Roadha Mihaaru
މައުމޫންގެ ވަކީލް ފައިސަލް ކޯޓަށް ހާޒިރުވާން އަންގައިފި

މައުމޫންގެ ވަކީލް ފައިސަލް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި

21 މާޗް 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ މުހައްމަދު ފައިސަލް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުވާން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ މުހައްމަދު ފައިސަލް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުވާން އަންގައިފި އެވެ.

މިއަދު މެންދުރު 2:30 އަށް ފައިސަލް ކްރިމިނަލް ކޯޓަށް ހާޒިރުވާން އެންގީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އޭނާ މި ހާޒިރު ކުރަނީ މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށް، ގިނަ އިރުތަކެއް ވަންދެން އެ މަނިކުފާނު ބެހެއްޓި މައްސަލާގައި ފާޑު ވިދާޅުވެ، އޭނާ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.،

ފައިސަލް ކޯޓަށް ހާޒިރު ކުރާއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ހިންގާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނުގެ ވަކީލް ހުސްނުއްސުއޫދު މީޑިއާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ސުއޫދު ސަސްޕެންޑް ކޮށްފަ އެވެ. އަދި އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވެސް ކޯޓަށް ހާޒިރުކޮށް، އެކަމާ ގުޅިގެން ބަޔާން ނެގި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިިއުލާން ކުރުމަށް ފަހު، ހައްޔަރުކުރި މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ވަނީ ބޮޑެތި ދައުވާތަކެއް އުފުލައިފަ އެވެ. އެ ބޭފުޅުންގެ ޝަރީއަތް އަދި ނުފެށި ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ.