06 މެއި 2018
ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ނުވަ ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދާނީ އެއް މަޖިލީހެއްގެ ގޮތުގައި ކަމަށް އެ މައްސަލަތައް ބައްލަވާ ގާޒީ އަހުމަދު ހައިލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ނުވަ ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދާނީ އެއް މަޖިލީހެއްގެ ގޮތުގައި ކަމަށް އެ މައްސަލަތައް ބައްލަވާ ގާޒީ އަހުމަދު ހައިލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށެވެ.
އޭގެ ތެރެއިން މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާއި ފާރިސް އާއި ސިނާންގެ އިތުރުން އިލްހާމަށް ދައުވާ ކޮށްފައި އޮތީ އެއް ފޯމަކުން ކަމަށް ވިޔަސް، އެއިން ކޮންމެ ބޭފުޅެއްގެ މައްސަލާގައި ވެސް މިހާރު ކުރިއަށް ގެންދާ އިބްތިދާއީ އަޑުއެހުންތައް އޮންނާނީ ކޮންމެ ބޭފުޅެއްގެ ބައި ވަކިންނެވެ.
އެހެންވެ، ފާރިސްގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އެކަމާ ގުޅޭގޮތުން އޭނާގެ ވަކީލުން ސުވާލު އުފެއްވި އެވެ. ފާރިސްގެ އިތުރުން އިތުރު ފަސް ބޭފުޅެއްގެ ނަން ދައުވާ ފޯމްގައި އޮތްއިރު، އެ ބޭފުޅުންނާ ވަކި އަޑުއެހުންތައް ކުރިއަށް ގެންދަނީ ކޮން އުސޫލުތަކުންތޯ ފާރިސްގެ ވަކީލުން ސުވާލު އުފެއްދެވި އެވެ.
އެކަމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވިދާޅުވީ މިހާރު އިބްތިދާއީ އަޑުއެހުންތައް ވަކިން ކުރިއަށް ގެންދަނީ ކޯޓުގެ ޖާގަ ހުރި ގޮތަށް ބެލުމަށް ފަހު ކަމަށެވެ. އެކަމަކު އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތް ހިންގަން ނިންމައިފި ނަމަ އެ ހަ ބޭފުޅުންގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދާނީ އެއްކޮށް ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.
ހަ ބޭފުޅުންގެ އިތުރުން އަރީފާއި ރިޔާޒާއި ނަދީމަށް އެ މައްސަލާގައި ދައުވާ ކޮށްފައި އޮތީ ވަކި ފޯމަކުންނެވެ. އެ ބޭފުޅުންގެ ބައިގައި ވެސް މިހާރު ކުރިއަށް ގެންދަނީ އިބްތިދާއި މަރުހަލާ އެވެ. ނަދީމާއި އަރީފްގެ މައްސަލާގައި އިބްތިދާއީ އިތުރު އަޑުއެހުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެ ބޭފުޅުންގެ މައްޗަށް އަންނާނެ އެވެ.
ދެ ފަނޑިޔާރުންނާއި މައުމޫން ބަންދުގެ މުއްދަތަށް ކޯޓަށް
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
މައުމޫނާއި ދެ ފަނޑިޔާރުންގެ އަޑުއެހުން ފަސްކޮށްފި
ދިފާއީ ހެކިބަސް ނުނަގާނެ، ފަހު އަޑުއެހުން ބާއްވަނީ
"މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ފުލުހުންނަށް ނުދޭ"
މައުމޫނާއި ދެ ފަނޑިިޔާރުންގެ ޝަރީއަތް މިރޭ ކެންސަލް
ވަކީލުން ނެތަސް ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން
މައުމޫނާއި ދެ ފަނޑިޔާރުންގެ މިއަދުގެ އަޑުއެހުން ކެންސަލް