21 މާޗް 2018
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ މައުމޫންގެ މައްޗަށް ދައުލަތުން އިއްޔެ ވަނީ ޓެރަރިޒަމްގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް އުފުލައިފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، ހައްޔަރުކުރި މައުމޫން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިިންމަން މިއަދު ކޯޓަށް ގެންދިއުމުންނެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި އަދި އުމުރުފުޅުން 80 އަހަރުގެ މައުމޫންގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން އަމުރު ކުރެއްވީ، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އެންމެ ފަހުން އައްޔަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އަހުމަދު ހައިލަމް އެވެ.
ބަންދުގެ މުއްދަތު މަޖިލީހަށް ފަހު، މައުމޫންގެ ވަކީލް މައުމޫން ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ބަންދުގައި ބަހައްޓަން ނިންމި ނިންމުމާ ގުޅިގެން ފާހަގަ ކުރެވޭ ގާނޫނީ ކަންކަން ވީހާ ވެސް އަވަހަކަށް ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.
ވަކީލް މައުމޫން ވިދާޅުވި ގޮތުގައި މައުމޫން އަދިވެސް ހުންނެވީ ގާނޫނާ ޚިލާފް ބަންދެއްގަ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މައުމޫން މިދިޔަ މަހު ހައްޔަރު ކުރުމަށް ފަހު 24 ގަޑިއިރު ހަމަވުމުގެ ކުރިން ކޯޓަށް ހާޒިރުކޮށް، ބަންދާ މެދު ގޮތެއް ނިންމާފައި ނެތުމެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުން 24 ގަޑިއިރުގެ ތެރޭގައި ބަންދާ މެދު ގޮތެއް ނިންމަން ޖެހޭ މާއްދާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަސްޕެންޑް ކުރީ މައުމޫން ހައްޔަރުކުރި ފަހުން ކަމަށް ވާތީ، ޖެހިގެން އައި ދުވަހު މައުމޫން ކޯޓަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
"އެ ހައްގު ލިބިގެން ވާން ޖެހޭނެ ރައީސް މައުމޫނަށް. މާނަ އަކީ 5 ފެބްރުއަރީގައި ހައްޔަރު ކުރި ކަމަށް ވަންޏާ 6 ފެބްރުއަރީގައި ގެންނަން ޖެހޭނެ ފަނޑިޔާރެއްގެ ކުރިމައްޗަށް. އެ ނުކުތާގައި ކްރިމިނަލް ކޯޓުން ނިންމެވީ 24 ގަޑިއިރު ހަމަވުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަށް ގެނެވުނު އިސްލާހުގެ ދަށުން ހައްގު ހިފަހައްޓާފައިވާތީ އެ ހިސާބުން ރައީސް މައުމޫންގެ އެ ހައްގު ވެސް ހިފެހެއްޓެވުނީ ކަމަށް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރިއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ރޭ ވަނީ އަމުރުކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދެން ހައްޔަރުކުރި ބޭފުޅުން ކަމަށްވާ އުއްތަަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ ބަންދާ މެދު މިއަދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމާނެ އެވެ.
"ޓެރަރިސްޓުންނަށް" ހަދާތީ ޕީޖީ ދެކެ ހިތްހަމަނުޖެހިއްޖެ
ބޭއިންސާފުން ޖަލުގައި ހުރުމަކީ ޚިދުމަތެއް: ފާރިސް
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން
މައުމޫންގެ ޝަރީއަތް އަނެއްކާ ވެސް ކެންސަލްކޮށްފި
ޓެރަރިޒަމްގެ ދައުވާކުރި ބޭފުޅުންގެ އަޒުމެއް ނުގުޑާ
މައުމޫންގެ ބަންދާ މެދު މިއަދު ގޮތެއް ނިންމަނީ
މައުމޫންގެ ހެބިއަސް ކޯޕަސް މައްސަލަ ބަލައިގެންފި
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ