Roadha Mihaaru
ފައިސާ ހޯދަން ޖީއެމްއާރަށް ދެން ދައުވާއެއް ނުކުރެވޭނެ

އިތުރު 15 މިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން ހުށަހެޅި މައްސަލަ ކާމިޔާބެއް ނުވި

17 އެޕްރީލް 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ސަރުކާރުން އުވާލުމުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރުގެ އިތުރުން، 15 މިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް އެ ކުންފުންޏާ ދެކޮޅަށް ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ސަރުކާރުން އުވާލުމުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރުގެ އިތުރުން، 15 މިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައެއް އެ ކުންފުންޏާ ދެކޮޅަށް ނިންމައިފި އެވެ.

ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދެއްކުމަށް އާބިޓްރޭޝަނުން ކުރިން ނިންމާފައި ވާއިރު ސަރުކާރުން ވަނީ އެ ފައިސާ އެއްފަހަރާ ދައްކައި ހަލާސްކޮށްފަ އެވެ. އެކަމަކު ޖީއެމްއާރުން އިތުރު 15 މިލިއަން ޑޮލަރު ހޯދަން މިދިޔަ އަހަރު ހުށަހެޅީ އެއާޕޯޓް ހިންގި އިރު އެމްއޭސީއެލްގެ އެކި ކަންކަމަށް ޖީއެމްއާރުން ހަރަދުކުރަން ޖެހުނު ކަމަށް ބުނެ އެވެ. އެގޮތުން 11.5 މިލިއަން ޑޮލަރު އެމްއޭސީއެލް އިން ޖީއެމްއާރަށް ދޭންޖެހޭނެ ކަމަށާއި އެ ފައިސާ ނުދައްކާ އޮތުމުން އިންޓަރެސްޓާ އެކު 15 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

މީގެ ކުރިން ސަރުކާރުން ވެސް އަދި ޖީއެމްއާރުން ވެސް މި މައްސަލައިގެ ވާހަކަ ހާމަކޮށްފައެއް ނުވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ އާބިޓްރޭޝަނުން ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ. މައްސަލަ ނިންމީ އެމްއޭސީއެލް އިން ދައްކަންޖެހޭނީ 230،00 ޑޮލަރު ކަމަށެވެ. އަދި އެއާޕޯޓް ހިންގުމުގެ އެއްބަސްވުމުގެ ދަށުން ޖީއެމްއާރަށް ދެން އިތުރު ދައުވާއެއް ނުކުރެވޭނެ ކަމަށް ވެސް އާބިޓްރޭޝަނުން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީގެ ސަރުކާރުން 25 އަހަރަށް ޖީއެމްއާރާ އެކު ހެދި އެއްބަސްވުން 2012 ގައި އުވާލީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުންނެވެ. އެއްބަސްވުން އުވާލުމުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ދިޔައީ އެއް ބިލިއަން ޑޮލަރަށް ވުރެ ވެސް ބޮޑު އަދަދެއް ނަގައިދިނުމަށް އެދި އެވެ. އާބިޓްރޭޝަނުން ކަނޑައެޅި 271 މިލިއަން ޑޮލަރު މި ސަރުކާރުން ދެއްކީ ނޮވެމްބަރު 2016 ގަ އެވެ.

ޖީއެމްއާރުގެ އެއްބަސްވުން އުވާލުމަށް ފަހު ސަރުކާރުން އަންނަނީ އެއާޕޯޓްގެ ތަރައްގީއަށް ބިޔަ މަޝްރޫއުތަކެއް ހިންގަމުންނެވެ.