައި ހުރި އިމާރާތްތައް ބަދަލުކުރުމަށް އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ވަގުތީ އިމާރާތްތައް. ފޮޓޯ: ނިޝާން އަލީ /މިހާރު
"މީގެ ތެރެއިން ބައެއް ބުޑުތައް ތަޅައި ނެގުމަށް ކޮންމެ ބުޑަކަށް އެއް ދުވަސް ހޭދަވި. ވަރަށް ވަރުގަދަ ކޮންކްރީޓެއް އެތަނުގައި އެޅީ،" އެ ސަރަހައްދު ދައްކަވާލައްވަމުން އާދިލް ވިދާޅުވި އެވެ.
މިތަނުގައި ހުރި ބުޑުތައް ތަޅާ ނަގަން އުނދަގޫވެގެން ލަންކާއިން އެކަމަށް ހާއްސަ ހެމާއެއް ގެންނަން ޖެހުނު. އެކަމަށް ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ހޭދަވި-- އާދިލް
ޖީއެމްއާރުން އަހަރަކު ފަސް މިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދިނުމަށް އަމާޒުކޮށްގެން އަޅަން ފެށި ޓާމިނަލްގެ ބައެއް ބުޑުތަކުގައި 20 ފޫޓު ފުޅާ އަދި ބިމުއަޑިން ފެށިގެން ހަ ފޫޓު އުސް މިނުގައި ހުއްޓެވެ.
އެމްއޭސީއެލް އިން އެއާޕޯޓް ހިންގުމާ ހަވާލުވުމަށްފަހު ނިންމީ މިހާރު ބޭނުންކުރަމުން އަންނަ އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން އާ ޓާމިނަލް ވެސް އެޅުމަށެވެ. އަދި ޖީއެމްއާރުން ޓާމިނަލް އެޅުމަށް ނިންމި ސަރަހައްދާ ގުޅުވައިގެން އެއާޕޯޓްގެ ދެވަނަ ރަންވޭ ތަރައްގީކުރަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އާ ޓާމިނަލް އަޅާ ސަރަހައްދުގައި ހުރި އެއާޕޯޓްގެ ބައެއް އިމާރާތްތައް އިރުމަތީ ސަރަހައްދަށް ބަދަލުކުރުމަށް ހިންގި މަޝްރޫއު ވެސް ނިމިފައިވާ ކަމަށެވެ. އެ ސަރަހަދުގައި ޖުމްލަ 13 އިމާރާތެއް ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހަދައިފަ އެވެ.
"މިތަނަށް މި ބަދަލުކުރި އިމާރާތްތަކުގައި އެކި ޑިޕާޓްމަންޓްތަކުގެ ގާތްގަނޑަކަށް 500 އެއްހާ މުވައްޒަފުން މަސައްކަތްކުރާނެ. އަޅުގަނޑުމެން މިބަލަނީ މިތަންތަން ގާތްގަނޑަކަށް ހަތް އަހަރެއްހާ ދުވަހު ބޭނުންކުރަން ޖެހޭނެ ކަމަށް،" އާދިލް ވިދާޅުވި އެވެ.
ފައިސާ ހޯދަން ޖީއެމްއާރަށް ދެން ދައުވާއެއް ނުކުރެވޭނެ
ޖީއެމްއާރަށް 271 މިލިއަން ޑޮލަރު އެއްކޮށް ދައްކައިފި
ޖީއެމްއާރަށް ދޭ ބަދަލުގައި ލޯނަށް ނެގި ފައިސާ ހިމެނޭ
ސީޕްލޭން ޓާމިނަލް އެމްއޭސީއެލަށް ހިންގޭނެ: ފައްޔާޒު
ކާބޯތަކެތި ވިއްކާ ހަ ޗެއިނަކަށް އެއާޕޯޓުން ޖާގަ ދެނީ
ޖީއެމްއާރަށް ދައްކަން ބޮންޑް ގަތުމުން ރިޒާވް ދަށަށް
އާ އަހަރަށް ރެކޯޑް އަދަދަކަށް މުއްސަނދިން ރާއްޖެ އަށް
އާ ޓާމިނަލްގެ ޑިޒަައިންގެ ބޮޑު ބައި ނިންމައިފި
"ޖީއެމްއާރަށް ފައިސާ ދެއްކުމުން ހަރަދު ކުޑަ ކުރާނަން"
އެއާޕޯޓު އަނބުރާ ހޯދަން ހިތްވަރު ދެއްވީ ރައީސް ޔާމީން