Roadha Mihaaru
"ޓެރަރިސްޓުންނަށް" ހަދާތީ ޕީޖީ ދެކެ ހިތްހަމަނުޖެހިއްޖެ

އެންމެން "ޓެރަރިސްޓުންނަށް" ހަދާތީ ޕީޖީ ދެކެ ހިތްހަމަނުޖެހިއްޖެ!

21 މާޗް 2018

ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުން ހިމެނޭ ގޮތަށް، ސިޔާސީ އެތައް ބަޔަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެންމެން "ޓެރަރިސްޓުންނަށް" ހަދަމުންދާ ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަށް މިއަދު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުން ހިމެނޭ ގޮތަށް، ސިޔާސީ އެތައް ބަޔަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެންމެން "ޓެރަރިސްޓުންނަށް" ހަދަމުންދާ ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމަށް މިއަދު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު، ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން މިހާރު ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެގޮތުން އެ ބޮޑު ދައުވާއާ މިހާރު ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ހިމެނެ އެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ހަވީރު ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ ގިނަ ބަޔަކަށް ޓެރަރިޒަމްގެ ދައުވާ ޕީޖީ އުފުއްލެވިއިރު އެއީ އެ ބޭފުޅުން ހައްޔަރުކުރި ތުހުމަތެއް ވެސް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒުނުކުރަންވެގެން، ޣައިރު ގާނޫނީކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ކުރީގެ ރައީސް މައުމޫނާއި ފަނޑިޔާރުން އަދި މެމްބަރުންނާއި އެހެން ވެސް ސިޔާސީ ބޭފުޅުން ހައްޔަރުކުރީ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ހިންގަން ދަތިވެގެން ކަމަށާއި އޭރު އެ ބޭފުޅުންގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ތުހުމަތު ނޫން ކަމަށް ތަކުރާރުކޮށް އަލީ ހުސެއިން ވިދާޅުވި އެވެ.

"އެއްވެސް އިރެއްގައި ދައްކާފައެއް ނެތް، ޓެރަރިޒަމްގެ ވާހަކައެއް. ނަމަވެސް ކުއްލިއަކަށް އެ ހުރިހާ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވުނީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ، މިއީ ހަމަ ސިޔާސީ ގޮތުން ކޮށްފައިވާ ހައްޔަރެއް ކަމަށް، ދައުވާތަކެއް ކަމަށް،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން: އެތައް ބަޔަކަށް ޓެރަރިޒަމްގެ ދައުވާ އުފުލިއިރު، އެއީ ހައްޔަރުކުރި ކުށެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި.

އަލީ ހުސެއިން: އެތައް ބަޔަކަށް ޓެރަރިޒަމްގެ ދައުވާ އުފުލިއިރު، އެއީ ހައްޔަރުކުރި ކުށެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެންނަށް، ސަރުކާރުން ބޭނުންވެގެން ޕީޖީ ކުރައްވަނީ ސިޔާސީ ދައުވާތަކެކެވެ. އެ ދައުވާތަކުގެ މައްޗަށް ހިންގާ ޝަރީއަތްތަކަކީ ވެސް ސިޔާސީ ބޭނުމަކަށްޓަކައި ހިންގާ ޝަރީއަތްތަކެއް ކަމަށާއި މިކަމުގެ ފުރިހަމަ ޒިންމާ ޕީޖީ އާއި ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.

"ޓެރަރިޒަމް މިވަނީ ޖޯކަކަށް ހަދާފައި، ޓެރަރިޒަމް މި ބަހުގެ މާނަ ވެސް މިވަނީ އޮޅުވާލާފައި،" އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމޭ ކިޔަނީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ބަޑި ޖެހުމާއި ތަނެއްގައި ހުޅުޖެހުން ފަދަ އަމަލުތަކަށެވެ.

އަލީ ހުސެއިން ވިދާޅުވީ ޓެރަރިޒަމްގެ ދައުވާތައް އުފުއްލަވައި ޕީޖީ ކަންކަން ކުރައްވާ ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ދައުވާ އުފުއްލެވިއިރު ޕީޖީ ހުންނެވީ ވަކި ގޮތަކަށް ހުކުމް ނެރުއްވައިގެން ކަމަށް ބެލެވޭނެ ޖާގަ ލިބެނީ، ދައުވާތަކާ ގުޅޭ ގޮތުން ޕީޖީގެ އޮފީހުން ނެރުނު ނޫސް ބަޔާނުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ ބަޔާނުގައި، ދައުވާތަކާ ގުޅޭ ގޮތުން ޕީޖީ މައުލޫމާތު ހާމަކުރައްވާފައި ވަނީ، ޝަރީއަތުގެ މަޖިލީހުގައި ހިނގާ ދައުވާ އަށް ނުފޫޒު ފޯރާނެ ފަދަ އުސޫލުން ކަމަށާއި ތުހުމަތުކުރާ މައްސަލައިގައި ލިބިފައިވާ ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަން ޖެހޭނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

Supreme courtun amuru nerunee verikan vattaalumuge beynumuga: PG

Supreme courtun amuru nerunee verikan vattaalumuge beynumuga: PG

The most trusted news source in the Maldives

Mihaaru

ދައުވާތަކާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ގިނަ ތުހުމަތުތަކެއްގެ ތަފްސީލް ދީފައިވޭ.

"މި ހާލަތަށް ކަންކަން ދިއުމުން ޕްރޮސިކިއުޓާ ޖެނެރަލް އެބަ ޖެހޭ ފުންކޮށް ވިސްނަން. މި ދައްކަނީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދެއްވަން ޖެހޭ މިނިވަން މުސްތަގިއްލު ޕީޖީއެއްގެ ވާހަކަ. އެއީ ސަރުކާރުގެ ޕްރޮސިކިއުޓަރެއް ނޫން، ރައީސް ޔާމީންގެ ޕްރޮސިކިއުޓަރެއް ނޫން. ނަމުން ވެސް އެބަ އެނގޭ ޕަބްލިކް ޕްރޮސިކިއުޓަރެއް ކަން،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޖީ އަބަދުވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ، ރައްޔިތުންގެ ދިފާއުގަ އެވެ. އެހެންކަމުން، ސަރުކާރުގެ ވަކިތަކުން ސަލާމަތްވެވަޑައިގެން މިނިވަންކަމާ އެކު މަސައްކަތް ކުރައްވަން އިދިކޮޅު ޕާޓީތަކުން ޕީޖީ އަށް ގޮވާލި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ސިޔާސީ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލަމުންދާއިރު، މިދިޔަ މަހުުގެ ފަސް ވަނަ ދުވަހު ރައީސް ޔާމީން އިއުލާން ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނިންމުމަކީ ސައްހަ ނިންމުމެއް ނޫން ކަަމަށް ޕީޖީ ފުލުހުންނަށް ސިޓީއަކުން އެންގެވި އެވެ.

އެނގިފައިވާ ގޮތުގައި، ޕީޖީ ބިޝާމް ފުލުހުންނަށް ފޮނުވި ސިޓީގައި އެންގެވީ މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ އެއްގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން އެއްވެސް މީހަކު ބަންދުގައި ބެހެއްޓޭނެ ކަމަށް އެކަމަނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އެއްވެސް މީހަކު ދޫކޮށްލަން އެ ސިޓީގައި ޕީޖީ އަންގަވާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބައެއް މެމްބަރުން ބަހުގެ ހަމަލާތަކެއް ވެސް ޕީޖީ އަށް އަމާޒުކުރެއްވި އެވެ.