Roadha Mihaaru
މައުމޫންގެ ހެބިއަސް ކޯޕަސް މައްސަލަ ބަލައިގެންފި

މައުމޫނާއި ނަދީމުގެ ހެބިއަސް ކޯޕަސް މައްސަލަ ބަލައިގެންފި

08 ފެބުރުއަރީ 2018

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް މިނިވަން ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސްކޯޕަސްގެ މައްސަލަ އެ ކޯޓަށް ބަލައިގެންފައިވާ ކަމަށް އެ ބޭފުޅުންގެ ގާނޫނީ ވަކީލު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް މިނިވަން ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސްކޯޕަސްގެ މައްސަލަ އެ ކޯޓަށް ބަލައިގެންފައިވާ ކަމަށް އެ ބޭފުޅުންގެ ގާނޫނީ ވަކީލު މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫން ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ޓެރަރިޒަމްގެ ތުހުމަތުގަ އެވެ. ނަދީމް ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގަ އެވެ.

އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވީ އެ ދެ ބޭފުޅުން ހައްޔަރު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ ވަގުތުން މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ގާނޫނީ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓުވީޓް--

ހެބިއަސްކޯޕަސްގެ މައްސަލަތައް ކުރިއަށް ގެންދާނީ ބަންދުގައި ހުންނަ މީހާ ކޯޓަށް ހާޒިރުކޮށްގެންނެވެ. މައުމޫނާއި ނަދީމް މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެެ ހާލަތު އިއުލާން ކުރުމަށް ފަހުގަ އެވެ.

މައުމޫނާއި ނަދީމް ހައްޔަރުކުރީ އެ ދެ ބޭފުޅުން ދިރިއުޅުއްވާ ގެކޮޅު މ. އެންދެރިމާގެ ބަލައި ފާސްކުރުމަށް ފަހު އެވެ.

ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށް ވެސް މައުމޫންގެ މައްޗަށް ތުހުމަތު ކުރެ އެވެ. އެ ހުރިހާ ތުހުމަތުތަކަށް އެ މަނިކުފާނު ދެކޮޅު ހައްދަވަ އެވެ.

Hurihaa thuhumathakah Maumoon inkaaru kuravvaa: Vakeel

Hurihaa thuhumathakah Maumoon inkaaru kuravvaa: Vakeel

The most trusted news source in the Maldives

Mihaaru

ތުހުމަތުތަކަށް މައުމޫން އިންކާރު ކުރެއްވާ--

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މައުމޫން ޖަލަށް ލީ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޒިންމާދާރުކުރުވަން ފެއްޓެވި އިސްލާހީ މަސައްކަތްޕުޅަށް ހުރަސް އެޅުމަށެވެ.