Roadha Mihaaru
ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ

ޕީޕީއެމްގެ ކުރިމަގު ކަނޑައެޅުމުގެ ކޮންގްރެސް ހުކުރު ދުވަހު ފަށަނީ

25 ސެޕްޓެމްބަރ 2018

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ކްރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، ކްރިމިނަލް ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އެއްވެސް ޝަރުތަކާ ނުލައި މަހްލޫފް ދޫކޮށްލަން އަމުރު ކުރީ އޭނާގެ ބަންދުގެ މުއްދަތު ރިވިއުކޮށް ދިނުމަށް އެދި މަހްލޫފްގެ ވަކީލުން އިއްޔެ ސިޓީއެއް ހުށަހަޅާފައިވަނިކޮށެވެ. މަހްލޫފް ގޭބަންދުގައި ބަހައްޓަން އަމުރު ކުރީ އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމުގެ ތުހުމަތުގައި މިދިޔަ އޭޕްރީލް މަހުގެ 4 ގަ އެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ވަކީލު ވިދާޅުވީ މަހްލޫފް ބަންދުގައި ހުންނެވި މުއްދަތުގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އެހެންވެ، މަހްލޫފް ދޫކޮށްލުމަށް އިއުތިރާޒެއް ނުކުރާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެހެންވެ، މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މަހްލޫފް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން، އެއްވެސް ޝަރުތަކާ ނުލައި އޭނާ ދޫކޮށްލުމަށް އަމުރު ކުރައްވައިފަ އެވެ. މަހްލޫފް ދޫކޮށްލަން އަމުރު ކުރުމާއެކު، އޭނާގެ މޫނު މަތިން ހިނިތުންވުން ފެނިގެން ދިޔަ އެވެ.

މަހްލޫފު މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މަހްލޫފު މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މަހްލޫފް ކޯޓަށް ހާޒިރު ކުރާތީ ކްރިމިނަލް ކޯޓު ސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވެ އެވެ. އޭގެ ތެރޭގައި މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ހިމެނިވަޑައިގަންނަވަ އެވެ.

ދައުލަތުން މަހްލޫފްގެ މައްޗަށް ދައުވާ ކުރީ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ފެބްރުއަރީ ދެ ވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލައިގަ އެވެ.

މަހްލޫފްގެ ވަކީލުން ވިދާޅުވީ މާފުށީ ޖަލުގައި މުޒާހަރާ ކުރުމަކީ އެއްވެސް ގާނޫނަކުން މަނާ ކަމެއް ނޫން ކަމަށެވެ. އަދި ދައުލަތުން މި މައްސަލަ މަހްލޫފާ ދެކޮޅަށް ހުށަހެޅީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއާތުތައް ފުރިހަމަނުކޮށް ކަމަށްވާތީ އެ މައްސަލަ ބާތިލު ކޮށްދިނުމަށް ވެސް ވަކީލުން އެދިވަޑައިގެންނެވި އެވެ.

މަހްލޫފު މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މަހްލޫފު މިނިވަން ކުރުމުން، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގެން މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ނަމަވެސް، އަލީ އާދަމް ވަނީ ވަކީލުން ފާހަގަ ކުރެއްވި މައްސަލައާ މެދު އަންނަ ބުރާސްފަތި ދުވަހުގެ ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ކޯޓުގައި މަހްލޫފްގެ އިތުރު މައްސަލައެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ. އެކަމަކު، އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މަހުލޫފްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާގެ އިތުރުން، މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލައިގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އާއި މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

މަހްލޫފްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައި، އެ މައްސަލައިގެ ހުކުމް ކުރަން މިހާރު އޮތީ ތައްޔާރުވެފަ އެވެ.